ސިހުރު ވެރިންގެ ލައިވް އިވެންޓު..!

ހިތާދޫ އޮންލައިން | 18 ސެޕްޓެމްބަރ 2016





ސިހުރިވެރިން ގެ ލައިވް އިވެންޓެއް ، ނުވަތަ ކޯސް ، ނުވަތަ ކޯސް ޕިރިމިޔަރ ކުރުމުގެ ، ހަފްލާ ، އީދު ދުވަހު ފެށި ވާހަކަ ބުނުމުން ، ދިވެހިރާއްޖޭގެ ގިނަބަޔަކަށް ހައިރާން ކަމެއް ލިބިދާނެއެވެ. ނަމަވެސް މިކަންކަން ލޮލުން ފެނި ކަންފަތައް އަޑު އިވުނު ބަޔަކަށް އެއީ ހަމަ ޔަގީނުން ވެސް ވީކަމެއް ކަން އެގޭނެއެވެ. މިކަން ހިގައިފާނެކަމަށް ސިހުރުވެރިންގެ އިދާރާތަކުން މާ ކުރިންވެސް ގަބޫލު ކުރެވިފައި ހުރެދާނެއެވެ. ސަބަބު ތަކެއް ވެސް ނެތިއެއް ނޫނެވެ. އެބައި މީހުންގެ އުންމީދަކީވެސް އެބައިމީހުންނަށް ސިހުރުގެ ގޮވެލިފަތި ނުކިޔޭ ހާލަތައް ދިއުމުން ޖިންނި ޝައިތާނުންގެ ކިބައިން ދިމާވެދާނެ ދުއްތުރާތަކައް ތައްޔާރު ކުރާނެ ދިފާއީ މިސައިލް ތަކެއް ބޭނުން ވާނެކަމަށް އެއުރެ މެން ސިހުރުވެރިން ގަބޫލު ކުރަމުން އައީ އެއުރެންގެ އަގީދާގެ ބަލިކަށިކަމާއި ޖިންނިޝައިތާތުން ނަށް ބަރޯސާ ވާލެއް ބޮޑުކަމުން ނެވެ. އަދި ކާބަފައިން ގެ ޒަމާނުއްސުރެ ވާރުތަވެފައވާ ކަމަކަށް ވެސް ވެދާނެއެވެ.

ބުނެވޭ ގޮތުގައި މިބައި މީހުންގެ ތެރެއިން ވަރަށް ނުރަށްކާތެރި ބަޔަކުވެސް އުޅެއެވެ. ޔައުނީ މިބަމީހުން ވަނީ އިރުތީ ފަރާތަށް ، އެނބުރި ގަބުރު ކޮނެ ޖިންނިޔަށް މިނި ކިރު ނުވަތަ ލޭބޯން ދީފައެެވެ. އަދި އެތަކެއް ބަޔެއް ގެ ދިރިއުޅުން ދިވެހި ހަވާދު ގަނޑެއް ހެން ފުޑާލާ ހިމުން ކޮށްލާ ބިމުގެ ވެއްޔާ އެއް ކޮށް ފައެވެ. ވީމާ މިބައި މީހުން ނަށް ދުނިޔޭގެ ދިރިއުޅުމާކީ މާ އަގުހުރި އެއްޗަކަށް ވުމުން މިކަމުގައި ސަލާމަތު ގެ އައްސޭރިޔަކައް ދެވޭނީ ކިހިނެއް ކަން ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އަދި މަގުފުރެދި އިތުރަށް ބަޔަކު މަގު ފުރެއްދުމަކީ މިބައިމީހުން ކޮންމެހެންވެސް ކުރަން ޖެހިފައި ވާކަމަކަށްވެ ދިފާއީ މިސައިލް ތަައް ފަރުމާ ކުރުމުގެ މަސައްކަތް ފެށި ދުވަހަކީ މިބައި މީހުންގެ ވެރި ޝައިތާނާގެ ވަސްވާހުގެ ތެރެއިން ޖެހި ރަމަލުތަ ކާއި ބެލި ފާލުތަކާއި ކުރެހި އަކަތަކާއި ތަރިތަކަށް ބެލުމަށް ފަހު ލިބުނު ސާއަތެއް ކަމަށް މިބައި މީހުންގެ ތެރެއިން ބަޔަކު ބުނެ އުޅުނުއެެވެ.

އެންމެ ފުރަތަމަ ސިހުރުގެ ކަންތައްތައް ދަސްކުރާ ދެމީހަކު އެކުވެގެން ޒުވާން ކުދިން ތަކެއްގެ ޖަޒުބާތު އާ ކުޅެލުމަށް ފަހުު ފިތުނަ ފަސާދާގެ ރޮގު ދަމާލިއެވެ. ބައި ބައިވުމާއެކު އެއީ ތިމާމެންގެ ވެސް ހަރުމުދާ ކަމަށް ވިސް ނައިދިނެވެ. ދެން ވަންކަން ކުރި ވިއެވެ، ( ބަޔަކަށް ނޭގޭ ގޮތަށް ބަޔެއްގެ މުދާ ސިއްރުން ނެގިޔެވެ. ) ދެން ޝައިތާނާ އެންމެބޮޑަށް މީހުންގެ ސިކުޑިޔަށް ވައްދައިދޭ ކަންކަން މިބައި މީހުންގެ ކިބައިން ވެސް ފެނި އަޑު އިވުނެވެ.

