ބަޔަކު މީހުން ސޯލާރ ޕެނަލް ހަރުކުރަނީ

ނޭގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް!؟

ހިތާދޫ އޮންލައިން | 10 ޖަނަވަރީ 2017

"ނެނގުނޭ ތިޔަވިދާޅުވީ ބަހުގެ މާނަައެއް" މިއީ ކުރީގައި ލަވަޔަކުން މަޝްހޫރުވި ބަހެކެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ މަރުހޫމު ނައިފަރު ދޮހޮއްގެ ލަވައެއްގެ ތަންކޮޅެކެވެ. ދިވެހިނެގެ ކަންފަތުގައި މިބަހުގެ އަޑު ޖެހުމުން އަބަދުވެސް އާވަނީ ނަފައިފަރު ދޮހޮއްކޮގެ ހަނދާންތަކެވެ. ނަމަވެސް މިއަދު މިބަސް މީ ދިވެހިން ބޮޑު ޖޯކުގެ ގޮތުގައި ބޭނުން ކުރާބަހެކެވެ.

ދަންނަވަން މިއުޅުނީ މިއަދުގެ ސަރުކާރުން ވިދާޅުވާ ބަހެއްގެ މާނަ ނޭނގުނު ވާހަކައެވެ. މައްދިވެހި ބަހުން ބުނިނަމަވެސް ބުނާބަހުގެ މާނަ އެނގޭ ހަަމަ އެކަކުވެސް އުޅޭނެބައޭ އަޅުގަނޑު ހިތައްއަރައެވެ.

މީގެ ކުރިން އެކިއެކު ފޯރަމްތަކުގައި ސަރުކާރުން އަޑު ހަރުކޮށް ގޮވަމުން ަދިޔައީ ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުން ކުރުން މަދުކުރުމަށާއި ވިހަގޭސްތައް ޖައްވަށް ބޭރު ކުރެވޭވަރު މަދުކޮށް 2020 ގައި ދިވެހިރާޢްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހަދާ ވާހަކައެވެ. ތެޔޮ އަންދައިގެން ހަކަތަ އުފެއްދުމުގެ ބަދަލުގައި އަވިންނާއި ވައިން ހަކަތަ އުފައްދާ ވާހަކައެވެ. އެހެން ނަމަވެސް މިއަދު ސަރުކާޜުން އެވިދާޅުވާ އެއްޗެއް ނުވިސްނުނެވެ. އެވިދާޅުވި ބަހުގެ މާނައެއް ނޭނގުނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުތައް ކުރަމުން އަންނަ އެއް ގައުމަށް ދިވެހި ރާއްޖެ ވެފައިވާއިރު ދިވެހިން ދިޔައީ ސަރުކާރުން ގޮވާލި ގޮވާލެއްވުމަށް އިޖާބަދެމުންނެވެ. އެމީހަކަށް ވެވުނު މިންވަރަކުން އިޔާދަކުރަނިވި ހަކަތަ އުފައްދަމުންނެވެ. މިއަދު ވިޔަފާރިވެރިންނާއި ރައްޔިތުންގެ މަސައްކަތުން މިވަނީ އަވިން ހަކަތަ އުފެއްދުން ވައިގާ ހިފާފައެވެ. މިހިސާބަށް ދިޔުމުން ސަރުކާރުގެ ރާގު ބަދަލު ވެއްޖެވެ. ގޮވާ ގޮވެލީގެ އަޑުވެސް ބަލުވެއްޖެވެ. ހަމަ ވިދާޅުވި ބަހުގެ މާނަ އޮޅިއްޖެވެ.

މިއަދު ސޯޝަލް މީޑިއާ އާއި ނޫސްތަކުގެ ފަލަ ސުރުޚީތުން ޖާގަ ހޯދާފައިވަނީ ސޯލާ ޕެނަލް ހަރުކުރާ މީހުންގެ އަތުން ފީއެއް ނަގާ ވާހަކަ އާޢި ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު ނެގޭނީ ވަކިވަރަކަށޭ ސަރުކާރުން ބުނި ވާހަކަ ތަކެވެ. 2020 ގައި ކާބަން ނިއުޓަރަލް ގަމުމަކަށް ހަދަން ނިންމާފައިވަ އިރު ރަށެއްގައި އަވިން އުފެއްދޭން އެންމެ މަތީ އަދަދަކީ އެރަށަކަށް ބޭނުންވާ ކަރަންޓުގެ 30 އިންސައްތަ ކަރަންޓު ކަމަށް ބުނުމަކީ ބޮޑު ޖޯކެއް ނޫންތޯއެވެ؟


ކިޔުންތެރިންގެ ޚިޔާލު...


ނަން :


eynameena

Nasaaraa dheenah loabi jessimattakaa thaulremee nizaamuge thereah vafhdhamundhaa kankamaa behey gothun reporteh lielun edhen..