ހިތާދޫ ބަޔަކު ހުދުފޮށާގައި

ހިތާދޫ މީހުނަށް "ހުދުފޮށާ" ކިޔުނީ މިހެންވެ!؟

ޢަހްސަން އަހްމަދު | 21 ޖަނަވަރީ 2017





ރާއްޖޭގެ ރަށްރަށަށް ނިސްބަތްކޮއް ވަނަން ކިޔުމަކީ އާންމު ކަމެކެވެ. އެންމެ އިހުޒަމާނުއްސުރެ މިފަދަ ގޮތަކަށް ނަންދެވިފައި ވާއިރު، މިނަން ގުޅިފައިވަނީ ރަށުގައި ހިގާފައިވާ ކޮންމެ ވެސް ހާދިސާއަކާއެވެ.

މިފަދަ ހާދިސާތައް ތުންތުންމަތިން ކިޔަމުން އައިސް ބައެއް ހާދިސާތަކަށް އުނިއިތުރު އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން ހިތާދޫ މީހުންނާ ނިސްބަތްކޮށް "ހުދުފޮށާ" ކިޔުނު ހާދިސާ ގައި އެވެސް އުނި އިތުރެން ނެން ކަމަށް ހިތާދޫގެ ދުވަސްވީ މީހުންވެސް ގަބޫލުކުރެއެވެ. ހާދިސާ ހިގި ތާރީހެއް ބުނަން ނޭގުނަސް އެއީ ހިގި ކަމެން ކަމަށް ހިތާދޫ މީހުން ބުނެއެވެ.

އެއީ މީގެ އެތަކެއް އަހަރު ކުރިއެވެ. އިހު މުސްކުޅިންގެ ބުނާގޮތުން މިވާހަކަ ފެށުނީ މިހިސާބުންނެވެ. އެދުވަހު ހަވީރުގެ ވަގުތެއްގައިި ހިތާދޫއާއި ވަރަށް ކައިރިން ބޮޑު މަނަވަރެއް ފެނުނެވެ. އެއްބަޔަކު ބުނާ ގޮތުން އެއީ ހަނގުރާމަ މަތީ މަނަވަރެކެވެ. މިކަމާ ރައްޔިތުން ކަންބޮޑުވެ ބިރުގަތެވެ. ދެން އެވާހަކަ އޭރު ހުރި އިސް ވެރިޔާއަށް އެންގިއެވެ. އަދި އެވަގުތު ސަންގު ފުމެ ހަވަރު އެއްކުރިއެވެ.


(އޭރު ހިތާދޫ މީހުން ބޭނުން މަނަވަރަށް އޮޅުވާލަން ތައްޔާރު ކުރި ބަޑި ދައްކުވައިދޭ ޚިޔާލީ ފޮޓޯއެއް)

ހިތާދޫ އާ ތޮޅެން ފަރަންޖީން އައިސް ރަށު ބޭރުގާ އޮށް ވާހަކަ ރައްޔިތުންގެ ގާތުގައި ބުނުނުމުން ރައްޔިތުންގެ މެދުގައި ކަން ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަން ފެށިއެވެ. އެހިސާބުން އެކިމީހުންގެ ހިޔާލު ބަދަލު ކުރަން ފެށިއެވެ. ހަނގުރާމަ ކޮށްފިއްޔާ އަހަރެމެން ބަލިވާނޭ ކިޔައި އެއްބަޔަކު ބުނި ކަމަށްވަނީ ރަށުން ފައިބާގެން ދިޔުމަށެވެ. ނަަމަވެސް އެންމެފަހުން ކުރާނެ ކެމެއް ނިމުނީ މުދިންބޭގެ ޚިޔާލަށެވެ.

