ހިތާދޫ ކައުންސިލުގެ ދެވަނަ ދައުރުގެ މެންބަރުން

ލާމަރުކަޒީ ރެކޯޑު: ހިތާދޫ ކައުންސިލު މުޅި ދައުރު ގާނޫނާ ޚިލާފަށް!!

ހިތާދޫ އޮންލައިން | 05 މެއި 2017





"ލާމަރުކަޒީ ރެކޯޑު" މިއީ ތަންކޮޅެއް އާ ކަމަކަށް ވެދާނެއެވެ. އަޑުވެސް ނާހާ އެއްޗަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް މިއަދު މިވަނީ ކޮންމެވެސް ބަޔަކު އިސްނަގައިގެން މިކަން ފާހަގަ ކުރަން ޖެހިފައެވެ. އާނަަމަވެސް އަލަށް ނަމަވެސް ރެކޯޑެއް ހަދާފައެވެ.

ހިތާދޫ ކައުންސިލުގެ ދެވަނަ ދައުރު ފެށުނީވެސް ގާނޫނާއި ޚިލަށް ކަމަށް ބުނުމުން ހައިރާން ވެދާނެއެވެ. އަދި 26 ފެބުރުއަރީ 2017 އަށް ގާނޫނީ ދައުރު ހަމަވި އިރު ބ. ހިތާދޫ ކައުންސިލު ހިންގަމުން ދިޔައީ ގާނޫނާ ޅިލާފަށޭ ބުނުމުން ހައިރާން ވެދާނެއެވެ. ނަމަވެސް ގަބޫލު ކުރަން ދަތިވި ނަަމަވެސް މިއީ ކަން ހިނގާފައިވާ ގޮތެވެ. ހިތާދޫ ކައުންސިލު މިވަނީ އަލަށް " ލާމަރުަކަޒީ ރެކޯޑެއް" މުގުރާލާފައެވެ.

ހިތާދޫ ކައުންސިލުގެ ދެވަނަ ދައުރުގެ ރައީސާއި ނާއބުރައީސް ހޮވުމަށް ބޭއްވި ޖަލްސާވެސް ބާއްވާ ފައިވަނީ ގާނޫނާއި ޚިލާފަށެވެ. ރައީސާއި ނާއިބުަރުއީސް ހޮވުމަށް ބާޢްވާ ޖަލްސާ އަކީ ޢާންމު ޖަލްސާއަކަށް ވާން ޖެހޭއިރު ހިތާދޫ ކައުންސިލުން ރައީސާއި ނާއިބުރައީސް ހޮވުމަށް ބާޢްވާފައިވަނީ ޚާޢްޞަ ޖަލްސާއެކެވެ. މިކަން ފާހަގަ ކޮށް އިޞްލާހު ކުރަމަށް އަތޮޅު ކައުންސިލުގެ މޮނިޓަރިންގ ޓީމުން އަންގާފައި ވީނަމަވެސް މިއަދާ ހަމައަށް ވަނީ އެކަން އިޞްލާހު ނުކޮށެވެ.

ހިތާދޫ ކަައުންސިލުން ގަނޫނާ ޚިލަށް ކޮށްފައިވާ ކަމަކީ ހަމައެކަނި ރައީސާއި ނާއިބުރައީސް ހޮވަން ބޭއްވި ޖަލްސާ ގާނޫނާ ޚިލާށް ބޭއްވުމުން އެކަންޏެއް ނޫނެވެ. މުޅި ދައުރުގައި ހިނގާގައިވާ އެތަށް ކަމެއް ގަނޫނާއި ޚިލާފަށް ހިންގާފައިވެއެވެ. ގާނޫނާއި އެއްގޮތަށް ކުރާ ކަންތައްތަށްވެސް ކޮށްފައިވަނީ ޢާންމު އުޞޫލާއި ޚިލާފަށެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންތައްތަށް ހިމަނާ ލާނަމެވެ.

ޅާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބަޔާކޮށްފައިވާ ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހާއި ޖުލައި މަހު ބާޢްވާންޖެހޭ ބައްދަލުވުން ހިތާދޫ ކައުންސިލުން ބާޢްވާފައިވަނީ އެންމެ ފަހަރަކުއެވެ. މިބައްދަލުވުންވެސް ބާޢްވާފައިވަނީ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަ ނުކޮށެވެ. އަދި މީގެ އިތުރުން ތަރައްގީގެ ޕްލޭނާއި ބެހޭގޮތުން ކޮންމެ ދެމަހުން އެއްމަހު ޢާންމު ކުރަން ގާނޫނުގައި ބުނެފައިވާ މަޢްލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ހިތާދޫ ކައުންސިލުން ކަންކަން ނިންމާއި ޚަރަދު ކުރުމުގައިވެސް ގިނައިން ޢަމަލަ ކުރުަމުން ދަނީ މަލިއްޔަތުގެ ގާނޫނާއި ގަވާއިދާ ޚިލަށާއި ޢާއްމު އުޞޫލާއި ޚިލާފަށްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ކައުންސިލުގެ ޖަލްސާއިން ފާސް ކުރުމެއް ނެތި ކަަންކަމަށް ޚަރަދު ކުރުމަށްފަހު ކައުންސިލުގެ ޢަޣްލަބިއްޔަތު ބޭނުން ކޮށްގެން ފަހުން ބިލުތަކަށް ފައިސާ ދޭން ނިންމާކަން ފާހަގަ ކުރެވެއެވެ.

ހިތާދޫ ކައުންްސިލުން ގާނޫނާ ޚިލާފަށް ކުރި އަނެއް ކަމަކީ އެއްވެސް އަޞްލެއް ނެތި ގާނޫނަކަށް ބެލުމެއް ނެތި ހިތާދޫގެ ރައްޔިތަކަށް ހިތާދޫ ކައުންސިލުގެ އެއްވެސް އެއްޓިމޭޓެއްގައި ބައިވެރި ނުވެވޭގޮތަށް ޖަލްސާއަކުން ފާސްކޮށް ދުވަސްތަކެއް ފަހުން އެ ނިންމުން ވަނީ ބާތިލު ކޮށްފައެވެ. މިއިން އެއްވެސް ޖަލްސާއެއްގައި ގަނޫނަކާއި ގަވާއިދަކާއި ޙަވާލާދީފައެއް ނުވެއެވެ.

ދެެން އޮތީ ލާމަރުކަޒީ ރެކޯޑު ހައްގުވުމުގައި އެންމެ މަތީ މާކްސް ލިބޭ ޕޮއިންޓެވެ. ހިތާދޫގެ ކުނިގޮނޑު ބަލަހައްޓަން އިޢްލާނު ކުރުމުން އެކަމަށް އިޖާބަދީ އަންދާސީ ހިސާބުތައް ހުށައެޅި ފަރާތްތަކުގެ ތެރެއިން ކުނިގޮނޑު ހަވާލު ކުރި މީހާގެ ވާހަކައެވެ. މިއީ މިގަރުނުގެ އެންމެ ބޮޑު ޖޯކަށްވެސް ވެދާނެއެވެ.

މިދެންނެވި އިޢްލާނާއި މަސައްކަތް ހަވާލު ކޮަށްފައިވަނީ މަޢްލޫމާތު ސާފު ނުކުރާ އަގު ހުށައަޅާފައިނުވާ ފަރާތަކާއެވެ. މަޢްލޫމާތު ސާފުކޮށް އަގު ހުށައެޅި އަންހެނެއްގެ ފިރިމީހާ އާއެވެ. އެ އަންހެން މީހާގެ އައިޑީކާޑު ނެތިގެން އަންހެން މީހާ ހުށަޅި އަގަށް ފިރިމީހާއާއި މަސައްކަތް ހަވާލުކޮށް އެގްރީމެންޓުގައި ހިތާދޫ ކައުންސިލުން ވަނީ ސިއްކަ ޖަހާ ސޮއިކޮަށްފައެވެ.

ހިތާދޫ ކައުންސިލުގެ ދެވަނަ ދައުރުގައި ކޮށްފައިވާ މިފަދަ ކަންކަމަކީ މިހާތަނަށް އެއްވެސް ކައުންސިލަކުން ކޮށްފައިވާ ކަންކަމެއް ނޫނެއެވެ. މުޅި ދައުރު އެއްކޮށް ގާނޫނާއި ޚިލަށް ހިންގި ކައުންސިލެއް ހިތާދޫ ކައުންސިލު ނޫނީ އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ހިތާދޫ ކައުންސް މވަނީ ރެކޯޑެއް ގާއިމު ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Vedhaane

Kobaa heki.. heki nethiyyaa baehge boluga dhogu inzaamu thakeh thi alhuvany..