އަންހެނުންގެ ދުވަސް- ގެވެހި އަންހެނެއްގެ 24 ގަޑި އިރު..

ހިތާދޫ އޮންލައިން | 08 މާރޗު 2016

މިއަދު މިފާހަގަ ކުރެވޭ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއަދުންތައް ދިވެހި ހުރިހާ އަންހެން ކަނބަލުންނާ ދުނިޔޭގެ އެންމެހާ އަންހެނުންނަށް އަރިސް ކުރަމެވެ. އަންހެނުންގެ ދުވަހެއް ފާހަގަ ކުރަމުންދާ އިރު އަންހެނުންނާ މެދު ކޮންމެވެސް އެއްޗެއް ދަންނަވާލަން ޖެހޭކަމަށް ދެކެމެވެ.

އިންސާނީ ދަރިފަސްކޮޅު ފެށިގެން އައީ ފިރިހެނެއްގެ ކިބައިންކަމުގައި ވީނަމަވެސް އެދަރިފަސް ކޮޅު ދެމެހެއްޓުމަށާއި ފިރިހެނުންނަށް ޚިދުމަތްކުރުމަށް އެޖިސްމުންވަނީ އަންހެން ޖިންސު ހައްދަވާފައެވެ. އެއީ ފިރިހެނުންގެ ޚިދުމަތުގައި ލެއްވި ނާޒުކު ފިރިހެނުންގެ ލޯތްބާ އަޅާލުމާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިދޭންޖެހޭނެ ބައެކެވެ. ނަމަވެސް ހިތާމައަކީ ފިރިހެންނުންގެ ޚިދުމަތްތެރި ނާޒުކު އަންހެން ކަނބަލުންނަށް ފިރހެނުންގެ ފަރާތުން ތަފާތު އެކި އަނިޔާ ލިބެމުންދާތީއެވެ.

މައުލޫއަށް ޖެހިލަމާ ހިނގާށެވެ. އަންހެނެއްގެ ސައުވީސް ގަޑިއިރު ހޭދުކުރާ ގޮތާމެދު ޚިޔާލު ކޮށްލީ ކިތައް ފިރހެނުންބާއެވެ އަންހެނުންގެ ޚިދުމަތްތަކަށް ޝުކުރު އަދާ ކޮށް ފަޚުރުވެރިވަނީ ކިތައް ފިރިހެނުންތޯއެވެ؟ އެބައިމީހުންގެ ޚިދުމުތުގެ އަގުވަޒަން ކުރައްވަމުތޯއެވެ؟

އައިސާގެ ދުވަސް ފެށުނީ މެންދަމު 12:00 އިންނެވެ. ދުވާލުގެ ވަރުބަލިކަން ފިލުވާލުމަށް އެނދުގައި ޖައްސާލީ އަރާމު ނިންޖަކުން ނިދާލާށެވެ.

މާގިނަ އިރުތަކެއް ނުވިއެވެ. ވަރުބަލިވިނަމަވެސް ނިދިއައި ނަމަވެސް ޖެހުނީ ތެދުވާށެވެ. ގަޑިން މެންދަމު އަލިވެ 01:30 އެވެ. ހޭލެވުނީ ކުޑަމަންޖެ ރޯލި އަޑަށެވެ. އަވަސް އަވަހަށް ތެދުވެ ދަރިފުޅު އުރަށް އަރުވައިލިއެވެ. ލޯބިލޯބި ދަރިފުޅުގެ ހިނިތުންވުމުން އައިޝާގެ ނިދި ފިލުވާލައިފިއެވެ. ދަރިފުޅުވެސް ބޭނުންވީ މަންމައާއި އެކު އެދަންވަރު ގަޑީގައި ކުޅެންހުންނާށެވެ. އެގޮތުގައި ގަޑިއެއްހާ އިރުވީފަހުން ދަރިފުޅުވެސް ނިދާއިފިއެވެ. ލިބުނު ވަގުތުގެ ބޭނުންކޮށް ނިދާލަން މަސައްކަތް ކުރިއެވެ.

