ހިތާދޫ ކައުންސިލުގެ ނައިބުރައީސް ރާޝިދު މުޙައްމަދު ހުވަަކުރުމުގެ ޖަލްސާއަށް ވަޑައިގެން ބޭރުގައި މަޑު ކޮށްލައްވާފައި ފައިލް ފޮޓޯ- ހިތާދޫ އޮންލައިން

ގަދަ ކޮޅީގަނޑުގައި ޖެހި ހިތާދޫ ކައުންސިލުގެ ނާޢިބު ރައީސް ގެއްލިއްޖެ!؟

ޢާމިރު ޢަބްދުއްލަތީފު | 27 މެއި 2017





މި މަހުގެ ހަވަނަ ދުވަހު މުޅި ރާޢްޖެއަށް އައި "ލާމަރުކަޒީ" ކޮޅިގަނޑުގައި ހާލުގައި ޖެހި ބެހިގެން ގޮސް ހިތާދޫ ކައުންސިލުގެ ނާއިބު ރައީސް ރާޝިދު މުހައްމަދު ( ވީޕީ ރާޝިދު މުހައްމަދު ) ކުއްލި ގޮތަކަށް ސޯޝަލް މީޑަިއާ ފޭސްބުކުން ގެއްލިއްޖެވެ

ގިނަދުވަސްތަަކެއް ވަންދެން ސޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް ކެމްޕޭނު ކުރަމުން ދިޔަ އަދި މިހާރުގެ ކައުންސިލުގެ މެންބަރުންގެ ތެރެއިން އެންމެ ގިނައިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވެ ވަޑައިގެން ފައިވާ ހިތާދޫ ކައުންސިލުގެ ނާޢިބު ރައީސް ރާޝިދު މުހައްމަދު ކުއްލި ގޮތަކަށް އެމަނިކުފާނުގެ ފޭސްބުކް އައިޑީ ޑީއެކްޓިވޭޓު ކުރެއްވުމުގެ ކުރިން ޖަޒުބާތުގައި ޖެހިވަޑައިގެން ގިނަ ޕޯސްޓުތަކެއް ވަނީ އަމިއްލަ ފުޅު ސްޓޭޓަސްގައި ޕަބްލިސް ކުރައްވާފައެވެ.


ނައިބުރައީސް ގެ އެފްބީ ސްޓޭޓަސް އެއް..

ކައުންސިލު އިންތިހާބުން ފެއިލްވެ ވަޑައިގެންނެވި ހިތާދޫ ކައުންސިލުގެ ނާއިބު ރައީސް އިންތިހާބަށް ފަހު ފޭސްބުކުގައި ޕޯސްޓު ކޮށްފައިވާ ބައެއް ޕޯޓުގައި އިންތިހާބު ކާމިޔާުބު ކުރެއްވި އެމްޑީޕި ދެ މެންބަރުންނަށް ނިސްބަތްކޮށް ފާޑުވިދާޅުވެ ވަނީ ލިޔުންތައް ލިޔުއްވާފައެވެ.

އޭގެ ތެރޭގައި އެފްއޭއެމުން ދިން އެހީއިން ދަނޑުގައި ޗޭންޖިންގ ރޫމު އަޅަން އެމަނިކުފާނު ހުށައެޅުމުން އެއްވެސް މެންބަރަކު ތައީދު ނުކުރެއްވި ވާހަކަ ބުނެފައިވެއެވެ. އަދި ޕާޓި މީހަކަށްވީމާ ގޭސް ގުދަނުގައި ބިދޭސީން ގެންގުޅެން ހުއްދަ ދިނީ މިއަަށް އެމްޑީޕީ ދެމެންބަރުން ވޯޓު ދިންކަމަށް ބުނެފައިވެއެވެ. އައި ގިނަ އެކި އެއްޗެހި ލިޔެ އެމްޑީޕީ ދެ މެންބަރުންނަށް ނިސްބަތް ކޮށް ފާޑު ވިދާޅުވެފައިވެއެވެ. މިއާއި އެކު ގިނަބައެއްގެ ފާޑުކިޔުންތައް ނާއިބު ރައީސް ރާޝިދު މުޙައްމަދަށް އަމާޒުވެގެން ދިޔައެވެ.


ނައިބު ރައީސްގެ އެފްބީ ސްޓޭޓަސް އެއް...

އެއްބަަޔަކު ނައިބު ރައީސް މޮޔަޅަފުޅު ވީކަމަށް ބުނަމުންދާއިރު އެނެއް ބަޔަކު ބުނަމުން ދަނީ ކެމްޕޭނުގެ ތެރޭގައި އެވާހަަކަތައް ނުދައްކައި މިހާރު ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ. ސޯޝަލް މީޑިއާގައި މިކަމަށް ހަޖޫޖެހި ގިނަބަޔަކު ބުނަމަުން ދަނީ އިންތިހާބުން ފެއިލު ވުމުން ޖަޒުބާތުގައި ޖެހިވަޑައިގެން އަމިއްލަފުޅަށް އޮރިޔާން ވަނީ ކަމަށެވެ.

އިންތިހާބު ތަކުގައި ކޮންމެވެސް އެއްބަޔަކު މޮޅުވާއިރު އެނެއްބައި މީހުން ވަނީ ބައްޔެވެ. ޑިމޮކްރަސީގައި އިންތިހާބުގައި ބަލިވާ މީހުން މޮޅުވާ މީހުންނަށް އަބަދުވެސް މަރުހަބާ ކިޔާނެއެވެ. ރިވެތި ގޮތަކީ ބަލި ގަބޫލު ކޮށް މަރުހަބާ ކިޔައި އަންނަ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ވޯޓު ލިބުނު ގޮތް ދިރާސާކުރުމެވެ.

ލޯކަަލް ކައުންސިލު އިންތިހާބުގައި ބ. އަތޮޅު އޭދަފުށީ ދާޢިރާއަށް ވާދަ ކޮށް ޕީޕީއެމް ކެނޑިޑޭޓު އިންތިހާބުން ފެއިލު ވުމުން އެމްޑީޕީ ކެނޑިޑޭޓަށް ވަނީ މަރުހަބާ ދަންނަވާފައިއެވެ. ނަމަވެސް ހިތާދޫ ކައުންސިލުގެ ނައިބުރައީސް އިންތިހާބުން ފެއިލްވުމުން މަރުހަބާ ނުކިޔާތާ ޖަޒުބާތުގައި ޖެހިގެން ސޯޝަލް މީޑިއާގައި ފަޑުފާޑުގެ ޕޯސްޓުތައް ކުރަމުން ދިޔަކަން ގިނަބަޔަކަު ވަނީ ފާހަގަ ކޮށްފައެވެ. އަދި މިއީ ވަރަށް ނާތަހުޒީބު ބުއްދި ގޯސްވެފައި ތިބޭ މީޙުން ކުރާ ޒާތުގެ ޢަމަލެއްގެ ގޮތުަގައި ސިފަ ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ނަޒީހު

ތަންކޮޅެއް ބޮޑުވަރު...................................................................................................................................................... ބުނާނެއް އެއްޗެއް ނޭނގިފަ މިއީނީ

ALY

ހުޅަގު ކޮޅުގާ އެކުލަ / އިރުމަތީގާ މިކުލަ ކެންޕޭން ކޮށްގެން އޭނަ ގޮނޑި ހޯދީ