ހިތާދޫ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ކުރިމަތި ލެއްވި ކެނޑިޑޭޓުން ދޮރުންދޮރަށް ހިނގަނީ ފޮޓޯ- ހިތާދޫ އޮންލައިން

"ތިންހަމަ" ވީތޯއެވެ....!!

ހިތާދޫ އޮންލައިން | 26 އޭޕްރީލް 2017





އާޤާނޫނު އަސާސީ ތަސްދީޤު ވެގެން އަވާއީ 2008 ވަނަ އަހަރުއެވެ. އެހާތަނަށް ދި ދެކިފައި ނުހާ ގިނަގުނަ ހައްޤުތަކެއް ދިވެހިންނަށް ކަށަވަރު ކޮށްދީފައިވެހިންވާ ޤާނޫނު އަސާސީއެކެވެ. އެތަކެއް ބާރެއް ރައްޔިތުންނަށް ލިއްބައިދީފައިވާ ، މިނިވަންކަމުގެ އިންތިހާއީ ޤާނޫނު އަސާސީއެކެވެ. އާޤާނޫނު އަސާސީން ދިވެހިންނަށް ގެނެސްދިން އެއްކަމަކީ ލާމަރުކަޒީ ނިޒާމެވެ.

ޤާނޫނު އަސާސީގެ އެއް ބާބެއް ވަނީ މިކަމަށް ޚާއްސަ ކުރެވިފައެވެ. ޤާނޫނު އަސާސީން މިގެނެސްދިން ލާމަރުކަޒީ ނިޒާމާ ގުޅިގެން ލާމަރުކަޒީ ޤާނޫނެއް ތަސްދީޤު ކުރެވި ، އެއާއި ގުޅިގެން ކައުންސިލްތައް އިންތިޚާބުވެ ރައްޔިތުންނަށް އެބައިމީހުން ރަށްރަށުގެ ވެރިން ވޯޓުން އިންތިޚާބު ކުރެވިގެން އައީ 2011 ވަނަ އަހަރުއެވެ. ރައްޔިތުންނަށް އެފޮނު މީރުކަން ލިބެގެން ދިޔައީ އެދުވަހުން ފެށިގެންނެވެ.

ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ހިނގަމަކުންނެއް ނުދެއެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުމުކެވެ. މިހެން ދިމާވާން ޖެހޭ މައިގަނޑު އެއް ސަބަބަކީ ލާމަރުކަޒު ކުރުމަށް ވުރެ މަރުކަޒީކޮށް ސަރުކާރު ހިންގުމަށް އޭރެއްގައި އޮންނަ ސަރުކާރަކުން ބޭނުން ވާތީއެވެ. ހަޤީޤަތަކީ މިކުދިކުދި ރަށްތަކަށާއި އަތޮޅުތަކަށް އާދެ! "ރާއްޖެތެރެއަށް" ހަމައިސްކޮޅަށް ދެމިލެވިއްޖެ ނަމަ ވެގެން ދާނެގޮތް އެނގޭތީއެވެ.

މިހާރު މިވަނީ އެނެއްކާވެސް ކައުންސިލްތައް އިންތިޚާބު ކުރުމުގެ ވަގުތު އައިސް ޖެހިފައެވެ. މިހާރު މީ ކައުންސިލްތައް ތިންވަނަ ދައުރަކަށް އިންތިޚާބު ކުރެވޭ އަހަރެވެ. ތިންވަނަ ދައުރަށް ކައުންސިލް އިންތަޚާބު ބޭއްވުމުގެ ތާރީޚް ތިންފަހަރަކަށް ބަދަލުކޮށް މިހާރު 6 މެއި 2017 ގައި އެނެއްކާވެސް ކައުންސިލް އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ކައުންސިލް ގެ ތާރީޚްގެ ތެރެއަށް ޖެހިލައިރު ފެންނަން އޮތީ ކޮންއެއްޗެއްތޯއެވެ؟ މިދެންނެވީ ހިތާދޫގެ ވޭތުވެ ދިޔަ ތަނުގެ ވާހަކައެވެ. ފުރަތަމަ ދެ ދައުރުގާ ރަށުކައުންސިލަށް ފަސް މެންބަރުން އިންތިޚާބު ކުރެވުނަސް މިފަހަރު އިންތިޚާބު ކުރަންޖެހެނީ ތިން މެންބަރުންނެވެ. މީ ލާމަރުކަޒީ ނިޒާމަށް ގެނަވުނު އިސްލާހަކާ ގުޅިގެން އައިސްފައިވާ ބަދަލެއްކަން ފާހަގަ ކުރަމެވެ. ކޮންމެއަކަސް ކުރިން ބަޔާން ކުރަން އުޅުން ވާހަކައަށް އެނބުރި ދާނަމެވެ.

ފުރަތަމަ ދައުރުގައި ކައުންސިލަށް ވާދަކުރީ 10 ބޭފުޅުންނެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ގެ ތިން މެންބަރުންނާއި އަމިއްލަގޮތުން ވާދަކުރެއްވި 07 މެންބަރުންނެވެ. އިންތިޚާބު ނިމިގެންދިޔައީ އަމިއްލަ ހަތަރު މެންބަރުންނާއި އެމްޑީޕީ އިން ވާދަކުރެއްވި އެއްމެންބަރެއް އިންތިޚާބު ވެގެންނެވެ. ފުރަތަމަ ކައުންސިލްގެ ދައުރު ނިމިގެން ދިޔައިރު އަމިއްލަ ގޮތުން އިންތިޚާބުވި ކެޑިޑޭޓުންވަނީ އެމްޑީޕީ އާއި ގުޅިފައެވެ.

ދެވަނަ ދައުރުގައި ދިހަ ފަރާތަކުން ކައުންސިލް އިންތިޚާބުގައި ވާދަކުރެއްވިއެވެ. މިފަހަރުވެސް ސިޔާސީ ޕާޓީއަކުން ވާދަކުރެއްވީ ހަމައެކަނި އެމްޑީޕީ އިންނެވެ. އެމްޑީޕީ އިން މިފަހަރު ފަސް ކެޑިޑޭޓުން ވާދަކުރެއްވި އިރު އަމިއްލަގޮތުންވެސް ހަމަ އެއަދަދަށް ވާދަކުރެއްވިއެވެ. ކުރީފަހަރާއި ޚީލާފަށް މިފަހަރު އެމްޑީޕީގެ ދެކެޑިޑޭޓުން އިންތިޚާބު ވީއިރު އަމިއްލަގޮތުން ކުރިމަތިލީ ތިން ކެޑިޑޭޓުން އިންތިޚާބު ވެގެން ދިޔައެވެ. މިފަހަރުގެ ދައުރު ނިމެންދާއިރު އަމިއްލަގޮތުން އިންތިޚާބުވި އެއްކެޑިޑޭޓް ، އާދެ މިދައުރުގެ ކައުންސިލްގެ ރައީސް ވަނީ ވެރިކަންކުރާ ޕާޓީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ދެން އޮތީ މިފަހަރުއެވެ. ކައުންސިލް ތިންވަނަ ދައުރަކަށް އިންތިޚާބު ކުރެވޭ ފަހަރުގެ ވާހަކައެވެ. ކުރިންވެސް ބުނެވިދިޔަ ފަދައިން މިފަހަރު ކައުންސިލަށް އިންތިޚާބު ކުރަން މިޖެހެނީ ތިން މެންބަރުންނެވެ. މިފަހަރު ކައުންސިލް އިންތިޚާބުގައި ހަފަރާތަކުން ވާދަކުރައްވައެވެ. މިފަހަރުވެސް އިންތިޚާބުގައި ސިޔާސީ ޕާޓީއަކުން ވާދަކުރާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެޕާޓީ ތިން ކެޑިޑޭޓުން ވާދަކުރައްވާއިރު ދެން ވާދަކުރައްވާ ތިން ކެޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރައްވާ ތިން ކެޑިޑޭޓުންނެވެ.

މަތީގައި އެވާ ކަންކަމަށް އަދިވެސް އެއްފަހަރު ބައްލަވާ ލައްވާށެވެ. ނުވަތަ ކައުންސިލް އިންތިޚާބު ތަކުގައި މިވީ ތިން ފަހަރު ވާދަކުރެއްވި ފަރާތްތަކަށް ނިކަން ފުންކޮށް ނަޒަރު ހިންގަވާލައްވާށެވެ. އެއްކަމަކަށް އަޅުގަނޑަށް ފާހަގަވީ ހިތާދޫ ގައި ، ކައުންސިލްގެ ދެއިންތިޚާބު ނިމިގެން ގޮސް ތިން ވަނަ އިންތިޚާބު ކުރިމަތީގައި އޮތް އިރު އެމްޑީޕީ ނޫން އެހެން ޕާޓީއަކުން މިއިން އެއްވެސް އިންތިޚާބެއްގައި ވާދަ ނުކުރައްވާކަމެވެ. ގައިމު އެހެން ޕާޓީތަކުގެ މެންބަރުންވެސް މިރަށުގައި އުޅުއްވާނެ ނޫންތޯއެވެ.

ރިޔާސީ އަދި މަޖިލިސް އިންތިޚާބު ތަކުގައި ފޯރީގައި އެހެން ޕާޓީތަކުން ވެސް ހަރަކާތްތެރިވާތަން ފެންނަމުން ދިޔައެވެ. އެހެންކަމަށްވީ އިރު ކައުންސިލް އިންތިޚާބުގައި ވާދަކޮށްލަށްވަން އެފަރާތްތަކަށް ނުކެރުން މީ ލަދުގަންނަން ޖެހޭކަމެކެވެ. ޚާއްސަކޮށް "ތިންހަމަ" ވާން ދޫކޮށްލައިގެން ހުރުން މީ ސިޔާސީ ވާދަކޮށްލުމެއް އެމްޑީޕީއާއި ވާދަކޮށްލަން ރަށު ފެންވަރުގައި އެމްޑީޕީއާއި "އިދިކޮޅޭ" މިކިޔާ ފަރާތްތަކަށް ނުކެރުނުކަން ހާމަވެގެންދާ ކަމެކެވެ. ދެން އެހެންވީއިރު ސޯސަލް މީޑިޔާގައި އެމްޑީޕީ ގެ ތާއީދެއް ހިތާދޫގަ ނެތޭ ކިޔައިގެން މި ތަލަނީ ކޮން "އަނގަޔެއް " ހެއްޔެވެ.

މިފަހަރު ދެން މިއޮތީ ވަގުތު ފާއިތުވެފައެވެ. ދެންވެސް އެކަހަލަ "ކޮސް" ނުގުވާ ދެންއަންނަ ކައުންސިލް އިންތިޚާބެއްގައި ވާދަވެރި ސިޔާސީ ޕާޓީތަކުން އެމްޑީޕީއާއި ވާދަކޮށްލަން ނުކުމެ ބަލާށެވެ. ތިޔަ ފަރާތްތަކަށް އޮތް ތާއީދު ވެސް ހާމަކޮށްލާ "ބޮޑު މަންޒަރު" އަޅެ ނިކަން ދައްކާލާށެވެ. އެކަމަކުވެސް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އާއި އިދިކޮޅު ސިޔާސީ ޕާޓީތައް ހިތާދޫގައި "ތިންހަމަ" ނުވާކަމަކަށް ދެން ނުހެދޭނެއެވެ.
ނޯޓު: މިއީ ކިޔުތުންތެރިއަކު ހިތާދު އޮންލައިން އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Naani

Nukerigen eba ulhey tha. Hithaadhoo gina Meehun beynumeh nuvey hithaadhoo tharahgee kuraakah. Ehen veema foni anga thalhan bahattaa