ރެސިޕީ: ރަމަޒާން އެނާރޖީ ބައިޓު!

އަޙްސަން އަޙްމަދު | 04 ޖޫން 2017





މިއަީ ބ. ހިތާދޫ ޝެފް އިސްމާއިލް ނަސީރު (އިއްސެ ) ހިތާދޫ އޮންލައިން އަށް ހަދިޔާ ކުރައްވާފައިވާ ރެސިޕީއެކެވެ.

ރަމަޒާން އެނަރޖީ ބައިޓް
ބޭނުންވާ ތަކެތި:
½ 1 ޖޯޑް ކަދުރު (އޮއްނަގާފައި)
½ ޖޯޑް އާދައިގެ އޯޓް
½ ޖޯޑް ކަނަމަދު (ކުދިކޮން ކޮށާފައި)
1 މޭޒުމަތީ ސަމުސާ ކާށި ތެޔޮ
2 މޭޒުމަތީ ސަމުސާ އިސްބަގުލް
3 މޭޒިމަތީ ސަމުސާ ކޮކޯ ޕައުޑަރ
1 ޖޯޑް ކާށި ހުނި
26 ކަނަމަދު (ކުޑަކޮން ރޯސްޓް ކޮއްފައި)
ކުޑަ ލޮނުކޮޅެއް

ތައްޔާޜު ކުރާނެގޮތް:
ކަނަމަދު ކޮޅު މިކްސަރަށް އަޅާލުމަށް ފަހު ގުޅަޖެހޭވަރަށް މިކްސް ކޮއްލައްވާ، އެއަށް ފަހު އޯޓް ، ކަނަމަދު،ކާށިތެޔޮ،އިސްބަގުލަ،ކޮކޯޕައުޓަރ،ލޮނު އަދި ½ ޖޯޑް ކާށިހުނި އެޅުންވުމަށް ފަހު ރަގަޅަށް މިކްސް ކޮއްލައްވާ.
ކަދުރު މިކްސް މިކްސަރުން ނެންގެއުމަށް ފަހު ގުޅަ ޖައްސަވާ، ގުޅަ ޖައްސަވާނީ ކޮންމެ ގޮޅަ އަކަށް ކަނަމަދެއްލުމަށްފަހުއެވެ.
ހުރިހާ ގުޅައެއް ތަޔާރުކޮށް ނިމުމަށްފަހު ބާކީހުރި ހުނިކޮޅު ތައްޓެއްގެ މަތީ ފަތުރާލުމަށްފަހު ގުޅަތައް އޭގެ މަތީގައި ރޯލް ކޮއްލައްވާ، އެއަށް ފަހު ފުރިޖައް ލާ ރަގަޅަށް ފިނިކޮށްލައްވާ ބޭނުން ފުޅުވާ ނަމަ ޗޮކްލެޓް ސޯސް ކޮޅެއް ގުޅަތަކުގެ މައްޗައް އަޅާލެވިދާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :