އައިޝާ އަކީ ތޫނުފިލި ކުއްޖެކެވެ....

ލިޔުނީ : ޢާމިރު ޢަބްދުއްލަތީފު | 18 ޖަނަވަރީ 2013





އައިޝާ އަކީ " ތޫނުފިލި" ކުއްޖެކެވެ. ހަޤީޤަތުގައިވެސް އައިޝާގެ ތޫނުފިލި ކަމަށް އައިޝާގެ މަންމަ ފަޚުރުވެރިވެއެވެ. އައިޝާ އަކީ ކުޑައިރުއްސުވެސް މަންމައާއި ބައްޕަގެ ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. މަންމަ ގާތު ބުނެފައި ނޫނީ ގެއިން ބޭރަށް ނުދާނެއެވެ. މަދަރުސާގައި ކިޔަވައިދޭ ފިލާވަޅުތައް ދުވަހުން ދުވަހަށް ދަސްކުރެއެވެ. މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ކަމުގެ ޢިނާމެއްގެ ގޮތުން ކޮންމެ އަހަރަކުވެސް އައިޝާއަށް މުޅި މަދަރުސާގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ލިބެއެވެ. އެހެންކަމުން ރަށުގެ އެންމެންވެސް އައިޝާދެކެ ވަރަށް ލޯބިވެއެވެ.

އައިޝާގެ " ތޫނުފިލި" ކަމުމުގެ މައްޗަށް އައިޝާގެ ބައެއް ރައްޓެހިން ހަސަދަވެރިވެއެވެ. އައިޝާއަށް ތަފާތު އެކި ގޯނާވެސް ކުރެއެވެ. މިކަމާ އައިޝާ ވަރަށް ދެރަވެއެވެ. އައިޝާގެ " ތޫނުފިލި" ކަމަކީ އައިޝާއަށް މާތްﷲ ދެއްވި ސިފައެކެވެ. އެކަމުގައި އައިޝާއަށް ކުރެވޭނެ ކަމެއް ނެތެވެ. ރަށުގެ އެންމެން އައިޝާ ދެކެ ލޯބިވަނީކީ އައިޝާގެ " ތޫނުފިލި " ކަމަކުން ނޫނެވެ. އައިޝާގެ ކިޔަމަންތެރިކަމާއި ވިސްނުން ތޫނުކަމާއި ބުރަމަސައްކަތް ކޮށްގެން ހޯދާ ރަނގަޅު ނަތީޖާގެ ސަބަބުންނެވެ.

ދެން މި ހިމަނާލަނީ ތަފާތު އެކި މީހުން " ތޫނުފިލި " ކަމާމެދު ލިޔަފައިވާ ލިޔުން ކޮޅެވެ.

http://64.207.178.237/news/view/id/896 ފެހުރިއްސަކީ ތޫނުފިލި ޖަނަވާރެކެވެ.
މިމަޢްޟޫގެ ދަށުން ލިޔެފައިވާ ލިޔުން ބިނާވެފައިވަނީ ޚާއްޞަ ސިފައް ލިބިފައިވާ ފެހުރިހީގެ ބާވަތަކަށެވެ. މިވައްތަރުގެ ފެހުރިއްސަކީ އިންސާނުން ވާހަކަ ދައްކާ ކަހަލަ ގޮތަކަށް އަޑުލައްވާ ޖަނަވާރެކެވެ.

