ރެސިޕީ: ޓޫނާ ޕިއްޒާ ރޯލް

އަޙްސަން އަޙްމަދު | 31 މެއި 2017





މިއީ ބ. ހިތާދޫ ޝެފް އިސްމާއިލް ނަސީރު (އިއްސެ) ހިތާދޫ އޮންލައިން އަށް ހަދިޔާ ކޮށްފައިވާ ރެސިޕީއެކެވެ. މިއީ ތިޔަބޭފުޅުންގެ ސުފުުރާ މަތި ފަޅު ފިލުވާލާނެ ރަހަމީރު އެއްޗެއް ކަމަށް ވާނެކަމަށް އުންމީދު ކުރަމެވެ.

ނަން: ޓޫނާ ޕިއްޒާ ރޯލް

ބޭނުންވާ ތަކެތި:
12 ރޮށި
3 ދަޅު މަސް.
1/2 ޖޯޑު މޮޒެރެއްލާ (ޗީޒް) ކިއުބު.
1/2 ޖޯޑު ފިޔާ ކުދިކޮށް ކޮށާފައި ހުރި.
1/4 ޖޯޑު ކަޅު އޮލިވް ކޮށާފައި ހުރި.
1/2 ޖޯޑު ތަރުކާރީ މިރުސް ކުދިކޮށް ކޮށާފައި ހުރި.
1/3 ޖޯޑު މަރިނާރާ ސޯސް.
ގިރުވާލާފައި ހުރި ބިސް.
ތަރުކާރީ ތެޔެ ފޮދެއް.

ތައްޔާރު ކުރާނެ ގޮތް:
ފަހަރަކު ރޮއްޓެއް ބާއްވާފައި ރޮށީގެ ތިރީ ކަނުގެ މެދުގައި މަސް ކޮޅެއް އަޅާލާށެވެ. އޭގެ މައްޗަށް ޗީޒްކޮޅާއި ފިޔާކޮޅެއް އަދި ތަރުކަރީ މިރުސް ކޮޅާއި އޮލިވް ކޮޅު އަޅާލާފައި ރޮށި އޮޅާލަފައި ގިރުވާފައި ހުރި ބިހުން ރަނގަޅަށް ކަން ތަތްކޮށްލާށެވެ.

ތަވާއެއްގައި 160 ޑިގްރީއަށް ތެޔޮފޮދު ހޫނު ކޮށްލާފައި ތެލު އަޅާލާށެވެ. ކާ އިރު މަރިނާރާ ސޯސް ޖައްސައިގެން ކާށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :