ލޫކަސް ޖަލީލުގެ ހުޅުވާލެވިފައިވާ ސިޓީ!

ހިތާދޫ އޮންލައިން | 10 މާރޗު 2017





ދިވެހި ސަރުކާރަށް ވެދުން ސަލާމް ދަންނަވަމެވެ.
ދިވެހިރާޢްޖެ އަކީ ދިވެހި ދެމަފިރިއެއްގެ ތަރިކަ މުދަލެއް ނޫނެވެ. އަދި ރައްޔިތުންގެ ބަހެއް ނެތި ކުޑަތާ އެ ރައްޔިތުން އިންތިހާބު ކޮށްފައިވާ އަތޮޅު ކައުންސިލުގެ ބަހެއްނެތި، ފ. އަތޮޅަށް ވާން އުޅޭގޮތް ޚުދު ފ. އަތޮޅަށްވެސް ނާންގައި ސިއްރިއްޔާތުގައި ތިޔަ ގެންނަން އުޅޭ "ތަރައްޤީ" އަކީ ވައްކަމެއް ކަމުގައި ނޫނީ ނުވާނެއެވެ.

ތަރައްޤީ ނަމުގައި މި ބޮޑު ވައްކަން ގައުމުގައި ހިންގާ އިރު ހަނު ހުރުމަށް އަޅުގަނޑުގެ ޟަމީރު ދެކޮޅު ހަދާތީވެ އެކި ބަސްބަހުން ފ. އަތޮޅު ވިއްކާލުމާއި ދެކޮޅަށް ޓުވީޓު ކުރެވިފައިވާނެއެވެ. މިކަމުގައި އަލުގަނޑުގެ ބައިވެރި އަކީ ގޫގުލް ޓްރާންސްލޭޓަރެވެ. ރަސްގެފާނަށް ފަހުމު ވާނޭހެން ޢަރަބި ބަހުންވެސް ޓުވީޓު ކުރެވިފައިވާނެއެވެ. ކުރެވުނު "ކުށަކީ" މިއީ ކަމުގައި ވެދާނެއެވެ.

ހުކުރު ދުވަހެއްގެ މެންދުރު ހުކުރުން ފައިބައިގެން ކައިގެން އައިސް މަޑިސީލަ ނަގައިގެން ދުފާލާނެ ވަގުތުވެސް ނުދީ ފުލުސް އޮފީހަށް ދާން އެންގުމުން އަޅުގަނޑު ސަރުކާރަށް ދޭން އޮތީ ކިލެގެފާނު ހަވައްޑޭ ތުއްތީދީގެ އަތުން އޭނާގެ ފަޅުރަށް ނެންގެވީމާ ތުއްތީދީ ކިލެގެފާނަށް ދެއްވި ޖަވާބެވެ.

މިއަދު ކަމަކާ ނުލާ.
ތިއަތިލޭ އެތެރޭގެ މާ.
ނިޔަތު އަބަދަށް ގެހިތުރާ.
ތިޔަކަމާ ހައިރާނުގާ
ކިޔަމެފުން މާނައެއް ނުކޮށް.
ފިޔަވައި ދީން ދޫނުކޮށް

އިޙްތިރާމަކީ އަނިޔާއާއި ގަދަބާރުން ލިބޭނެ އެއްޗެއް ނޫނެވެ.
10 މާރޗު 2017
ޝަމްޢޫނު ޖަލީލު ( ލޫކަސް ޖަލީލު)


ކިޔުންތެރިންގެ ޚިޔާލު...


ނަން :