އަހަރެންގެ ދުވާ މެޝިން.

ހިތާދޫ އޮންލައިންގެ ކިޔުންތެރިއެއް | 20 ޖަނަވަރީ 2013





ކޮންމެދުވަހަކުވެސް ފަތިހުތެދުވެ ކޮންމެހެން ކުރަންހުންނަ ކަންތައްތައް ކޮށްލުމަށްފަހު، އޮފީހަށްދިއުމުގެ ކުރިން ކަސްރަތުކުރުމަކީ އަހަރެންގެ އާދައެކެވެ. އެކަން އާދައަކަށް ހަދަންޖެހުނީ މީގެ ހައެއްކަ އަހަރުކުރިން ޑަކުޓަރު ދިން އިންޒާރަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ލުއިވެ ކުރިން އެހުންނަ "ސަމައްތަރު" ހެޔޮކަން ފިލައި ހިގައްޖެއެވެ. އަހަރެންގެ ބައެއްރައްޓެހިންވެސް ވަރަށްބާރުލާފައި އެކަން ފެއްޓިއެވެ. ފަތިހު ތެދުވެ ދުވަންދާން ފެއްޓިއެވެ. ބައެއްމީހުން ފަތަން ދާންފެއްޓިއެވެ. ނަމަވެސް މިކަމުގައި ޤާއިމުވެ ހުރެވުނު ހަމަ އެކަކުވެސް އަދި ނެތެވެ.

އަހަރެންގެ އާދޭހާއެކުވެސް ކަސްރަތުކުރަން ނުވަތަ ދުވެލަން ނުދިޔަ އެކަކީ އަހަރެންގެ އަންހެނުންނެވެ. އަހަރެން މިކަމެއްފެށިއިރު އަހަރެންގެ ބަރުދަނަކީ 78 ކިލޯއެވެ. އަންހެނުންގެ ސާޅީސް ފަސްކިލޯވެސް ހަމައެއް ނުވެއެވެ. އޭނާގެބަހުންނަމަ ކަސްރަތުކުރާ ވަރަކަށް އޭނާ އަދި ފަލައެއްނުވެއެވެ. އަހަރެން ދިން ނަސޭހަތެއް ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރިއެވެ. އޭނާ ދެކޭގޮތުގައި ކަސްރަތުކޮށް ދުވެ ހަދަންވާނީ ވަކި ވަރަކަށް ވުރެ ފަލަ ނުވަތަ ބަރުހެލި މީހުންނެވެ. އޭނާކަހަލަ ހިކި،ހިމަތޮޅި، ލޫޅާފަތި ހަށިގަނޑެއް ހުންނަ މީހަކު ފަތިހުގެ އަރާމު ނިދި ނަގާލާފައި ކޮން ކަސްރަތެއް ކުރާކަށް ހެއްޔެވެ.

ދެތިންއަހަރު ފަހުން އަންހެނުން އަމިއްލައަށް ކަސްރަތުގެ މުހިންމު ވާހަކަ ދައްކަން ފަށައިފިއެވެ. އޭރު އަހަރެންގެ ބަރުދަނަކީ 58 ކިލޯއެވެ. އަންހެނުންގެ ބަރުދަނަކީ 60 ކިލޯއެވެ. ނަމަވެސް ހަމަ ހިލާ، ފަތިހު ތެދުވެ ދުވަންދާކަށް އެއްބަހެއް ނުވިއެވެ.އެއީ ވާވަރު ކަމެއްނޫނެވެ. ހަމަ އެހެންމެ، ކަސްރަތުގެ މުހިންމު ވާހަކަ ދެއްކުމެއް ހުއްޓައެއް ވެސް ނުލިއެވެ. އޭނާގެ ޝަކުވާއަކީ މިއެވެ. ދުވާލުދާ ހަތަރުދަމު ދެދަރިންގެ ކަންތައް ކޮށްފައި ވެފައިހުންނަ ވަރުބައްޔާއެއްކޮށް ނިދާމީހަކަށް ފަތިހު ދުވާން ދެވޭނެ ހެއްޔެވެ. ނުދެވޭނެއެވެ. އެެހެން ވީމާ އެރޮބިކުސް ކިލާހަކަށް ފީދައްކައިދޭންވީއެވެ.

އަހަރެން ހިތަށް އެރިއެވެ. ދުވަހުގެ ތާވަލަށް އަނެއްކާވެސް އެހެން ކަމެއް އިތުރުކުރަންވީއެވެ. އެބުނާ ކިލާހަކަށް ލާންގޮސް ބަލާވެސް ދާންޖެހޭނެއެވެ. ނަމަވެސް ހިތްވަރު ކޮށްފައި އަހަރެންގެ ހަވީރުސައިގެ ބަޖެޓުން ބައެއް އުނިކޮށް އެބުނާ ކިލާހަކަށް ފީދައްކައިފީމެވެ.އަންހެނުން ހިމަތޮޅިވެ ލޫޅާފަތިވީމައި އަހަރެންނަށް ވެސް ރީތިނޫންހެއްޔެވެ. އެހެން ވީއިރު އެކަން ނުކުރަންވީ ކީއްވެހެއްޔެވެ. ފުރަތަމަ ދެދުވަހު ދާން އޮންނަ ގަޑިއަށްވުރެ ވިހި ތިރީސް މިނެއްޓު ކުރިން ތައްޔާރުވިއެވެ. ފަހުންފަހުން އައިސް އެތަނަށް ދާދުވަހަށްވުރެ ގިނަވާނީ ނުދާދުވަހެވެ.

ދުވަސްކޮޅެއްފަހުން އެއްރެއަަކު އަހަރެން ގެއަށް އައި އިރު އަންހެނުން ހުރީ މާރީތިވެގެންނެވެ. ފުރަތަމަ ފެނުމުންވެސް ކޮންމެވެސް ތަނަކަށް ދާން ކަމަރު ބަނދެފައިހުރިކަން އަހަރެންނަށް ޔަގީންވެއްޖެއެވެ. އެރޭ އޭނާ ދިޔައީ ކަސްރަތު ކިލާހުން ފެނި ރައްޓެހިކަން އުފެދުނު ހަފީޒާމެން ގެއަށެވެ. އަންހެނުންގެ އެދުމުގެ މަތިން އަހަރެންވެސް އޭނާއާއެކު އެގެއަށް ދިޔައީމެވެ.ޖާގަބޮޑު ތަނަވަސް ގެއެކެވެ. އަހަރެން އެންމެބޮޑަށް މޭނުބައިކުރީ ސިޓިންރޫމު އެއްކަނެއްގައި ބަހައްޓާފައި ހުރި ދުވާ މެޝިނެއްފެނިފައެވެ.މިތަން އަންހެނުންނަށް ފެނިއްޖެނަމަ ވާނެގޮތް ހަމަ ރަނގަޅަށް އިނގޭތީއެވެ. ކަންތައްވީވެސް އަހަރެން ހަމަ ހީކުރި ގޮތަށެވެ.

ޖެހިގެން އައިދުވަހު އަހަރެން އޮފީސްނިންމާފައި ގެއަށް އައިއިރު މެންދުރު ކެއުން ތައްޔާރުކޮށްފައި ހުރީ، އަހަރެމެންގެ ފެންވަރުން ސަލަވާތް މާލޫދަކަށް ތައްޔާރުކުރާ ފެންވަރަށެވެ. އެހާވެސް މޭޒުމަތި ތިޔާތްގެވެ. ކުޑަކޮށް މޭޖެހޭގޮތް ވެހުރެ އަހަރެން ކާންއިށީނީމެވެ. ފުރަތަމަ ސުވާ ގޮހޮރާ ހަމައަށް ނުފޯރަނީސް އަންހެނުން ފަށައިގެންފިއެވެ. "މިހެން ހަމައެކަނި އެރޮބިކުހަށް ދިޔަކަސް އަދި ނުހިކޭނެ!!! ހަފީޒާމެން ގޭގައި އެހުރިކަހަލަ އެއްޗެއް ހޯދޭތޯ ބަލަމާ!! އޭރުން ކަލޭވެސް ކޮންމެ ދުވަހަކު މާލެ ކުޑަނުކުރިއެއްކަމަކު ގޭތެރޭގައި ހުރެގެންވެސް ހަމަޖައްސާލެވޭނެ!!" މިއޮތީ އަހަރެން ބުނިތަން އައިސްފައެވެ. މިކަން މިހެންދިމާވާނެ ކަން ކުރިންވެސް އަހަރެންނަށް އިނގެއެވެ.

