09 ފެބުރުއަރީ 2012 ގައި އަންދާލި ބ. ހިތާދޫ "ވީވަރު" ބޯޓު ބާލަން ތައްޔާރު ވެފައި ފައިލްފޮތޯ- ހިތާދޫ އޮންލައިން

ހިތާދޫ ވީވަރު ބޯޓު- އިންސާފެއް ނުލިބި 5 އަހަރު!؟

ހިތާދޫ އޮންލައިން | 11 ފެބުރުއަރީ 2017

އެއީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހަށް އަލިވިލުނު ވަގުތެވެ. ހިތާދޫގެ ރައްޔިތުންގެ ލޮލުން ކަރުނަ އޮހޮރުވާލީ އެރޭގެ އެންމެ ގަޑިއެއްގެ ތެރޭ 3 މިލިއަން ރުފިޔާގެ "ވީވަރު" ބޯޓު ލޯކުރިމަތީގައި އަނދާ ހުޅިވެގެން ދިޔަ މަންޒަރު ފެނިފައެވެ.


ރައްޔިތު އެންމެން ކަހަލަ ގޮތަކަށް ބަނދަރަށް ވަނީ ޖަމާވެފައެވެ. އަލިފާންގަނޑު ނިއްވޭތޯ ކޮންމެވެސް ވަރަަކަށް މަސައްކަތް ކުރި ނަމަވެސް އާލާތްތައް ނެތުމުން ރައްޔިތުންނަށް ޖެހުނީ ބޯޓު އަނދާ ހުލިވަންދެން ބަލަން ހުންނާށެވެ.


ބ. ހިތާދޫ ކައުންސިލުގެ ކުރީގެ ނާއިބުރައީސްގެ މަޞްލަހަތު އޮންނަ "ވީވަރު" ބޯޓުގައި ހުޅު ޖަހާ ހުލިކޮށްލީ ބޯޓު ބާލައިގެން ޓެސްޓު ދަތުރު ކުރަން ތައްޔާރު ކޮށްފައި އޮއްވައެވެ. އިންސާފެއް ނުލިބި އިއްޔެ މިހާދިސާއަށް މިވަނީ 5 އަހަރު ފުރިފައެވެ.


ބޯޓު އަންދާލުމުގެ ކުރިން ވަނީ ބޯޓަށް ކުލަޖަހާ ފާޟިލާއި ގުޅުވައިގެން ހަޑިހުތު ބަސްތައް ލިޔެފައި. ފާޟިލު ގަބޫލު ކުރީ އެއީ ސިޔާސީގޮތުން ކުރުރިކަމެއް ކަމަށް ފައިލް ފޮޓޯ - ހިތާދޫ އޮންލަިއން


އެންމެ ފުރަތަމަ ބޯޓު ރޯވެފައިހުރިތަން ފެނުނީ ހިތާދޫ ކައުންސިލު އިދާރާގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ބ. ހިތާދޫ ސޯސަންގެ ހާރޫނު އަބޫބަކުރަށެވެ. ހާރޫނު ބުނީ އެނާއަށް ބަނދަރުގެ އިރުމަތީ ކޮޅުން ( ބޯޓު އަޅާފައިވާ ދިމާ) އަލިފާން ފެނުނު ކަމަށެވެ. އޭރު އަލިފާންގަނޑު ވަރަށް ކުޑަކަމަށާއި ބަޔަކު މަސްފިހަނީ ކަމަށް ހީވިކަމަށް ހާރުނު ބުންޏެވެ.


"އަހަރެން ހީކުރީ ބަޔަކު މަސް ފިހަނީކަމަށް. ހުޅުގަނޑު ތަންކޮޅެއް ބޮޑުވާހެން ހީވެ ޝައްކުވީމާ ގުޅީ ޢަބްދުއްﷲ (ހާރޫނުގެ ދަރި އަދި ކައުންސިލު މެންބަރ) އަށް"


ހާރޫނު ބުނި ގޮތުގައި ޢަބްދުއްﷲ އަށް ގުޅިތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ބޮޑުވެ މުޅި ބޯޓުގައި އަލިފާން ރޯވީ ކުއްލިއަކަށެވެ.