އެނެއްކާވެސް އައިޝާގެ ނިދިކޮޅު ގެއްލުވާލީ ދޮށީ ދަރިފުޅުގެ އަޑަށެވެ. "މަންމާ މަންމާ! ފެންފޮދެއް!" އައިޝަގެ ހައަހަރަށްދާ ދަރިފުޅު މުޙައްދު ގޮވާލިއެވެ. ނިދިމޯޅިގައި ތެދުވެ އައިޝާ ދަރިފުޅަށް ފެންފޮދެއްދީފައި ދަރިފުޅުން ނިދަންދެން ފިރުމާލަ ފިރުމާލައިނެވެ. ދަރިފުޅު ނިދައިފިއެވެ. ފަތިސްވެދާނެ ކަމަށް ހީކޮށް އައިޝާ ގަޑި ބަލާލިއެވެ. އޭރު ގަޑިން ތިންގަޑި ބައިވީއެވެ. އައިޝާ ނިދަންއޮށޯތެވެ.

ފަތިސް ނަމާދު ބަންގިއާއި އެކު ތެދުވުމަކީ އައިޝާގެ އާދައެވެ. ފަތިސް ނަމާދު ކޮށްގެން އައިޝާ މަގުމަތި ކުނިކާ ހެނދުނު ނާސްތާ ތައްޔާރުކޮށް ދަރިން ތަދުވަންވާއިރަށް ފެންވާރާ ރީތިވިއެވެ ފިރިމީހާއަށް ސައިތައްޔާރު ކުރިއެވެ.

ހެނދުނުގެ އިރު ހޫނު ޖެހުނުއިރު އައިޝއިނީ ދާ އެއްޗެހިތައް ދޮންނާށެވެ. ހަމައެކަނި އެއްޗެހި ދޮންނަނީކީ ނޫނެވެ. ދަރިން ކުޅެން ބާއިންދާއި އިށީނީ ފަހާފޮށި ކައިރީގައެވެ. އެއީ އައިޝާ ދަރިންނާއި ފިރިމީހާއަށް ވަގުތު ދީފައި ލިބޭ އިތުރުވަތުގައި ކުރާ މަސައްކަތެކެވެ. ކޮންމެވެސް ވަރެއްގެ ނަފާއެއްވެސ ލިބޭމެއެވެ. ކޮންމެ މަހަކުވެސް ދަރިންނަށް ބޭނުންވާ ބުއްދަޅާއި ގޭތެރޭގެ ޚަރަދުތައް ކުރަން ފިރިމީހާގެ މުސާރައިގާ ޖެހޭވަރެއް ނުވެއެވެ.

ކުޅެން ހުރި ދެ ދަރިން ފެންވަރުވާ ބުއްތައްޓެއް ދިނުމަށް ފަހު ދެ ދަރިން ނިންދަވާފައި އައިޝާ ބެލީ މެންދުރަށް ރަނގަޅު ކާއެއްޗެއް ހެދޭތޯއެވެ. ފިރިމީހާއަށް އެންމެ މީރު ކެއުން ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. ފިރިމީހަ އޮފީސް ނިމިގެން އަންނަންވާ އިރަށް ކާމޭޒުމަތި ފަޅުފިލުވަލެވޭތޯއެވެ.

މެންދުރު އަނބުރާ ދޭއް ޖަހައިފިއެވެ. ރީތި ފިނިފެންމަލެއްހެން އައިޝާ ފޮޅިލާފައި ސިޓިންގ ރޫމުގެ ސޯފާގައި އިނެވެ. ފިރިމީހާގެ އިންތިޒާރުގައެވެ. އާދައިގެ މަތިން އައިސާގެ ބޮލުގައި ފިރުމާލައި ނިއްކުރިމަތިން ނަގާ ދޮނުގެ އިންތިޒާރުގައެވެ. އަބުދުވެސް އޮޅުގައިގެން އުޅޭހިތްވާ ލޯބިވާ ފިރިމީހަގެ ބޫޓު ބާލައިދީ ގަމީސް ބާލައިދިމުގެ އިންތިޒާރުގައެވެ. ދެމީހުން އެކުގައި ކެއުމަށް އިންސާފު ކުރެވޭނެ ވަގުތުގެ އިންތިޒާރުގައެވެ. މިއީ ކޮންމެ ދުވަހެއްގެވެސް އާދަކާދައެވެ.

