މައިޝާ ހަތަރުވަނަބައި

ލިޔުނީ : ޢަބްދުލް ހާމީދު ޢަބްދުއްﷲ / ސޫރަޖު ބ.ހިތާދޫ | 20 މާރިޗު 2013





ދުވަސްތައް ވޭތުވެގެން ދިޔަ ގޮތް ވެސް ނޭންގެއެވެ. އެންމެ ފަހުން މައިޝާ ދުވަސްތަކަކަށް ފަހު މާލެއިން ފައި އުފުރާލަން ވީ ދުވަސް އައިސް ޖެހިއްޖެއެވެ. ފަރުހާދު ރަށު ބޯޓުން މަފަހަރު މާލެ އައީ ދެވަނަ ދެކަމަކުއެއް ނޫނެވެ. މައިޝާ ރަށަށް ގެންދާށެވެ. މާލޭގައި ހޭދަކުރި ދުވަސްތަކުގައި މައިޝާ ހުރި ގޭގެ ދެމަފިރިން މައިޝާއަށް ބެހެއްޓި އޯގާތެރިކަމަށްޓަކައި ފަރުހާދު އެދެމަފިރިންނަށް ޝުކުރު ޢަދާކުރިއެވެ.

ރަށަށް ދާންޖެހޭވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް މައިޝާގެ ހިތުގެ ހިގުންވެސް އަވަސްވަމުން ދިޔައެވެ. އަފްލަޙް އާއި ދުރަށް މާދުރަށް ދާންޖެހޭތީއެވެ. މައިޝާ އެންމެ ދެރަވީ އެންމެ ފަހުފަހަރަށް ބައްދަލުކޮށްލަންވެސް އަފްލަޙްއަށް އާދެވޭނެ ގޮތް ނުވުމުންނެވެ. ރިޒޯޓްގައި މާބޮޑަށް ބިޒީވުމުންނެވެ. އެއަށްވުރެ ބޮޑަށް މައިޝާ ދެރަވަނީ ދެން ބައްދަލު ވެވޭނެ ދުވަހެއްވެސް ނޭންގޭތީއެވެ.

ޚިޔާލުތަކަކަށް ގެއްލިފައި ސިޓިންރޫމްގައި އިން މައިޝާ ސިހިގެންދިޔައީ އޭނާގެ ފޯނު ރިންގުވާއަޑަށެވެ.
" ހަލޯ ..........އަފޫ....... ދެންއަޅެ ނާދެވޭނެތަ "
" އާނ ލޯބީ ވަރަށް މަސައްކަތް ކޮށްފިން އެކަމަކު ނެތް ހަމަ އެއް ގޮތްވެސް /....... ވަރަށް ސޮރީ އެނގޭ ކޮންއިރަކުން ފުރަނީ " އަފްލަޙް އޭނާއަށް ނުދެވުނު ކަމަށްޓަކައި މައިޝާގެ ކިބައިން މާފަށް އެދުނެވެ.
" އޯކޭ........ ކުޑައިރުކޮޅެއް ފަހުން މިއުޅެނީ ފުރަންދާން ........ ބައްޕަ ބުނީ އަންނާނަމޯ ... މައި ބަލާ ފުރަންވީމަ" މައިޝާގެ އަޑުގައި ވަނީ މާޔޫސީކަމެވެ. ފޫހިކަމެވެ. މާލެ ދޫކޮށްފަައި ދާންޖެހޭތީކަން ގައިމެވެ. އެކަމަކުވެސް އެނޫންގޮތެއްވެސް ނޯނާނެ ނޫންހެއްޔެވެެ.

" އެހެންތަ ......... ރަށަށް ދިޔައީމަ އަހަރެންމަތިން ހަދާން ވާނެބާ ......... " އަފްލަޙް އެހެންބުނީ މައިޝާ ދެރަކުރުމުގެ ގަސްތުގައެއް ނޫނެވެ. ސަމާސާ ކޮއްލުމުގެ ބޭނުމުުގައެވެ.
"އަހަންނަކަށް އިތުބާރެއް ނުކުރަންތަ....... އަހަރެން އަބަދުވެސް ހުންނާނީ އަފޫގެ މީހެއްގެ ގޮތުގައޭ " އަފްލަހް އެހެން ބުނުމުން މައިޝާގެ އަޑު ކުރަކިވިއެވެ .