ފުލުހުންގެ ތަޙްގީގު


ބޯޓު ރޯކޮށްލި ހާދިސާ ހިނގިތާ މާގިނަ އިރު ތަކެއް ނުވަނީސް ހިތާދޫ ކައުންސިލުން ވަނީ ފުލުހުއްނާއި ސިފައިންގެ އެހީ ތެރިކަމަށް އެދިފައެވެ. ނަަމަވެސް އެމީޙުންގެ އެހީތެރިކަން ލިބިފައިވަނީ ދެފަހަރެއްގެ މަތިން ގުޅުމުންވެސް ދެގަޑިއިރުވީ ފަހުންނެވެ.


ހިތާދޫ ކަައުންސިލުގެ ރައީސް ޔޫސުފު ގާސިމް ވިދާޅުވީ އެރޭ ފުލުހުންނަށް އާދަެވުނި އެތައް ފަަހަރެއްގެ މަތިން ގުޅިފަހުންކަމަށާއި ބޯޓުގެ %90 އަނދާ ހުލިވި ފަހުންކަމަށެވެ. އަދި 20 މިނެޓުން އާދެވޭ ތަނަކަށް 2 ގަޑިއިރުން އައި އައުމަކީ ފުލުހުންގެ އަތެއް މިކަމުގައި ވާނެ ކަމެއްކަމަށް ބެލެވޭ ކަމެއްކަމަށް ޔޫސުފު ގާސިމު ތުހުމަތު ކުރެއްވިއެވެ.


"އެހާ ގިނައިރުން މި ހިސާބަ އެމީހުން ނަށް މި އާދެވުނީ 20 މިނެޓުން އާދެވޭތާކަ ދެތިން ގަޑި އިރުން އާދެވުނީމަ ސުވާލުތަކެން އުފެދޭނެ ނޫންތޯ!"


ބޯޓުގެ ވެރިފަރާތެއްކަމަށްވާ މުހައްމަދު ފާޟިލް ބުނީ އެރޭގެ ހާދިސާ ތަޙްގީގް ކުރަން އައި ފުލުހުން މާގިނަ އިރު ތަކެއް ނުވެ ހިތާދޫއިން ފުރައިގެން ދިޔަކަމަށާއި ފުލުހުން އެވެސް ވަރަކަށް އެކަން ކުރިބައެއް ހޯދޭތޯ މަސައްކަތެ ކުރިތަނެ ނުފެނުނުކަމަށެވެ. އަދި ފޮރެންސިކު އެއްވެސް ހެއްކެއް ނުހޯދާކަމަށްވެސް އޭނާ ބުންޏެވެ.


"ބޯޓު ރޯކޮށްލި ބަޔަކު ހޯދަން މަސައްކަށް ނުކުރާކަން އެގޭ އެންެމެ ބޮޑު ހެއްކަކީ ހާދިސާ ހިގި ތަނާ މާާދުރުނޫން ހިސާބެއް ގައި މަގުމަތީ ޖަހާފައި ހުރި މަގު ބައްތިތައް ވައްޓާލައިފައި އޮތްކަން ފުލުހުންނަށް ނޭގުނުކަން. އެކަން ވެސް ފުލުހުނަން އެނގުނީ ހެދުނު އަނެއްކާވެސް ހިތާދޫ ކައުންސިލުން އެމީހުންނަށް އެންގީމަ. މީ މިމީހުން ގެ ތަޙްގީގު ފެންވަރަކީ" މުޙައްމަދު ފާޟިލު ބުންޏެވެ.


މުހައްމަދު ފާޟިލް ބުނީ ފުލުހުންގެ ތަހުގީގު އޭނާ އެއްގޮތަކަސް ގަބޫލު ގަބޫލު ނުކުރާ ކަމަށެވެ. ހޮޅިދަނޑިތައް ވައްޓާލި ހާދިޘާއާއި ބޯޓު ރޯކޮށްލި ހާދިޡާއާއި ގުޅުމެއް ވާކަމަށާ ފުލުހުން ގަބޫލު ނުކުރާ ކަަމަށް ބުނެފައިވާ ކަމަށާއި އިންސޫރެންސް އަށް ބޭނުންވާ ޕޮލިސްރިޕޯޓައް އެދުމުން ފުލުހުން ކުރާ ތަޙްގީގް ނިންމާލިކަމަށް އޭނާ ބުންޏެވެ.


" އަޅުގަނޑުމެން އެދުނީ އިންސޫރެންސް އަށް ބޭނުންވާ ރިޕޯޓެއް ދިނުމަށް އަދި މީހަކަ ބުނެގެން ފުލުހުން ކުރާ ތަހުގީގު ނިންމަލާކަށް ނުޖެހޭނެ މައްސަލަ ނިންމާ ލިބުނު ފޮލިސްރިޕޯޓުގައި ބުނެފައިވަނީ އެކަކު ދެނަހުރި ކަމެއްވެސް ނޫންކަމަށާއި އެނެކަކު ހަނު ހުރީ ކަމަށް" ފާޟިލު ބުންޏެވެ.


ބޯޓު އަންދާލި ރޭ އެސަރަހައްދުން ވައްޓާލާފައިވާ ހޮލީ ދަނޑިއެއް ފައިލް ފޮޓޯ - ހިތާދޫ އޮންލަިއންބޭޑީއާއި ސެއްޅި ފުލުހުންގެ ތަޙްގީގަޑް ގެންދިޔުން...


ބޯޓު ރޯކޮށްލިކަމުގެ ތުހުމަތުގައި މުޙައްމަދު ޔޫސުފު/ ޕެންޒީ ބ. ހިތާދޫ ( ބޭޑީ) އާއި ބ. ހިތާދޫ ޖަވާހިރުވާދީ ޢަބްދުއްﷲ މުހައްމަދު (ސެއްޅި) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހްގީގު ކޮށްފައެވެ. އަދި މިމައްސަލަ ވަނީ މޯލްޑިވްސް ފޮލިސް ސާވީސް އިން މިދެމީހުންނަށް ދައްވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ.ޕީޖީ އޮފިޙުން ބުނީ އެމައްސަލައިގާ ދައުވާ ކުރާވަރަށް ހެކި ލިބިފައިނުވާތީ އަލުން ތަޙްގީގު ކުރުމަށް އަނބުރާ ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. މިމައްސަލައިގާ ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.


ފާޟީލު ބުނީ ބ. ހިތާދޫ ޕެންޒީ މުޙައްމަދު ޔޫސުފު އޭނާގެ ގާތުގައި ބޯޓު ރޯކޮށްކަމަް އެއްބަސް ވެފައިވާ ކަމަށާއި އެމައްސަލަ ހިތާދޫ ކައުންސިލު މެދުވެރިކޮށް ފުލުހުންނަށް ހުށައެޅި ކަމަށެވެ. މުޙައްމަދު ޔޫސު ދެއްކި ވާހަކައިގެ އޯޑިއޯ ކްލިޕަކާއި އެކު ދެ މީހަކު ހެކިންގެ ގޮތުގައި ހުށައެޅި ކަމަށެވެ.


ހުށައެޅި އޯޑިއޯ ކްލިޕްގައި ދައްކާ ވަާހަކަ މައްސަލަ ތަހުގީގު ކުރަން އައި ފުލުހުންނަށް އެގުނުއިރު މާލޭގައި ތިއްބެވި ފުލުހުންނަށް އޭގައި ބުނާއެއްޗެއް ނޭގުނީތީ ކަނބޮޑުވާ ކަަމަށާއި މައްސަލި ނިންމާ ފޮނުވި ރިޕޯޓުގައި އެކަކު ހަނުހުރީ ކަމަށާއި އެނެކަކު ދެނަހުރި ކަމެއްނޫންަމަށް ބުނެފައި އޮތްކަމަށް ފާޟިލު ބުންޏެވެ.ބޯޓު ރޯކޮށްލިގޮތް ބޭޑީ ކިޔައިދިނުން..


ބޯޓު ރޯކޮށްލިގޮތް ބ. ހިތާދާ ޕެންޒީ މުޙައްމަދު ޔޫސުފު (ބޭޑީ) ވަނީ ފާޟިލަށް ކިޔައިދީފައެވެ. ފާޟިލު ވަނީ ހިތާދޫ އޮންލައިން އާއި އެވާހަކަތައް ހިއްޟާކޮށްފައެވެ.