ވަގުތަކީ ހަވީރު ފިނި ޖެހުނު ވަގުތެވެ. ދަރިން ފެންވެރުވުމަށް ފަހު އައިޝާއެ ތައްޔާރުވަނީ ދަރިން ގޮވައިގެން ހިނގާލަން ދާށެވެ. ދަރިންގޮވައިގެން މަންމަމެންނާ ބައްދަލު ކޮށްލާށެވެ. ދަރިންވެސް ހަވީރު ގަޑީގައި ހިނގާލަން ގެންގޮސްފިނަމަ އުފާވާނެތީއެވެ. ކޮންމެ ދުވަހަކުވެސް ދަރިން ހިތްއުފާ ކޮށްދިނުމަށް މިވަގުތު ކޮޅު އައިޝާ ހުސްކުރާނެއެވެ.

އިރު އޭގެ ވާޖިބު އަދާ ކުރުމަށްފަހު އޮއްސިއްޖެވެ. އައިޝާގެ އާދައިގެ މަތިން ދަރިންނަށް ކާންދިނުމަށްފަހު ދޮށީ ދަރިފުޅަށް އަކުރު ދައްކާލުމަށްފަހު ދަރިންތައް ރީތިކޮށްލިއެވެ. ކުޑަމަންޖެ އުރަށް އަރުވައިގެން ދޮށީ ދަރިފުޅު ކައިރީގައި ބާއްވައިގެން ނިންދަވަން ފެށިއެވެ. ދަރިން ނިންދެވުމަށް އައިޝާ ރޭގަނޑު ކެއުން ތައްޔާރު ކުރަން އަވަސް ވިއެވެ.

ރޭގަނޑު 08:00 ގައި އައިޝާއާއި އައިޝާގެ ފިރިމީހާ އާއި ދެމީހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރިއެވެ. ކައިނިމިގެން ފިރިމީހާ ދިޔައީ ބައްދަލުވުމަކަށެވެ. ބަދިގެ ތަރުތީބު ކޮށްލުމަށްފަހު އައިޝަ އައިސް ސިޓިންގ ރޫމުގައި ކުޑަ އިރު ކޮޅެއް މަޑުކޮށްލުމަށްހު ފަހާފޮށި ކައިރީގައި އިށީނެވެ. ފިރިމީހާގެ އަންނަންދެންނެވެ. އޭނާއަށް އާދެވޭނީ 10 ގެ ފަހުންނެވެ. ދަރިންކޮޅު ނިދި ވަގުތުގައި ހެދުމެއްނަމަވެސް އެކައްޗެއް ނިންމާލެވޭތޯއެވެ. ހުސް ވަގުތު ކޮޅުގެ ބޭނުން ހިފުމަށެވެ.

އައިޝާގެ އިންތިޒާގެ ނިމުން އަތުވެއްޖެވެ. ގަޑިން ދިހަގަޑި ބައިވީއެވެ. އެމީހެއްގެ އިންތިޒާގައި ނުނިދާ އިން އައިޝާގެ ފިރިމީހާ ގެއަށް އަތުވެއްޖެވެ. ދުވާލު ހަތަރުދަމު ތަޅިފޮޅި އައިޝާވަނީ ވަރުބަލިވެފައެވެ. ހަށިގަނޑަށް ލޮޑުކަން ވެރިވެފައެވެ. އެހެނަސް އައިޝާ އެކަން ފިރިމީހާއަށް އިހްސާވިޔަކަ ނުދެއެވެ. ދެމިހުން އެކުގައި ނިދަން އޮށޯވެއްޖެވެ. ދަމީހުންވެސް ދިރިއުޅުމާއި މެދު ހިޔާލު ބަދަލު ކޮށް ވާހަކަ ދައްކާ މަޖާކުރިއެވެ. ވަރުބަލި ވީނަމަވެސް އައިޝާއިގެ އުފަލަކަށް ވީ ފިރިމީހާގެ ޚިދުމަތުގައި ރޭގެ ފަހު ވަގުތު ހޭދަކުރުމެވެ. ނިދުމުގެ ކުރިން ފިރިމީހަ ހިތްއުފާ ކޮށްނުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


V.reethi.vaahaka masha Allah.