" މިހާރު އެޔޮށް އިރު އޮތް ސުނި ހިޔެނުވެޔޭ މިރޭ ހަގުރާމަ ފަށާފާނެހެނެއް އެއިން މޮޅު ގޮތެއް އެމީހުން ބަލި ކޮށްލަން... ކޮންމެ ކުއްޖަކުވެސް މިރޭ ފަތިސް ނަމާދަށް އަންނާނީ ހުދުފޮށަޔަކާ ދެލި ނާޑެއް ހިފާގެން.." މުދިންބޭގެ މޮޅު ޚިޔާލު ދިނެވެ.

ކޮންމެ އަކަސް މުދިންބެ ބުނި ގޮތަށް ހަދަން އެބަސްވެ އެރޭ ފަތިސް ނަމާދަށް ރައްޔިތު ފިރިހެނުން ދިޔައީ މުދިންބޭ ބުނިފަދައިންނެވެ. ނަމާދުން އަވަދިވެ، މުދިންބޭގެ އިރުވަރުގައި ރައްޔިތުން މިސްރާބު ޖެހީ އަތިރިމައްޗަށެވެ.

ދެން އަތިރިމަތީ ހެޅިފަށުގައި ރަށްވަށައިގެން މީހުން އަތުރާލިއެވެ. އެމީހުން ގުދަށް ބާއްވައި މުޅިގައިގާ ހުދުފޮށާ އަލާލިއެވެ. އެއަށްފަހު ބޮލާދިމާލުގައި ބޮޑު ބަޑިއެއް ސިފަވާނެހެން ދެލިން ބޮޅެއް ކުރެހިއެވެ. އޭރުށް ދުރަށް ފެން ނާނީ ރަށް ވަށާގެއް ބަޑި ބަހައްޓާފައި ހުންނަ ގޮތަށެވެ. މުދިންބޭގެ ޚިޔާލަށް މިގޮތަށް ކަންތައް ކުރުމުން އެދުވަހު އެދުވަހު އިރު އެރިތަނުން މަނަވަރު ފުރާގެއް ހިގައްޖެއެވެ.

އެދުަވަހު ހިތާދޫ ރައްޔިތުން ޤަބޫލު ކުރީ މަނަވަރު ފުރައިގެން ދިޔައީ ރާއްޖޭގެ އާދާގެ ރަށެއް ގެ ވަށާގެން ބަޑި ބަހައްޓާފައި ހުރުމުން ސަލާމަތީ ކަންކަން ރާއްޖޭގައި ކުރިއަރާފައި ހުރި ވަރުފެނި އެމީހުއްނަށް ރާއްޖެއާއި ހަނގުރާމަ ނުކުރެވޭނެތީއެވެ. އަދި އެދުފަހަށް ފަހު ފަރަންޖީން ރާއްޖެއާއި ތޮޅެން ނާންނަކަމަށް ބުނެއުޅެއެވެ.

ބުނެވޭ ގޮތުގައި ހިތާދޫ މީހުންނަށް ހުދުފޮށާ ޚާއްސަ އެއްޗަކަށް ވީ އެހާދިސާގެ ފަހުންނެވެ. އޭގެފަހުން ހިތާދޫ ކޮންމެ މީހަކީ ހުދުފޮށަޔަށް އާދަޔާ ހިލާފަށް ލޯތްބެކާ ގަދަރެއްދީފައިވާމީހެެކެވެ. ކޮންމެ ގެއެއް ގައިވެސް ހުދުފޮށާ އޮންނަ ކަމަށްވެސް ވެއެވެ.

ހިތާދޫ މީހުންނަށް ހުދުފޮށާ ނަން ހަރުވުމާ ގުޅޭގޮތުން ދެކެވޭ އަނެއް ވާހަކަ އަކީ އޭރު މާލެ ގޮސް ހިތާދޫ މީހުން ހުކުރަށް ދާނީ ހުދުފޮށާ އަދެގެއް އަދި އަނެއް ފޮށާ ބޮލުގާ އަޅާގެން ސަފަކަށް ހިނގާފައެވެ. ނައިބުގޭ ދޮންބެ އިސްކޮށް ބަހައްޓައިގެނެވެ.

