ރެސިޕީ: ޕުޑިންގ ކޭކު

އަޙްސަން އަޙްމަދު | 29 މެއި 2017





ޕުޑިންގ ކޭކް

ބޭނުންވާ ތަކެތި:-
• ½ ޖޯޑު ބަޓަރ
• 1 ½ ޖޯޑު ކިރު
• 4 ބިސް (އެތެރެ ބައި)
• 1 ½ ޖޯޑު ހަކުރު
• 1 ސައިކަމުސަ ފެން
• 1 ޖޯޑު ގޮދަން ފުއް
• ½ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:-

1. 160 ޑިގްރީއަށް އަވަން ހޫނު ކޮށްލާށެވެ. ވަކިން އެއްޗެއްގައި ބަޓަރ ކޮޅު ވިރުވާލާފައި އެއްފަރާގައި ބަހައްޓާށެވެ. ވެނީޅާއާއި އެކު ކިރުފޮދު ހޫނު ކޮށްލާށެވެ.
2 ހަކުރު ކޮޅާއި ވިރުވާފައި ހުރި ބަޓަރު ކޮޅާއި އަދި ފެންފޮދާއި އެކު ބިސްކޮޅު ރަނގަޅަށް ގިރުވާލާށެވެ. ފުއްކޮޅަށް ކިރުފޮދު އަޅާފައި ގިރާލާށެވެ. އެއަށްފަހު ކޭކު އަޅާ ތައްތަށް އޮއްސާލުމަށްފަހު ފޮއިލުއަޅާ ތަށި ބަންދު ކޮށްލުމަށް ފަހު 40 މިނެޓު ވަނަދެން ފިހެލޭށެވެ.
3. ސާވް ކުރުމުގެ ކުރިން ކޭކުގެ މައްޗަށް ހަކުރުކޮޅެއް ވިއްސާލާށެވެ.

...........................
މިއީ ބ. ހިތާދޫ ކުޅަދަނަ ޝެފް އިސްމާއިލް ނަސީރު ( އިއްސެ) ހިތާދޫ އޮންލައިން އަށް ހަދިޔާ ކޮށްފައިވާ ރެސިޕީއެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :