ލޯކަލް ކައުންސިލް އިންތިހާބުގައި އޭދަފުށީ ކައުންސިލަށާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ބޭނާއެއް.

ތަޖްރިބާއަށް ބަލާއިރު މިފަހަރު ވޯޓު ދޭން ޖެހެނީ ޕާޓީއަށްތަ ނުވަތަ މީހާއަށްތަ؟

ހިތާދޫ އޮންލައިން | 04 މެއި 2017

މިދައްކަނީ އޭދަފުށީގެ ވާހަކައެވެ.

ކަތީބުންގެ ދައުރު ނިމި ރަށު ކައުންސިލްތަކުގެ ދައުރަށް ރާއްޖެ ކުރިމަތިލީ
ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދެވޭނެކަމުގެ ޔަގީން
ކަމާއެކުގައެވެ. ސަރުކާރުން ލާމަރުކަޒީ ނިޒާމު ތައާރަފްކުރުމުގެ މަގްސަދަކީ
އެއީއެވެ.

ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ކައުންސިލް ތަކަށް ދީފައިވާ އިރު މި
ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހެޔޮ ނިޔަތުގައި ކޮށްގެން ރައްޔިތުންނަށް
ލިބުނީ ކޯއްޗެއް ހެއްޔެވެ. ވީފައިދާއަކީ ކޮބާ ހެއްޔެވެ.ތަރައްގީއޭ ކިޔާއިރު
އެންމެ ފިޔަވަޅެއްވެސް މި އޭދަފުށީގެ ތަރައްގީއަށް ރަށު ކައުންސުލުން ކޮށް
ދެވުނު ހެއްޔެވެ. އުމްރާނީ ކުރިއެރުމާއި ތައުލީމީ ގޮތުންނާއި އިގްތިސާދި
ގޮތުން ލިބިފައިވާ ކުރިއެރުމެއް ފެނިއްޖެ ހެއްޔެވެ؟

އެންމެ ކުޑަމިނުން ރައްޔިތުންނާއި ކައުންސިލާ ދެމެދު ރަނގަޅު ގުޅުމެއް ގާއިމް
ކުރެވުނު ހެއްޔެވެ. އޭގެ ބަދަލުގައި ފެނިގެން ދަނީ ފެއިލްވެފައި އޮތް ރަށު
ކައުންސިލެކެވެ. ބާރުތަކެއް ލިބިފައި އޮތަސް އެބާރުތަކުގެ ބޭނުން ނުކުރުމުގެ
ސަބަބުން ނުވަތަ ކުރަން ނޭގުމުގެ ސަބަބުން ރަށުގެ ކުރިއެރުން މުޅިން ހުއްޓި
އެތައް އަހަރެއްގެ ފަހަތަށް މުޅި އޭދަފުށި ވެއްޓި، ދެން ފަސޭހައިން ތެދު
ނުވެވޭ ވަރަށް ވެއްޓިފައިވާ ތަނެވެ.

އަހަރެންގެ ގާތުގައި މީހަކު ބުންޏެވެ. އޭނާގެ ޕާޓީން މީދަލެއް ކުރިމަތި ލިޔަސް
ވޯޓު ދޭނީ އޭނާ އަށެވެ.

އެކަމުގައި އޭނާގެ ވިސްނުން އެހެރީ ޕާޓީއަށް ގޮސް ހުސްވެފައެވެ. އެވަރުވާން
ޖެހޭ ހެއްޔެވެ. އެހެން އޭނާ ބުނިއިރު އޭނާގެ ފަރުދީ ޒިންމާއާއި ގައުމީ ވާޖިބު
އެ ހަނދާން ނައްތާލީއެވެ. ރަށް މިއަދު ދެކެމުން އެދަނީ އެކަމުގެ ނަތީޖާއެވެ.