" މައިންބަފައިން އެހެންމީހަކާ އިންނަން ބުނެފިއްޔާ ދެންކީއްކުރާނީ "
" އަފޫ ކީކޭ ކިޔަންތަ ތިއުޅެނީ ....... މީހަކާ ނީދެ ހުންނަން ޖެހުނަސް އަފޫ ނޫން މީހަކާ މައިއެއް ނީންނާނަން ..... ގަބޫލުކޮށްބަލަ " މައިޝާއަށް ރޮވޭގޮތް ވިއެވެ.
އެހެންކަމުން އަފްލަޙްވެސް ދެން އެމައުޟޫ އާއިގެން ކުރިއަކަށް ނުދެއެވެ. އަފްލަޙް ދެންބެލީ ކޮންމެވެސް އެހެން ވާހަކައެއް ދައްކައިގެން މައިޝާ ހިތްހަމަ ޖައްސައި ދެވޭތޯއެވެ. އެތައް އިރަކު ވާހަކަ ދައްކައިގެން އެންމެފަހުން އަފްލަޙް އެކަންވެސް ކާމިޔާބު ކުރިއެވެ.

ރަޝީދާ އަވަދި ނެތި ބަދިގެތެރޭގައި އެކި ބާވަތްތަކުގެ ތަކެތި ތައްޔާރުކުރުމުގައި އުޅޭއިރު އަތްގާތް ކޮށްދޭން ޝައުޝަން (މައިޝާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ) އުޅެއެވެ. ބޯޓް ރަށަށް އަންނަނީ ހަވީރުގެ ވަގުތު ކަމަށް މައުލޫމާތު ލިބިފައިވާތީ ، ހެދިކާގެ ބާވަތްތަކުގެތެރެއިން މައިޝާއަށް އެންމެ ކަމުދާ ބާވަތްތައް ތައްޔާރު ކުރެވޭތޯ ރަޝީދާ ބެލިއެވެ. ރަޝީދާއަށް ، އެހީތެރި ވުމުގައި އެއްވެސް ވަރުބަލި ކަމެއް ފޫހިކަމެއްނެތި ، ޝައުޝަންވެސް އުޅެމުންގެންދިޔައީ ދުވަސްތަކަށްފަހު އޭނާގެ އެންމެގާތް ރަޙްމަތްތެރިޔާ އަންނާތީއެވެ.

ހަވީރުގެ ވަގުތު ވެއްޖެއެވެ. ބޯޓް އަންނާތީވެ ރަށުގެ ވަރަށް ގިނަ އަދަދެއްގެ ދެޖިންސުގެ މީހުންނާއި ކުދިން ރަށުގެ ބަދަރަށް ޖަމާވެފައި އޮތެވެ. ގިނައީ މާލެއިން އެމީހުނާ ގުޅުމެއް އޮތް ކޮންމެވެސް ބައެއް މާލެއިން އަންނާތީ އައިސް ހުރި މީހުންނާއި ، ބޯޓުންގެންނަ މުދަލާއި ހަވާލުވުމަށް އައިސް ހުރި މިހުންނެވެ. ރަޝީދާއިާއި ޝާއުޝަންއަށް އެތަނަށް އައިސް ހުއްޓެވުނު އިރުގައި ބޯޓްވެސް ރަށުގެ ނެރުން ވަންނަނީއެވެ.

މާގިނައިރުތަކެއްނުވެ ބޯޓް ބަދަރަށް ކައިރި ކުރުމާއެކު މީހުން ބޯޓުން ފައިބާން ފަށައިފިއެވެ. ރަޝީދާއަށް މިހާރު ކެތްކުރެވެނީކީ ނޫނެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މައިޝާ ދެކޭހިތުންނެވެ. މައިޝާގެ ހާލަކީވެސް މިއީއެވެ.