އެބުނާ އެއްޗެއް ވިއްކަން ހުންނާނެ ތަންތަނާއި، އަގުތައްވެސް ހަމަ އެއްނޭވައިން ކިޔައި ނިންމާލިއެވެ. އެ އެއްޗެއް ގަންނަން ވެގެން އަހަރެން އުޅުނު ހާލާއި ވީގުރުބާނީގެ ވާހަކަ ދައްކައިގެން މިހާސަރު ދިގުކުރާކަށް ނުހަދާނަމެވެ. ކޮންމެއަކަސް އެބުނާ ދުވާމެޝިން ގަނެފީމެވެ. އެސޮރު ގެޔަށް ވެއްދުމާ އަންހެނުން އެޔަށް އަރާ ދުވަންފެށުމާ އެއީ އެކު އެކީގައި ހިނގި ދެކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަނެއްދުވަހު ފަތިހު އަހަރެން ވެސް އެޔަށްއަރާލާނަމޭ ހިތާ ބަލާލި އިރު،... އައްދެ!! އަހަރެންނަށް ވުރެމާކުރިން ތެދުވެ އަންހެނުން މިހިރަ ދުވަނީއެވެ. އަހަރެން އެއްޗެކޭ ނުބުނެ ގޮސް މާލެވަށާ ދެބުރު ޖެހުމަށްފަހު ގެއަށް އައި އިރުވެސް އަންހެނުން ހަމަ ދުވަނީއެވެ. އަހަރެން ހިތަށް އެރިއެވެ. އިރާދަކުރެއްވިއްޔާ މަގޭއަންހެނުން ހިކޭކަށް ދެން މާގިނަދުވަހެއް ނުނަގާނެއެވެ. މިހާހިސާބުން ކުރިން އެދިޔަ އެރޮބިކުސް ކިލާހަށް ދިއުން ހުއްޓައިލައިފިއެވެ.ދެވަނަ ދުވަހު އަހަރެން ތެދުވެ ދުވަންދާންވެގެން ގެއިން ނުކުތްއިރުވެސް އަންހެނުން ނުތެދުވެއެވެ. މާބޮޑަށް ގައިގާ ރިއްސަނީޔޯލައެވެ. ގިނަދުވަސްވާވަރަކަށް އަންހެނުން އެއްކަލަ މެޝިނާ ދުރުވާން ފަށައިފިއެވެ.

ކުޑައީދު ދުވަހެވެ. އަހަރެންގެ އެކުވެރި ޢަލީ އާއި އޭނާގެ އަންހެނުންނަށް މެންދުރު ކެއުމަށް ދައުވަތުދީގެން އުޅޭތީވެ މޭޒުމަތި ތަންކޮޅެއް ތިޔާގި ދުވަހެކެވެ. ގެއަށް ވަތްގޮތަށް ޢަލީގެ އަންހެނުން އަހަރެމެން ދެމަފިރިންގެ ހިތްހަމަ ޖައްސައިދީފިއެވެ. "ވަފިއްޔާ ހާދަ ހިއްކާލައިފިހެން ހީވެޔޭ!!!" އަހަރެން ހިތަށް އެރިއެވެ. އެއީ ޢަލީގެ އަންހެނުން ބުނެލި ހުސްބަހެއް ނޫންބާވައެވެ. ފެންނަ ފެނުމަށް ހިކުނުހެންނެއް އަހަރެންނަކަށް ހިއެއްވެސް ނުވެއެވެ. ގައިމު ކައްޓާއަކުން އެކަމެއް ނުދައްކައެވެ.

ކައިނިމިގެން އަތްދޮންނަން ގޮސް އެއްކަލަ ދުވާމެޝިން ބަލާފައި ޢަލީ ބުނެފިއެވެ. " ވަފިއްޔާވެސް ހިކުނީތޯއްޗެކެވެ. ޔަގީނުންވެސް ދުވާމެށިނުގައި އަޅާފައި އެހަރަ ތެތް ތުވާލިތަކާއި ކުދިވެރިންގެ ހެދުންތައް އެހުރެގެން ހިކެނީ ނޫންހެއްޔެވެ." އެ މެޝިނުގަތް މަޤްސަދަކީ ހިއްކުން ކަމުގައި ވާނަމަ ޔަގީނުން އެމަޤްސަދު އެބަ ހާސިލްވެއެވެ.

ޢަލީ މިބުނި އެއްޗަކުން އަހަރެން ކުޑަކޮށށް ލަދުވެސްގަތެވެ. ނަމަވެސް އެބުނީ ހަމަ ތެދެކެވެ. ދަންނަވަންތޯއެވެ. އެއްކަލަ ދުވާމެށިނުގައި މިހާރު އަޅާފައި ހުރީ ފެންހިއްކަން ގެންނުޅޭ ތުވާލިތަކާއި ކުދިވެރިންގެ ޖަނގިޔާ އާއި ހެދުމެވެ. އެތަކެތި އެބަހަރަ ހިކެއެވެ. ބައެއްތަކެތި ހިކި، ހަރުވެގެންގޮސް ތަޅުންގަޑަށްވެސް ވެއްޓިފައި އެބަހުއްޓެވެ. އަހަރެންގެ އަންހެހުން އެންމެ ދެރަވާނީ އޭނާ ފަލަ ވާހަކަ ބުނެފިނަމައެވެ. އަދި އަމުދުން އަހަރެން އެހެން ބުނެފިނަމަ ލައްކަ ރުޅިވެސް އަން


ކިޔުންތެރިންގެ ޚިޔާލު...


ނަން :