http://www.shaviyani.gov.mv/detail.php?id=310

މިއީ ށ. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓުގައި "ށ. އަތޮޅު ކައުންސިލުގެ އަތޮޅު ދަރިވަރުންނަށް ތަޢްލީމީ ޢިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފި " މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގެ ތަންކޮޅެކެވެ.
" މިއަހަރުގެ ރަސްމިއްޔާތުގައި އިނާމު ދެވިފައިވަނީ 2 ދައިރާއަކުންނެވެ. އެއީ، ހިތްމަތެރި ދަރިވަރުގެ އިނާމާއި، ތޫނުފިލި ދަރިވަރުގެ އިނާމެވެ. ޝަރަފުވެރި ދަރިވަރުގެ އިނާމު މިއަހަރު އެއްވެސް ދަރިވަރަކަށް ޙާޞިލުކުރެވިފައެއް ނުވެއެވެ. އަތޮޅުގެ ޝަރަފްވެރި ދަރިވަރުގެ އިނާމަކީ ،ކެންބުރިޖް އޯލެވެލް، އައި ޖީ ސީ އެސް ސީ އަދި އެސް އެސް ސީ އިމްތިހާނުހަދާ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ވަނަތައް ޙާޞިލުކުރާ ށ. އަތޮޅުގެ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. އަތޮޅުގެ ތޫނުފިލި ދަރިވަރުގެ އިނާމަކީ ކެންބުރިޖް އޯލެވެލް، އައި ޖީ ސީ އެސް ސީ އަދި އެސް އެސް ސީ އިމްތިހާނުހަދާ ދަރިވަރުންގެ ތެރެއިން މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުޞޫލުތަކުގެ ދަށުން އެމިނިސްޓްރީން ކަނޑައަޅާ ދިވެހިރާއްޖޭގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ ށ. އަތޮޅުގެ ދަރިވަރުންނަށް ދެވޭ އިނާމެކެވެ. "
http://www.nolhivaramonline.com/?p=1718
ދެން މި ހިމަނާލަނީ ނޮޅިވަރަމް އޮންލައިން ގައި " ބީރު ބޮލު ވަޒީރު އަކީ ކާކު؟" މިސުރުޚީ ދަށުން ލިޔެފައިވާ ލިޔުމެއްގެ ތަންކޮޅެކެވެ.
" ޙިކުމަތްތެރި ނުހަނު ވިސްނުން ތޫނުފިލި ވަޒީރެއްކަމަށްވާ ބީރު ބޮލުވަޒީރެއްގެ ވާހަކަ އަޅުގަނޑުމެން ކުޑައިރުންސުރެވެސް މާމަމެން ކިޔައިދޭ އަޑުއަހަމެވެ.ކުޑަކުދިންގެ ތެރޭގައި މަޝްހޫރުވި “އެބައުޅެޔޯ މިބައުޅެއޯ" ޕްރޮގްރާމުތެރެއިންވެސް ބީރު ބޮލު ވަޒީރަކީ "

ބަލާލެވުނު ލިޔުންތަކަށް ބަލާއިރު "ތޫނުފިލި" މިބަސް ބޭނުން ކޮށްފައިވަނީ ވިސްނުން ތޫނު ކަމުގެ މާނައިގައެވެ. ދެން ބަލާލަންވީ "ތޫނުފިލި" މިބަސް ދިވެހި ބަސްފޮތުގައި މާނަ ކޮށްފައިވާ ގޮތަށެވެ.

http://www.qaumiyyath.gov.mv/basfoiy/index.php#bas


ތޫނުފިލި: 1. ކަޅިވަރައާއި މޫނުމަތި ރީތިކަން
2. މޫނުމަތީގައި އެނެކުންގެ ހިތްދަމައިގަތުމުގެ ބާރާއި ޖެހިލުންވާގޮތް ހުންނަކަން

ދިވެހި ބަސްފޮތުގައި މިވަނީ ތަފާތު މާނައެއްގައެވެ. ބަސްފޮތުގައި އޮތްބަހެއް އަދި އެހާމެ ގިނައިން ބޭނުންކުރެވޭ ބަހަކަށް ވީއިރު މިގޮތަށް ބޭނުން ކުރެވެމުން ގޮސްފައިމިވަނީ ކީއްވެބާއެވެ؟

ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަ ބަހަކަށް ވެފައި ދުނިޔޭގައި ދިވެހި ބަހުން ވާހަކަ ދައްކައި އުޅޭބައަކީ ދިވެހިންނާއި މަލިކު މީހުން ކަމަށް ވީނަމަވެސް ދިވެހި ބަހަކީ އަޅުގަނޑުމެން ދިވެހިން ފުޚުރުވެރިވުން ޙައްޤު ވަރަށް ފަށުއި ބަހެކެވެ. ތަފާތު ޤިންތި ދިވެހި ބަހުގައި ހިމެނޭއިރު ދުނިޔޭގެ ގިނަބަސް ބަހުގައި ވާފަދައިން ތަކުރާރުވުން މަދުބަހެކެވެ. މިސާލަކަށް ދަންނަވަނީ ނަމަ އިގިރޭސިން " ސިސްޓަރ" ބުނުމުން އެއީ ކޮއްކޮ ކަމެއް ދައްތަ ކަމެއް ނޭނގެއެވެ. ދިވެހި ބަހަށް ބަލާއިރު " ދޮންތަ ތިއްތަ ތުއްތަ ކޮއްކޮ " މިނަންތަކުން ވަރަށް ތަފްޞީލުކޮށް އެއީ ކާކުކަން އަދިޢާއިލާގެ މަޤާމުވެސް އެނގިގެންދެއެވެ.