އެހެންފަހުން އެވަގުތުވެސް ޖެހިއްޖެއެވެ. މީހުންތަކުގެތެރެއިން މައިޝާ އާއި ފަރްހާދު ބޯޓުންފައިބައިގެން އައިސް ރަޝީދާމެން ތިބިތަކަށް އަތުވައްޖެއެވެ.
" ދަރިފުޅާ ކިހިނެއްތަ ... ދައްތަމެން ގަދަތަ" ދަރިފުޅުގެ އަތުގައި ހިފާލަމުން ރަޝީދާ އެހިއެވެ.
" ރަގަޅު މަންމާ ...... ދައްތަމެން ސަލާމްްބުނި މަންމައަށް ....... އަހަ ޝައުޝަންވެސް އެބަހުރިން ދޯ ..... ކަންތައްތައް ރަގަނޅުތަ "
" ރަގަނޅު ............ މައިޝާ ހާދަ ފަލަވެއްޖޭ " ލާނެއްފާޑަކަށް ޝައުޝަން ބުންޏެވެ.
" އަޅެ މަފަލަތަ މަންމާ...... ފަލައެއްނޫންދޯ " މައިޝާ މަންމައަށް ދޯދިނެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ރަޝީދާ ވެސް ބޯޖަހާލިއެވެ.
"ދެން މިތާ ނުހުރެ ދޭބަލަ އެމަންޖެ ގޮވައިގެން ގެއަށް .... އަހަރެން ދާނަށް މުދާ ބޭލީމަ އެއްޗެހިތައް ހިފައިގެން " ފަރުހާދު މިހެން ބުނުމުން ތިންމީހުން ވެސް ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
" މަންމާ ހާދަ ބައިވަރު އެކި ވައްތަރުގެ ހެދިކާ ހަދާފައޭ މިހުރީ ......... އެނެއްކާ އަހަންނަށް އެންމެ މީރު އެއްޗެތި " މައިޝާ ހުރީ އެދިކާތަށް ފެނިފައި ހައިރާންވެފައެވެ.

" އެހެންނު ވާނީ ............ ރަޝީދައްތަގެ ހުރި ހަމައެކަނި ފުރާނަ ވީއްޔަ .............. ހުރިވަރެއް ދައްކާނެއެއްނު" ޝައުޝަން ހީގަތެވެ.
" ޝައުޝަންވެސް އުޅުނޭ މަންމައަށް އެހީވަން އެހެންވެ ތިހާ ބައިވަރު އެއްޗެހި ހެދިފާ ތިހުރީވެސް ...."
" ނިމުނީތަ ............. ދޭބަލަ ދެންވެސް އަވަހަށް ފެންވަރަށް ...... މަމިހުރީ މައިޝާ ގޮވައިގެން ހިގާލަން ދާންވެގެން " ސައިބޮއި ނިމުމުން ޝައުޝަން ބުންޏެވެ.

" މިއަދަކު ނޫން ދޯ .......... މިހުރީ ވަރަށް ބޮޑަށް ބޮލަށް އެބުރުން އަރާފައި .......ހީވަނީ މިހާރުވެސް ބޯޓްގައި ހުރެވޭހެން ....... އަހަރެން ބޭނުމީ ކޮޑަކޮށް މިއަދު ރެސްޓް ކޮށްލަން ........... މާދަމާ ދާނީ އެނގޭ " މައިޝާ ހަގީގަތުގައިވެސް ހުރީ ވަރަށް ވަރުބަލި ވެފައެވެ. އޭނާ ބޭނުންވަނީ އަވަހަށް ފެންވަރާލައިގެން ކުޑަކޮށް ނިދާލާށެވެ. އަދި އަވަހަށް ކޮޓަރިއަށް ދިއުމަށް މައިޝާ ތެެޅިފޮޅިގަތް އެހެން ބޭނުމެއްވެސް އެބައޮތެވެ. އަފްލަޙްއާއި ގުޅުމަށެވެ. އެހެންކަމުން ކޮޓަރިއަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް މައިޝާ ކުރި ކަމަކީ، އަފްލަޙްއަށް ގުޅުމެވެ.
" ރަށަށް ދެވުނީތަ ލޯބީ............. ދަތުރު ކިހިނެއްތަ ...... ވަރަށް ކަނޑު ގަދަދޯ ........ މަގެ ލޯބި ހޮނޑުލާލާ އަގައިންވެސް ބުނެލެވޭ ވަރު ނުވަނީތަ " މައިޝާއަށް ވާހަކަ ދައްކާލާނެ އެންމެ ފުރުޞަތެއްވެސް ނުދީ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަފްލަޙް އަމުނާލިއެވެ.

" އަފޫ ފުރުޞަތެއް ދީގެންނެއްނު މައި އަށް ވާހަކަ ދެއްކޭނީ ............. އަފޫ އަކަށް ގުޅުނީކީ ނޫން ރަށަށް ދެވުނުތޯ ބަލާކަށްވެސް ...... އެންމެ ފަހުން އަހަންނަށް މިޖެހުނީ ގުޅަންވެސް " އަފްލަޙް ނުގުޅާ ހުރުމުގެ ސަބަބުން މައިޝާ ޝަކުވާކުރިއެވެ.
"މައި ބުނީމެއްނު ރަށަށް ގޮސްފައި ގުޅަނަމޭ ...... އެހެންވެ ހަމަ ގަސްތުގައި ނުގުޅާ މަޑުކޮށްލީ "
"އެހެންތަ ... އަފޫ ހީކުރީތަ ދެން އަހަރެން ނުގުޅާނެއޭ .................. އަފޫ ބޭނުވަ ނަނީތަ އަހަރެންގެ މަތިން ހަދާންނައްތާލަން " މައިޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އަފްލަޙްގެ ބަސްމަގު ހުރި ގޮތުންނެވެ
" މައި ތިހެން ހިތައްވެސް ނާރުވަބަލަ ........ މައި ދެކެ އަފޫ ވަރަށް ލޯބިވެ............. ދުވަހަކުވެސް ދެން މައިގެ ހިތުގަ ޖެހޭ އެއްވެސްކަމެް އަފޫ ނުކުރާނަށް ............ ދެން ނިކަން ހީލަބަލަ " މައިޝާ ހިތްހަމަ ނުޖެހުނުކަށް އެނގުމުން އަފްލަޙް ސީރިއަސް ވިއެވެ

" އޯކޭ ..... އަހަރެން ގަބޫލުކުރަމޭ ......... އަފޫތީ އަހަރެންގެވެސް ލޯބި ...... އަހަރެންގެ ފުރާނައަށް ވެސް ބޮޑަށް އަފޫދެކެ އަހަރެން ލޯބިވޭ "
" ހާދަ އުފާވެއްޖޭ " އަފްލަހް ހުރީ އުފަލުން ފޮޅިފައެވެ.
" އަފޫ އެހައްބޭއްވީއޭ ... މިއުޅެނީ ފެންވެސް ނުވަރާ ފަހުންގުޅާނަން "
" މަޑުކޮއްލަބަލަ .. އެހާ ގިނައިރެއްވެސް ނުވެއެއްނު .......... މިހާރު އަހަންނަށް ފުރީ ޓައިމެކޭ " އަފްލަޙް ހުރީ ފޯނު ބާއްވާ މޫޑެއްގައެއް ނޫނެވެ.

" އަޅެ މިރޭވެސް ގުޅޭ ނެއްނު ... ދެން އިހަށް ބާއްވާ ޕްލީޒް ... ދަތުރުު ވަރު ބަލި ވެފައޭ މިހުރީ .. ކުޑަކޮށް ނިދާލަށް ބޭނުންވެގެން މިއުޅެނީވެސް" މައިޝާ ހަޤީޤަތުގައިވެސް ހުރީ ވަރަށް ވަރުބަި ވެފައި ކަމުން ްއކަން ހާމަކުރިއެވެ.
"އެހެންތަ .. ކުރިންވެސް ތިހެން ބުނިނަމަ.............. އޯކޭ މިރޭ ގުޅާނަން .... ލަވްޔޫ "
އަފްލަހް ފޯނުބޭއްވިއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް މައިޝާވެސް ސްކޫލް ނިމިއްޖެއެވެ. މިދުވަސްތަކުގައިވެސް މައިޝާއާއި އަފްލަޙްގެ ލޯބީގެ ބާބު ހަމަ އެގޮތުގައި ކުރިއަށް ދިޔައެވެ. ލޯބީގެ ގުލްޝަން ފަރިވެ ފޮޅި ތާޒާކަންމަތީ ކުރިއަށް ދޮިޔައެވެ. އެހެން ނަމަވެސް އެހެން ކަމަކާ މައިޝާއަށް ކުރިމަތިލާން ޖެހިއްޖެއެވެ . މައިޝާއާއި އެއްއުނުރެއްގެ ކުއްޖެއް ކަމުގައިވާ އެރަށު ޝާއިން ކިޔާ ކުއްޖެއް މައިޝާއަށް ލޯބި ހުށައަޅާފިއެވެ.

- ނުނިމޭ -


ކިޔުންތެރިންގެ ޚިޔާލު...


ނަން :