ބޭޑި ބުނި ގޮތުގައި އޭނާ އެރޭ ގޭގައި އޮއްވާ ސެއްޅި ( ޢަބްދުއްﷲ މުޙައްމަދު / ޖަވާހިރުވާދީ ބ.ހިތާދޫ) އައިސް ބުނީ ޕެޓްރޯލް ވަގަށްނަގަން ދާން އަންނާށޭ ބުނި ކަމަށެވެ. އޭނާ ބުނީ އޭނާ ދިޔައީ ދެފަހަރަކު ގުޅިފަހުންކަމަށެވެ.


"ޕެޓްރޯލު ނެތީމާ އަހަރެން ބުނިން ކޯކް ކޭހެއް ވަގަން ނަގަމަހޭ. ސެއްޅި ބުނީ ކޯކު ކޭހެއް ވަގަށްގެނީމާ ޔޫނުސައް އެނގޭނެޔޭ. ދެން ދެމިހުން ދިޔައީ ދިގުމަގަށް. ދިގުމަގުގައި ހުރެ ގިނގިރެޓެއް ބޯލުމަށް ފަހު ސެއްޅި ބުނީ ހިނގާށޭ މާދިހު ގައިގާ ތަޅައިގަންނަން. އެއީ މާދިހު ސެއްޅި ބައްޕަ ސިހުރު ހަދާވަހަކަ ދައްކާތީއޭ. އަހަރެން ބުނީ އަހަރެމެން ދެމީހުންނަކަށް މާދިހު ގައިގާ ތަޅައިގެންފައި ސަލާމަތަކުން ނާދެވޭނެޔޭ މާދިހު މާ ވަރުގަދަ ވާނެޔޭ.


އަނެއްކާވެސް ސިނގިރެޓެއް ބޯލާފައި ސެއްޅި ބުނީ ހިނގާށޭ ހޮޅިދަނޑިތައް ވައްޓާލަން ވަރަށް މަޖާ ވާނެއޭ. ދެމިހުން ގޮސް ހޮޅިދަނޑިތައް ތަޅުވާ ވައްޓާލީ (ވައްޓާލީ މީނާޒު ގޯތި ކައިރީގައި ހުރި ހޮޅިދަނޑިއާއި ސްމާޓު ގެކައިރީ ހުރި ހޮޅިދަނޑިއާއި ފަޒާ ކައިރީ ހުރި ހޮޅިދަނޑި) ދެން ދެމީހުން ގޮސް ތަޅުވައިގެން ވައްޓާލީ އެ ހޮޅިދަނޑިތައް. ހޮޅި ދަނޑިތައް ވައްޓާލުމަށްފަހު ދިޔައީ އަނެއްކާވެސް ދިގުމަގަށް. އެތާ ހުރެފައި ސިގިރެޓެއް ބޯލުމަށް ފަހު ސެއްޅި ބުނީ ވަރަށް ވަޔެއް ނޫންހޭ ހިނގާށ ކޮންމެވެސް ކަމެއް ކޮށްލަން.


އަހަރެން ބުނިން ކޮންކަމެއްހޭ ކުރާނީ. ސެއްޅި ބުނީ ހިނގާށޭ ފާސިލުމެން ބޯޓު ރޯކޮށްލަން. އަހަރެން ބުނީ ނުދާނަމޭ ކީއްކުރަންހޭ ދާންވީ. ސެއްޅި ބުނީ ކަލޭގެ ބޮލުގައެއް ނޫންހޭ އެޅުވީ ބޯޓަށް ކުލަޖެހި ކަންތައް އެހިސާބުން މަވެސް ރުޅި އައީ ދެން ބޯޓު ރޯކޮށްލަން ދާން އެއްބަސްވީ. ބޯޓު ދޮށަށް ގޮސް ބޯޓަށް އެރޭގޮތް ނުވުމުން އެތާ އޮތް ފިލައެއް ބޭނުން ކޮށްގެން ބޯޓަށް އެރީ. ބޯޓަށް އަރާފައި ބޯޓުގައި ހުރި 4 ހަން ޑީސަލް އިންޒީނުގެ ތަރެއަށް އޮއްސަލީ އަދި އެތާހުރި ބައިހަން ޕެޓްރޯލުވެސް އޮއްސާލިން. ރޯކޮށްލަން ބެލި އިރު ލައިޓަރު ނެތުމުން ބޯޓުން ފައިބައިގެން ދިޔައީ ދިގުމަގަށް ލައިޓަރު ހިފައިގެން އައިއިރު އިލާކޮޅެއްވެސް ގެނައިން. މޯޓަރުގެ ޓޭންކަށް އިލާކޮޅު ކޮށްޕާލާއިފައި އިލާކޮޅުގައި ރޯކޮށްފައި ވައްޓާލީ އެހެންވެ ސެއްޅި އަތުގައި އަލިފާން ރޯވީ. ރޯކޮށްލާފައި ބޯޓުން ފައިބައިގެން ދަމުން ގަސްތަކާ ހަމަވެފައި ބަލާލިން އޭރު އަލިފާންގަނޑު ހުޅުފަޅައިގެނެއް ނުދޭ. ދެން އަހަރެމެން ފިލީ." ބޭޑީ ފާޟިލަށް ކިޔައިދިނެވެ.އަޑީގައި ގިނަ ބަޔަކު ހުންނާނެ ކަމަށް ކުރެވޭ ތުހުމަތުތައް


މުޙައްމަދު ޔޫސުފު/ ޕެންޒީ ބ. ހިތާދޫ ( ބޭޑީ) ބޯޓް ރޯކޮށް ލި ކަމަން އެބަސް ވި "އޯޑިއޯ ކުލިޕް" ("..ވަރަށް ވަޔެއް ނޫންހޭ ހިނގާށ ކޮންމެވެސް ކަމެއް ކޮށްލަން. އަހަރެން ބުނިން ކޮންކަމެއްހޭ ކުރާނީ. ސެއްޅި ބުނީ ހިނގާށޭ ފާސިލުމެން ބޯޓު ރޯކޮށްލަން..") ގައި ބުނި ގޮތުން ނާ އޭގެ ކުރިން ނާ އި ފަހުން ފެނުނު މަންޒަރު ތަކުން އިތުރު ބަޔަކު އަޑީ ގައި ހުރި ކަމަށް ތުހުމަތު ތަކެއް ކުރެވެވެ.


ފާޟިލްވެސް ގަބޫލު ކުރާގޮތުގައި މިއީ ހަމަ އެކަނި ބޭޑީއާއި ސެއްޅި ކުރިކަމެއް ނޫނެވެ. އޭނާ ގަބޫލު ކުރަނީ މީކަން އެނގޭނެ ވިއްސަކަށް މީހުން އުޅޭނެއެވެ. އޭގެތެރެއިން އެންމެންނަކީ މިކަމުގައި ބައިވެރިވާ މީހުން ނޫންކަމަށް ފާޟިލު ގަބޫލު ކުރެއެވެ. (ނޯޓް: ތުހުމަތު ކުރެވޭ ފަރާތް ތަކުގެ ނަން އުނި ކުރެވިފައި، ހިތާދޫ އޮންލައިނަން ސާބިތު ކުރެވޭ ވަރަން ހެކި ނުލިބުމުގެ ސަބަބުން ނާއި އަބުރު ގެ ގާނޫނާ ހެދި.)


1. އެދުވަސްކޮޅު ކެފޭއަކުން (..........) އިން 18 އަހަރު ނުފުރޭ ކުއްޖަކަށް (ބޭޑީ) އަށް ސިގިރެޓު ދޭކަމާއި އޭނާ އެތަނަށް ގޮސް ކާއެއްސެހި ގެނެއުމަށް އަމުރު ކުރާކަމަށް ގިނަބަޔަކަ ފާހަގަވުން.


2 ބަޔަކާ ވަހަކަ ދައްކަން ހުއްޓަސް ބޭޑީ އައިސްފިނަމަ ކެފޭގެ ވެރިޔާ ........ ބޭޑިކައިރިއަށް ދާކަން.