ކުޑަކުޑަ މިސާލެކެވެ. ރަށު ކައުންސިލުން ރަށު ތެރެ ސާފުކުރުމުގެ ދުވަހެއް
ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުން އެކަމުގައި ބައިވެރި ވުމަށް ގޮވާލިއިރު
އެކަމަށް އަމުރު ކުރި ކައުންސިލަރުންގެ ތެރެއިން ގިނައި ހާޒިރު ނުވާ
މެންބަރުންނެވެ. ގައުމީ ދުވަސް ފެށުން ފާހަގަކުރުމުގެ ގޮތުން ފަތިސް ނަމާދު
ޖަމާއަތުގައި ކުރުމާއެކު ޚާއްސަ ދުއާ އެއް ކުރުން ނުވަތަ ދިދަ ނަގަން
ހަމަޖެހިފައި އޮތް ދުވަހު ހަ ކައުންސިލަރުން ތިއްބަވާ އޭދަފުށީ ކައުންސިލުގެ
ތެރެއިން އެކަމަށް ހާޒިރުވީ ކައުންސިލުގައި ހިމެނެ ހަމައެކަނި އަންހެން
މެންބަރެވެ. މި ނޫންވެސް ބައިވަރު ކަންތައް އެބަހުއްޓެވެ.

ސަރުކާރުން ބުނަނީ ތަރައްގީ ގެނެވޭނީ ސަރުކާރު ޕާޓީއަށް ވޯޓު ދީގެން
ކަމުގައެވެ. އެކަމަކު ހަމައެއާއެކު ރައީސުލް ޖުމްހޫރިއްޔާ ތަކުރާރު ކޮށް
ވިދާޅުވަމުން ދަނީ މިއީ ވަކި ކުލައަކަށް ބަލާ ސަރުކާރެއް ނޫންކަމަށެވެ.
ތަރައްގީ އެންމެންނަށް ހުރިހާ ރަށަކަށްވެސް ހަމަހަމައަށް ލިބޭނެ ކަމަށެވެ.
އެކަމަކު ޕޯޑިއަމްތަކަށް އަރާ ރަށް ތަމްސީލު ކުރާ މެންބަރުންގެ ވާހަކަ ތައް
ބައެއް ފަހަރު ރައީސްގެ ވާހަކަ ފުޅާ ފުށު އަރާ ގޮތަށް ވާހަކަ ދެކެވޭ ތަން
އާދެއެވެ.

ހަމަގައިމުވެސް މިއަތޮޅަށް ބަލާ ލާއިރު ތަރައްގީ ހަމައެކަނި އައިސްފައިވަނީ
އަސުރުމާ ކުރައަކަށް ނޫނެވެ. ތުޅާދޫގައި އެތައް މަޝްރޫއެއް އެއްފަހަރާ އެބަ
ހިންގައެވެ. ކެންދޫ ދާއިރާގެ މެންބަރަކީ ސަރުކާރަސް އެނމެ ގިނައިން ފާޑު ކިޔާ
މެންވބަރުކަމަށް ވާއިރުވެސް އެންމެ ފަހުން އިހަށް ދުވާހު ކެންދޫގައި
އެނިންމާލި ބޮޑު ބަނދަރު އެއީ ސަރުކާރު ވަކި ކުލައަކަށް ނުބަލާ ކަމުގެ
ހެއްކެއް ނޫން ހެއްޔެވެ. ގޮއިދޫއަކީ ހަމަގައިމުވެސް ރީދޫކުލަ އެންމެ ގިން
އެއްރަށް ކަން ވޭރުވެ ދިޔަ ރިޔާސީ އިން ތިޚާބުންވެސް ވަނީ ފެނިފައެވެ.
އަދިވެސް އެކަމަށް މާ ބޮޑު ބަދަލެއް އައިކަމެއްނޭގެ އެވެ. އެހެންނަމަވެސް
ގޮެިދޫގައި ވެސް ތަރައްގީގެ މަޝަރޫއު ތަކެއް އެބަ ހިންގަ އެވެ.

އަނެއްވާހަކަ އަކީ އިދި ކޮޅު މެންބަރުން ތިބެގެން ސަރުކާތުނރުން ހިންގާ
މަޝްރޫއު ތަކާއި ރައްޔިތުންގެ ރތަރައްގީއަށް ހުރަސް އަޅާ ވާހަކަ އެވެ. އެހެން
ކަމަށް ވާނަމަ މި އަތޮޅު މާޅޮހަކީ މިސާލެކެވެ. އެތަނުގައި އޮތީ ސަރުކާރު
މެޖޯރިޓީ އެއް ނޫނެވެ. އެކަމަު މާޅޮހަކީ ރައްޔިތުންގެ ބޭނުންތަކާ ރަށުގެ
ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގައި ހަމަ ލާމަސީލު
ރަށެކެވެ. އެކަމުގެ ތަފްސީލަށް ދާކަށް ނެތީމެވެ.

އެހެންވީމާ ނަފްސުގައި ތާހިރު ކަމެއް ހުރިނަމަ ބަލަން ޖެހެނީ ހަމައެކަނި
ޕާޓިއަކަށް ނޫނެވެ. ދަންނަވަން ބޭނުންވަނީ ޕާޓީއަކީ ދެވަނަ ކަމުގައި
ބެއްލެވުމަށެވެ. އެއަށް ވުރެ ކުރިން ގައުމާއި ރަށް އިސް ކުރަން ޖެހެއެވެ.
އެހެންކަމަށް ވާނަމަ ކޮންމެ ޕާޓީއަކަުން ކުރިމަތިލީ ކަމުގައި ވިޔަސް ނުވަތް
އަމިއްލަގޮތުން ކުރިމަތި ލީ މީހެއް ކަމުގައި ވިޔަސް ކައުންސިލަށް ހޮވަންވާނީ
ރައްޔިތެއް ގޮވައިގެން އުޅެވޭ ފަންވަރުގެ އުޅެން ދަންނަ ބަޔަކަށެވެ. އެކަން
މިނާނެ މިންގަނޑަކީ ތައުލީމާ ތަޖްރިބާ އެވެ. އެމީހެއްގެ މާޒިއާ މިހާރުގެ
ހާލަތެވެ. މިނޫންގޮތަކަށް ކައުންސިލް ހޮވައިފިނަމަ އެއީ ޕާޓީއަށް ލިބޭ ރީތި
ނަމަކަށް ވުރެ ބޮޑަށް ރަށަށް ލިބޭ ހުތުރު ނަމެކެވެ. ރަށުގެ ތަރައްގީއާ
ކުރިއެރުމުގެ ބަދަލުގައި ތިމާއަށާ ތިމާގެ މުޖްތަމައަށް އެއްވެސް ފައިދާއެއް
ނުލިބޭ އެކަމަކު ޕާޓީއަށް އަދި މުޅިން އެހެން ބަޔަކަށް ލިބޭ ޕްލަސް
ޕޮއިންޓެކެވެ. ރަށުގެ ކުރިއެރުމަށް ލިބޭ ފޫބެއްދުން ދަތި ބޮޑު ގެއްލުމެކެވެ.

އިލްމީ ބަހެއްގައި ބުނެފައި ވެއެވެ. އެންމެ ފުރަތަމަ ބައްތި ދިއްލަން ވާނީ
އަމިއްލަ ގޭގައެވެ. އެހެން މީހުންނަށް އަލިކަން ފޯރަުވައިދޭނީ އޭގެ ފަހުންނެވެ.

މިއުޅެނީ އަމިއްލަ ގޭގައި ބައްތި ދިއްލާށެވެ. އަމިއްލަ ގެ ނުވަތަ އަމިއްލަ
ރަށް އަނދިރިގައި ވާނެގޮތެއް ވާން ދޫކޮށްލާފައި އެހެން މީހުންގެ ގެ އަލި
ކުރަން ނުވަތަ އެހެން ބައެއްގެ ފައިދާ އަށް ފުރަތަމަ މަސައްކަތް ކުރުމަކީ
އަމިއްލަ ގޭގައި އަލިފާން ޖެހުމެއް ނޫން ހެއްޔެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ނަޝީތު

އިމްލާކުށް ފުދޭ ވަރަކަށް އެބަހުރި .ރަނގަޅު ކޮށްލެއްވުމުން އިތުރަށް ފުރިހަމަވާނެ.