ބޮޑާވެރިކަމާއި ކިބުރު ވެރިކަން ތިމާމެން ނޫނީ އެހެން ބަޔަކަށް ތިމާމެން ނާ ނުލާ ނުވާނޭ ކަމަށް ކުންހީތަކެން ކުރި އެވެ. ރަށުގައި އުޅިނު ޓީމެއްގެ ލޯގޯއިން ކައްބޮލެއް ސިހުރުވެރި ކަށްބޮލަކަށް ބަދަލު ކުރީ އެލޯގޯ ފަރުމާ ކުރީ ސިހުރުވެރިން ނާ ލޭގެ ގޮތުން ގާތް އަދި މިހާރު ސިހުރު ވެރިކަން ދަސްވެނި ވަމުން ދާ ކުއްޖެކެވެ. އަދި ދިފާއީ މިސައިލު އެކޭ ބުނުމަކުން ގޯހަކަށްވެސްް ނުވާނެއެވެ. އަދި މިދެމިސައިލް ގެ އަންޑަ ގުރައުންޑް އެޖެންޑް އެއް ވާކަން މިޒުވާނުން ކޮޅަށް އަދި ސިހުރިވެރި ފާސިގުން ނަށް ރޭކާވެސް ނުލާކަން ދިރާސާއިން ދައްކައެވެ. ސިޔާގޮތާއި ބިޒްނަސް މީހުން އެތަނަށް އެއްކޮށް ޖަމާކުރިމާއި ދެން ކުރައްް ވަމުންއައި ކަންނަން އީދަށް ރަށް ދިޔާބޭފުޅުންނަށް ފެނިލައް ވާނެއެވެ. މިހާތަނަށް ރަށުގައި ހިގި ރަތް ކުލައިން ފެތުރިގެން ދިޔަ ގެއްލުން ބޮޑު ދެހާދިސާ އިއްތިފާގުން ވިޔަސް އިޝާރާތް ކުރަނީ ކޮނަބަޔަކަ ކަން ގިނަމީހުން ނަކަށް އޮޅިފައެއް ނުވެނެވެ.

ދޯނި ފަހަރު ވަލުގައި ފައިޖައްސައިގެން އަދި އެހެލައިފައި ހުންނަ ދޯނިފަހަރުގައި ވަޅިޖައްސައި ގެން ކުރަމުން އައި ކަންތައް ތަކަކީ ރަށުމީހުން ނަށާއި އޮޑިވެރިން ނަށް އާކަމަކަށް ނުވެއެވެ. އާކަމަކަށް މިވީ މިފޯސް އާގުޅުނު މީހުން ނެވެ. މިފަހަރެވެ. މިއީދެވެ.

ދީނިގޮތުން ބަލާއިރު ބައިބައިވުން ފިތުނަ ފަސާދަކުރުން ކީއްކުރަން އެފަދަކަން ކަމަށް މަގުފައިވާ ކަންކަން ކުރުން ވެސް އެއީ އިސްލާމް ދީނުގައި ކޮންކަހަލަ ކަމެއްކަން ރަށުމީނުނަށް ވަރަށް ރަގަޅަށް އެގޭނެ ކަމާމެދު ޝަައްކެއް ނުކުރަމެވެ. ރަށުމީހުންނަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުމުގެ ބޮޅުތަކެއް ވެސް މިބައި މީހުންގެ ކަރުގައި އެޅިފައި ވެއެވެ.

މީދަލާ ބުޅާ ރަށުން ހުސް ކުރުމަށް ބަޔަކު ބުރަ މަސައްކަތް ކުރި އިރު މި މީހުން ބުރަކޮށް އުޅުއްވީ ބުޅަލާއި މީދަލާއި ވާ ރަށުގައި އާލާ ކުރެވޭތޯ އެވެ. މިކަމުގައި ބޭނުން ވާ ސާމާނާޢި ކޮށިތަަކުން އެބައިމީހުންގެ ސަހަރު ފަޅުފިލިވަމުން ދިޔައެވެ. ފަހަރުގައި މިބައިމީހުންނީ ތިމާވެށީގެ ބައްޕަގެ ސަޕޯޓަރުން ނަށް ވުމީ ގާތްކަމަކެވެ.

ކޮންމެ ފަހަރަކު މިބައި މީހުންގެ ޓީމުތައް ވަރުގަދަ ވިޔަސް މިހަފަރު ކަންތައްތަށް ދިޔައީ ވަރަށް ދެރަކޮށެވެ. އެންމެ ދައްކޮށް 10000 ރުފިޔާ އަށް ވެސް މިބައިމީހުންގެ ޓީމްއާއި ގުޅެން މީހުން ބޭނުން ނުވީ ހަމަ އެއްވެސް ސަބަބެއް ނެތިއެއް ނޫނެކޭ ބުނެވޭކަށް ނެތެެވެ. ފޯނުކޮށް ނުވިތާކަށް ހުރިތަނަކަށް ގޮސް ނެތިނުބައި ކިޔުމާއި ފުރައްސާރަ ކުރުން ސިހުރިވެރިން ގެ ލައިވް އިވެންޓާ ޖެހެން ދެން ކުރިޔަށް ދިޔައެވެ. މިފަދަ ކަންކަން ކުރިމީހުން ނިދިން ހޭލާ އިސްލާމު ދީނުގެ ސާފުސީދާ މަގުން ހިގުމުން ކިޔާނެ އެއްވެސް އެއްޗެއް ނޯނާނެއެވެ.

(ނޯޓް- މިއީ ހިތާދޫ އޮންލައިންގެ ކިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެކެވެެ.)


ކިޔުންތެރިންގެ ޚިޔާލު...


ނަން :