ފަޚުރުވެރި މާޒީއެއް އޮތް ފަށުވި ދިވެހިބަސް މިހާރު ބޭނުން ކުރައްވާ ދިވެހި ޝާއިރުން ބަހުގެ އަޞްލާމެދު ވިސްނަލަން މިހާރު މިވަނީ ޖެހިފައެވެ. ލިޔުންތެރިންގެ ލިޔުންތަކުގައި ބަސް ބޭނުން ކުރައްވާއިރު އޭގެ މާނަ އޮތްގޮތް ނޫން އެހެން ގޮތަކަށް ބަދަކޮށް މިއަދު ލިޔަމުން ދާކަމީ މިއަދު އަޅުގަނޑު ހިތާމަކުރާކަމެވެ. ލިޔުންތެރިންނަކީ މިއަދުގެ ޒުވާން ޖީލުގައި އުފައްދަން ޖެހޭ ޒުވާން ލިޔުންތެރިންގެ އުސްތާޛުންނެވެ. މިއަދު ކިޔަވާކުދިން ބަލަމުން ދާނީ މިހާރުގެ ލިޔުންތަކަކީ އެކުދިންގެ މަޢްލޫމަތުގެ މަސްދަރު ކަމަށެވެ. އެހެންކަމުން އެކުދިންނަށް މަގުދައްކައިދޭންތިބި ލިޔުންތެރިންގެ ލިޔުންތަކުން މިފަދަ ގޮތަކަށް ބަސް ބޭނުން ކޮއްފައި ހުރުމަކީ ބަހާމެދު އިޙްމާލުވުން ކަމުގައި ދެކެމެވެ.

ބަހާއިމެދު ފުންކޮށް ވިސްނާނުލެވިއްޖެ ނަމަ ކުރިމަގުގައި ބަހުގެ ހަމަތައް ގެއްލި ބަސް ފާލުން ނައްޓަލައިގެން ގޮސް ދިވެހިންނަކީ ބަހައް ބީރައްޓެހި ބައަކަށްވެ މި ފަޚުރުވެރި ދިވެހިބަހުގެ ފަށުއިކަން ގެއްލި ހިނގައިދާނެއެވެ. ހިތާމައަކީ ބަސް ބޭނުން ކުރުމުގައި ބަސް ކިޔަވައިދޭ މުއައްސަސާ ތަކުގައި މަސައްކަތް ކުރައްވާ ހުނަރުވެރިންވެސް ބަހާމެދު ވިސްނާ ނުލިވިވާކެމެވެ. މަތީގައި ބުނެވިދިޔަ ށ. އަތޮޅު ކައުންސިލުން އެފާހަގަ ކުރާ "ތޫނުފިލި" އެވޯޑަށް ނަން ދިނުމުގައި އެއަތޮޅުގެ ތަޢްލީމީ މުއައްސަސާ ތަކުގެ އިސްވެރިންގެ މަޝްވަރާ ހިމެނިފައި ވާނެކަން ކަށަވެރެވެ. އެހެން ކަމަށް ވާނަމަ ތަޢްލީމީ ދައިރާގައި މިބަސް މާނަ އޮޅޭތަށް ބޭނުން ކުރެވެނީއެވެ.

ދިވެހި ބަހުގެ އެކަޑަމީއާއި ދިވެހިބަހާ ތަރީޚަށް ޚިދުމަތްކުރާ މަރުކަޒުގެ އިތުރުން ތަޢްލީމީ ވުޒާރާއިން ފުންކޮށް ވިސްނާ ދިވެހި ބަސް ބޭނުންކުރުމުގައި ބަހުގެ ހަމަތަށް ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުކުރަން މިއަދު މިވަނީ ޖެހިފެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


suruheeaanugulhey lieumekama faahagakureveee

???????????????????????? ???? ???????????????? ???????????????? ?????????? ???????????????????????????? ???????????????????? ????????????????. ???? ?????????????????????? ???????????????????? ???????????????? ???????????? ???????????????? ???????????????????? ????????????.