މިނަން ހިތާދޫ މީހުންނަށް ހަރުވީ އެދުވަސްވަރު މާލޭގެ ގަދަރުވެރި ކޮންމެވެސް މީހަކު " ރަދުން ބެރުދުންމާރި ތާޅަފިލީގައި ހިނގާފައި ދާތަނަށްވުރެ ހިތާދޫ މީހުން ހުދުފޮށާ ލައިގެން ހުކުރަށްދާ މަންޒަރު އަހަރެން ބަލާހިތްވޭ" ބުނި ހިސާބުންނެވެ. އެހިސާބުން ހިތާދޫ މީހުން ނާ ދިމާލައް ހުދު ފޮށަޔޭ ގޮވަން ފެށިއެވެ.

އެރު ހިތާދޫ ކޮންމެ ގެއެން ގާވެސް 3 ފޮށާ އޮންނަ ކަމަށް ދުވަސްވީ މީހުން ބުނެއެވެ. އަދި މިހާރުވެސް ބައެއް ގޭގައި ހުދުފޮށާ ގެންގުޅޭކަން ފާހަކަ ކޮއްލެވެއެވެ. ނަމަވެސް މިތަކެތި މިހާރު ބޭނުން ކޮށް އުޅެނީ ތަފާތު އެކިއެކި ޘަޤާފީ ކަންކަމާ ގުޅުވައިގެން ހިންގާ ހަރަކާތް ތަކުގައެވެ.

ހިތާދޫ މީހުން މިހާރު ހުދުފޮށާ އަޅާ ނޫޅުނު ނަމަވެސް މިއަދުގެ ޒުވަނުން ދެކަނީ އެއީ ހިތާދޫ ރައްޔިތުންގެ ޤަދީމީ ޔުނީކް ފަޚުރެއްކަމަށެވެ. އަދި "ހުދުފޮށާ" ގެ މިނަން ހިތާދޫ އަކުން ފޮހިވެގެންނުދެއެވެ. މިހާރުވެސް ކުޅިވަރު މައިދާނުގައި ހުދުފޮށާ ކިޔާ ޓީމެން ޒުވާންކުދިން ކޮޅެއް ހަދާގެންއުޅެއެވެ. މީގެ އިތުރުންވެސް "ހުދުފޮށާ" ކިޔާ ގޯޗެއް ހުރެއެވެ.

ކޮންމެ އަކަސް ހިތާދޫ އޮންލައިން ގެ އެޑިޓަރ ގެ ގެއަށް ހުދުފޮށާ ކިޔުމީ ހިތާދޫ އޮންލައިން ޓީމް އެކަމާ ފަހުރުވެރިވާ އިއްތިފާގެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


kaunselaru

ކަކަކަކާ! ދެން މޮޔަވެ. ހިތާދޫ އަކީ މަ ކުރިން ވަރަށް ގަދަރުކުރިބައެއް އުޅޭ ރަށެއް. މިހާރު އެކަން ބީވެއްޖެ. އަދިވެސް ވީކަންތައް ނުވާކަމެއްކަމަށް ހަދަން އުޅުނަސް ތިޔައޮތީ ބޮނޑި ބޮއެފަ. ބިގަރު ނިއްވަން ތެތްގޯނި އެޅީ ކޮންބައެއް. އެންމެ ފުރަތަމަ ލިޔުނު ލިޔުން އިސްލާހުކޮށްބަލަ ދިވެހިބަހަށް. އޭގެފަހުން އެހެންކަންކަމާއުޅޭނީ .މޮޔަ!

ނަޒީހު

އާދޭސްކޮށްފާ ބުނަން ހުދުފޮށާ ދިރުވަން އުޅޭ!!! މިއީ މިޒަމާނުގެ ޒުވާނުންނަށް ގޮވާލާ ގޮވާލުމެއް.... މިގޮވާލުމަށް އިޖާބަދީ!!!!! އާދޭސް ކުރަން ފާޅުގައި