އިސްމާޢިލް ނަސީރު

ތަށި ދޮންނަ މީހެއްގެ ގޮުތުން ފެށި "އިއްސެ" ފުންނާބު އުސް ޝެފަކަށް

އަޙްސަން އަޙްމަދު | 26 މެއި 2017

މާޅޮސް މަޑުލު ދެކުނުބުރީ ހިތާދޫއަށް އުފަން އިސްމާއިލް ނަސީރު (ޝެފް އިއްސެ) އަކީ ރާއްޖޭގެ އެއްމެ މައްޝޫރު ހޮޓާކަމަށްވާ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗް އައި އެޗް) ގެ "2016 ވަނަ އަހަރު ލަގްްްްްޒަރީ ރެސްޓޯރެންޓް އެވޯޑް އިން އިންޓަނޭޝަނަލް ކުޒިން، އެންޑް އޭޝިއަން ކުޒިން އަދި 2015 ވަނައަހަރު ބެސްޓް ސްޓާފް އެވޯޑް" ލިބިފައިވާ ހަތްތަރީގެ ރެސްޓޯރެންޓް ގެ އިންޗާޖްެ ގޮތުގައި މަސައްކަތް ކުރާ ކުޅަދާނަ، އުފެންދުންތެރި ހީވާގި ކެރޭ ޒުވާން ޝެފެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ދާއިރާއާ ގުޅުންހުރި ތަފާތު ގިނަ ތަޖުރިބާއާއި ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ހިއްވަރު ގަދަ ދިވެހި ދަރިޔެކެވެ.


2000 ވަނަ އަހަރު ގެ ޖޫންމަހު މި ދާއިރާއާ އިސްމާއިލް ނަސީރު ގުޅުނީ އެންމެ އާދައިގެ ތަށި ދޮންނަ މީހެއް ގެ ގޮތުގައެވެ. އަބަދުވެސް ކެއްކުމަށް ޝައުގުވެރިކަން ހުންނަ އިއްސެއަށް މި ވެގެން ދިޔައީ ކާމިޔާބު ފެށުމަކަށެވެ. ދާއިރާއާ ގުޅުނުތާ ބަރާބަރު ތިންމަސް ދުވަސް ތެރޭ ކައްކާއަކަށް ޕްރޮމޯޓުވިއެވެ. ކާމިޔާބީގެ ކޮޅުމަތި ފެށުނީ އެހިސާބުންނެވެ. އާކަންތައްތަށް ދަސްވެ ކެއްކުމަށް ހުރި ޝައުގުވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވިއެވެ. މިއަދު އާދެ 17 އަހަރު ފަހުން ފެނިގެން މިދަނީ ބޮޑަތި ކާމިޔާބީ ތަކަކާއެކު ރާއްޖޭގެ ފުންނާބު އުސް ޝެފުންނާ އެއްފަންތިއެންގައި ފިޔަ ޖަހަމުން ދާތަނެވެ. އާދެ ކުޅަދާނަ މޮޅު ޝެފެންގެ ގޮތުގައެވެ.


ސަތާރަ އަހަރު ދިގު މުއްދަތެއް މި އިންޑަސްޓިރީ ގައި ހޭދަކުރެންވިއިރު ޝެފް އިއްސެެ ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުން ގިނަ ރަން ވަނަ ތަކެއް ހާސިލް ކޮއްފައެވެ. އަދި ފާހަގަ ކޮއްލެވެނީ ދާދި މިދާކައް ދުވަހު ހޮންކޮން ގައި ބޭއްވި ކެއްކުމުގެ މުބާރާތުން ރާއްޖެއާ ހިތާދޫއަށް ހޯދާދިން ރީތިނަމާއި ކާމިޔާބީއެވެ.ޝެފް އިއްސޭގެ ފާހަގަކޮއްލެވޭ ބައެއް ކާމިޔާބީތައް..


1. 2008 ވަނަ އަހަރު "ހޮޓަލް އޭސިޔާ މޯލްޑިވްސް " ހޮޓް ކުކިން ލޭމްބު ކެޓަގަރީން 3 ވަނަ.


2 2010 ވަނަ އަހަރު ލައްކާ ގައި ބޭންވި "ކެފޭ ލައްކާ" 5 ކޯސް ސެޓް މެނޫއިން 2 ވަނަ.


3 2015 ވަނަ އަހަރު "ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިިއާ" މޯލްޑިވިއަން ފެސްޓިވަލް މީލް ކެޓަގަރީން 2 ވަނަ.


4. 2015 ވަނަ އަހަރު " ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ" މުބާރާތުގެ ހޮޓް ކުކިން ސީފުޑް ކެޓަގަރީން 3 ވަނަ./p>

5 2015 ވަނަ އަހަރު " ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ" މުބާރާތުގެ މޯލްޑިވިއަން ޑިސް ކެޓަގަރީން 2 ވަނަ.


6. 2015 ވަނަ އަހަރު " ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ" މުބާރަތުގެ ހޮޓް އެޕެޓިޒަރ އިން 1 ވަނަ.


7. 2016 ވަނަ އަހަރު " ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިިއާ" މޯލްޑިވިއަން ޑިސް އިން 1 ވަނަ،


8. 2016 ވަނަ އަހަރު " ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ" މޯލްޑިވިއަން ފިންގަރ ފޫޑް ޕުލެޓރ ކެޓަގަރީން 2 ވަނަ.


9. 2016 ވަނަ އަހަރު " ހޮޓަލް އޭޝިޔާ މޯލްޑިވްސް" މުބާރާތުގެ މޯޑިވިއަން ޑިސް އިން 2 ވަނަ.


10. 2016 ވަނަ އަހަރު " ހޮޓަލް އޭޝިޔާ މޯލްޑިވްސް" މުބާރާތުގެ ބެސްޑް މޯލްޑިވިއަން ޝެފް.


11. 2017 ވަނަ އަހަރު ހޮފެކްސް (ހޮންކޮން) ގެ ވެސްޓަން ސީފުޑް އިން ސިލްވަރ މެޑަލޝެފްއިއްސެއަކީ މިވަގުތު ހަމައެކަނި ކައްކާއެއް ނޫނެވެ. ރާއްޖޭގެ ލެވަލްގައި ބާއްވާ މުބާރާތަ ތަކުގައި ޖަޖުކަންކުރާ ކުޅަދާނަ ޖަޖެކެވެ. އެގޮތުން 2016 ވަނައަހަރު ޝެފް ގިލް މޯލްޑިވްސް އާ ޑަބްލިއުޑީސީ އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި އްއްޑޫ ފެސްޓިވް މީލްގައި ޝެފްއިއްސެވަނީ ޖަޖެއްގެ ދައުރު އަދާކޮއްފައެވެ. 2017 ވަނަ އަހަރު ހީވާގި ކަނބަލުންގެ ކުކިން އިވެންޓުގައިވެސް ޖަޖުކަންް ކޮއްފައެވަވެ.


މިވަގުތު މިދާއިރާއިން އެންމެ ދެކެން ބޭނުންވަނީ ގިނަ ޒުވާނުން ދާއިރާއާ ގުޅި ، ދިވެހިން މިދާއިރާގައި ބާރުވެރިވާ ދުވަހެވެ. " .....މިދާއިރާ އަކީ ޒުވާނުންނަ ސަޅި ދާއިރާއެންކަން ގަބޫލު ކުރެވި.... މިދާއިރާގެ އިސް މަގާމު ތަކުގާ ދިވެހިން އުޅޭތަން ދެކެން އަސްލު ވަރަށްބޭނުން"އިސްމާއިލް ނަސީރު އައްޑޫ ސިޓީގައި ކެއްކުމުގެ މުބާރާތެއްގައި ޖަޖްކަން ކުރަނީ


މިފަދަަ ބޮޑު ކަމިޔާބީއެއްގެ ފަހަތުގައި އެތައްބަޔަކު ވާނެކަން ކަޝަވަރެވެ. ޝެފްއިއްސޭގެ މިކާމިޔާބީގެ ފަހަތުގައިވަނީ ޝެފުގެ އާއިލާއާއި މަސައްކަށް ކުރާ އޮގަނައިޝޭޝަން (އެޗް.އައި.އެޗް) އަދި ރައްޓެހިންކަމަށް އިއްސެބުނެއެވެ. " އަބަދުވެސް މަންމަ އާއި ޕައްޕަގެ ސަޕޯޓުލިބޭ އަދި ވައިފްގެ ވަރަށްބޮޑުސަޕޯޓެއް މިކަމުގައި ކުރިޔަށް ދިއުމަށްލިބޭ، ވޯވަރޯލްކޮށް ބުނެވޭނީ މުޅި އާއިލާގެ ސަޕޯޓް ވަރަންބޮޑައްލިބެޔޭ.." އަދިހަމަ އެހެންމެ މަސައްކަށްކުރާތަން ޝެފްއިއްސެ ސިފަކުރަނީ ގެއާދުރުގާހުރި ގެއެންފަދަ ތަނެއްގެ ގޮތުގައެވެ. " ވަރަށް ބޮޑު ސަޕޯޓެއްލިބޭ މަސައްކަށް ކުރާ ތަނުން އަދި ޝެފްގެ ސަޕޯޓު ވަރަށް ބޮޑު ކުރިއަށް ދިއުމުގައި. އެޗް.އައި.އެޗް އީޒް މައިހޯމް އަވޭ ފޮރޮމް ހޯމް."


ކިޔުންތެރިންގެ ޚިޔާލު...


ނަން :