3 ތިން ހޮޓާ ހުންނައިރު އެއްހޮޓޯ (........) ގައި އެރެއަށް ފަހު ރޭގަނޑު ބަންދު ކުރުމަށް ފަހު ވޮޗަރުން ބަހައްޓާކަން


4. ..... ގްރޫޕުގެ .....ގޭގައި މަސައްކަތްކުރާ އިސް މީހެއްކަމަށްވާ ....... ފާޟިލުމެންނާ ދިމާލަށް ބުނި " ކަލޭމެންގެ ބޯޓުގައި ކުރި މަސައްކަތަށް ފައިސާ ބޭނުމެއް ނޫނޭ. ކަލޭމެން ބަލާށޭ ބޯޓު ދުއްވޭތޯ"


5 ބ. ހިތާދޫ ކައުންސިލުގެ މިހާރުގެ ނާއިބުރައީސް ބ. ހިތާދޫ އައްސޭރި ސުލައިމާން އިސްހާގަށް އަޑު އިވޭހެން(ބޯޓް ރޯކޮށް ލި ދުވަހު ނޫން އޭގެ ކުރީދުވަހު(8/2/2012) ބުނެފައިވަނީ "މިރޭ ކަލޭމެން ހީނުކުރާ ވަރުގެ ބޮޑު ކަމެއް ހިނގާނޭ"


6. ބޯޓް އަންދާލުމުގެ ހަފުތާ އެއްހާކުރިން ސިޔާސީ ހިޔާލު ތަފާތު ވުމެން ތެރޭގައި އޭރުގެ ނައިބު ރައީސް ފާޞިލް އާ ދިމާލައް ......... ....... ބ.ހިތާދޫ ކަލޭ ކަރުތެރޭގައި ހިތިރަހަ ލައްވާލާނަމޭ ބުނި.


ބ. ހިތާދޫ ބަނދަރުގައި އަޅާފައި އޮތް ވީވަރު ބޯޓު އަނަދަނީ މިބޯޓު އަންދާލާފައިވަނީ 09 ފެބުރުއަރީ 2012ގައި ވީޑިއޯ ހިތާދޫ އޮންލައިންޢާއިލާއަށް ލިބުނު ނަފްސާނީ ގެއްލުން


އެދުވަހުގެ ހަދިޘާއަށް ފަހު މުޅި އާއިލާއަށް ލިބުނު ގެއްލުމުން އަދިވެސް އަރައި ނުގަނެވޭކަމަށާއި އެހިތިރަހަ ރަނގަޅަށް ކަރުތެރޭގައި ލާފައި ހުރިކަމަށާއި ރަށުން ބޭރަށް ދިރިއުޅުން ބަދަލު ކުރަންޖެހުނީވެސް އެހަނދާންތަކާއި ދުރަށް ދިޔުމަށްކަމަށް ފާޟިލު ބުންޏެވެ. އޭރު ހިތާދޫ ކައުންސިލުގެ ނާއިބަ ރައީސްގެ މަގާމު ފުރައްވަމުން ގެންދެވި ފާޟިލު ބުނީ ކައުންސިލުގައާއި ކައުންސިލުން ބޭރުގަވެސް ކުރަންޖެހޭ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ކަމަށާއި މަސައްކަތް މަތިން ވަނީ ފޫހިވެފައިކަމަށެވެ. އޭގެ ފަހުން ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާއި ދިމާވި ކަމަށާއި ލޯނު އޮތުމުން ފައިސާގެ ދަތިކަމާއި ދިމާވެ ކުދިން ބޭނުންވާ އެތަކެއް އެއްޗަކުން ކުދިން މަޙްރޫމު ކުރަންޖެހުނުކަމަށާއި އެދުވަސްވަރު އުޅުނީ ވަރަށް ނިކަމެތި ހާލެއްގައެވެ. ދަރިންނަށްވެސް ވަނީ ބޮޑު ގެއްލުމެއްވެފައި ކަމަށާއި އޭގެ ފަހުން ދޮށީ ދަރީގެ ކިޔެވުން އިހުނަށްވުރެ ދަށްވެފައިވާ ކަމަށާއި އަދިވެސް އެވާހަކަތައް ދައްކައެވެ. "އެރޭ ކުޑަމީހާ ބުނީ ކޮއްކޮ ދާނީ ޖެޓީގައި ހުރި ހުރިހާ ދޯންޏެއް ރޯކޮށްލަންށޭ. ބޮޑު މީހާ މިއަދުވެސް އެޝަކުވާތައް ކުރޭ. ހުދު އަހަރެންނަށް މިއަދުވެސް އެ ސަރަހައްދަށް ދާން އުނދަގޫވޭ" ދެކުދިންނާއި އަންބަކާއި އެކު ދިރިއުޅޭ މުޙައްމަދު ފާޟިލު ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :