ނޫސްވެރިންނާ ބައްދަލު ކުރެއްވީ ކޮންދީނެއްގެ ޢިލްމުވެރިންބާ!؟

ހިތާދޫ އޮންލައިން | 01 މެއި 2015





ގައުމެއްގެ ވެރިއަކާ ދެކޮޅަށް އެ ގައުމެއްގެ ރައްޔިތުން ނުކުމެއްޖެ ނަމަ އެކަން "މައިތިރި ކުރެވެން އޮތް ގޮތަކަށް މައިތިރި ކުރަން ޖެހޭނެ" ކަމަށް ދީނީ އިލްމުވެރިންތަކެއް ވިދާޅުވެއްޖެ ކަމަށް ބުނެ ސަން އޮންލައިން ގައި ލިޔެފައިވާ ޚަބަރު ކިޔާލާފައި ކުޑަކޮށް ހިނި އަތުވައްޖެވެ. ކޮންމެވެސް ވަރެއް ސުވާލުތަކެއް ހިތުގައި އުފެދުނެވެ.

ދިވެހި ފުންނާބު އުސް ނޫސްވެރިން މަސައްކަތް ކުރައްވާ ނޫހެއްގައި ލިޔެފައިވާ މިލިޔުމަކީ ފުރިހަނުކޮށް ލިޔެފައިވާ ލިމެއްތޯވެސް ސުވާލު އުފެނުއެވެ. އެއީތޯއެވެ.؟ އެބައްދަލުވުމުގައި ދީނީ އިލްމުވެރިން ކަމަށް ބުނީ ކޮންދީނެއްގެ އިލްމުވެރިންނެއް ކަން ލިޔެފައިނެތީމައެވެ.
.
ކޮންމެއަކަސް ދަރުބާރުގޭގައި އިއްޔެ ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް، މަދީނާއިން ތައުލީމު ހާސިލު ކުރައްވާފައިވާ ރާއްޖޭގެ އިލްމުވެރިންތަކެއް ވިދާޅުވިކަމަށް މި ޚަބަރުގައި ވަނީ ގައުމެއްގެ ވެރިންނާ ދެކޮޅަށް ރައްޔިތުންތަކެއް ނުކުމެއްޖެ ނަމަ ރައްޔިތުންނާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ވެރި މީހާ ކަމަށެވެ. އަދި ވިދާޅުވީ ގައުމެއްގައި ވެރިކަން ކުރާ ވެރިއެއް މުރުތައްދުވެ ކާފިރުނުވާހާ ހިނދަކު ވެރިންނާ ދެކޮޅަށް އެ ގައުމެއްގެ ރައްޔިތުން ނުކުމެގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ނުކުތުމަކީ ދީނުގައި އޮންނަ ގޮތް ނޫން ކަމަށް އިލްމުވެރީން ވިދާޅުވި އެވެ

މިހިސާބުންވެސް މި ޢިލްމުވެރިންނަކީ ކޮބައިކަމެއް ނޭގުނެވެ. މީގެ 1400 އަހަރު ކުރިން އިސްލާމް ދީނާގެން ކީރިތި މާތް ނަބިއްޔާ މުހައްމަދު ގެފާނު ފޮނުއްވައި އިސްލާމް ދީންވަނީ ފުރިހަމަ އަށް ވަނީ އުގަންނަވާ ދެއްވާފައެވެ. އެއަށްފަހު އިސްލާމް ދީނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އިތުރު ނަބިއްޔެ ރަސޫލެއްވެސް ނުފޮނުއްވާނެ ކަން ވަނީ އަންގަވާފައެވެ. އެހެން ކަމުން އެ ވިދާޅުވާ ދީނީ އިލްމުވެރިންނަކީ އިސްލާމް ދީނުގެ ޢިލްމުވެރިންނަމަ 2011 ވަނަ އަހަރުވެސް ދައްކަވަނީ އެއްވަހަކަ އެކެވެ. މިހާރުވެސް މީގެ ފަހުންވެސް ދައްކަވާނީ އެއް ވާހަކައެވެ.

ދުރުނޫން މާޒީއަކަށް ޖެހިލަމާ ހިނގާށެވެ. މީގެ ދެތިން އަހަރު ކުރިއެވެ. ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝިދެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ހަޅޭލަވަމުން ދިޔައެވެ. ޖިހާދު ވަރުޟު ވެއްޖެ ކަމަށް ގޮވަމުން ދިޔައެވެ. މިހާރުން މިހާރަށް ރައީސުލް ޖުހޫރިއްޔާ ވެރިކަމުން ބާލަން ވެއްޖެކަމަށް ގޮވިއެވެ. ސަބަބަކަށް ވީ އައްޑޫ ސިޓީގައި ބުދެއް ބެހެއްޓީ މަޔޯލައެވެ. ޖީއެމްއާރަށް އެއާޕޯޓު ވިއްލަލީމައެވެ.

މިސަރުކާޜުންވެސް މި ދެންނިވިހާ ކަމެއް ދަނީ ކުރަމުންނެވެ. ބުދުވެސް އެތެރެ ކޮށްފިއެވެ. ރަށްތައް ވިއްކައިފިއެވެ. ނަމާދު ވަގުތު ހަވާވެސް އަރުވަނީއެވެ. ޑްރަގު ވިއަކަން މަގުފަހުވާ ގޮތަށް ގާނޫނު އިސްލާހުކޮށް އެކަން ފަޚުރަކަށް ހަދައި ރައީސުލު ޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމުވަނީ ވާހަކަ ދައްކަވާފައެވެ.

އެންމެ ފަހުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެރު ވެރި މީހާއާއި އިދިކޮޅަށް ތެދުވެ މާތްﷲ ޙަރާމް ކުރެއްވި ބަޣާވާތްކޮށް ސަރުކާރު ވައްޓާލުމުންވެސް ދީނީ އިލްމުވެރިން ތިއްބެވީ ސާބަސް ދޭށެވެ. އެދުވަހުވެސް ރަސޫލާގެ ހަދީޡްތައް ހުއްޓެވެ. މިއަދުވެސް އެހަދީޘްތަކެވެ. މިވަނީ ކީއްހެއްޔެވެ؟ ގައިމުވެސް އިސްލާމް ދީނެއް ބަދަލެއްނުވާނެއެވެ. މޮޑިފައިވެސް ނުމެކުރެވޭނެއެވެ. އެދުވަހު ހުއްދަވީ ކަމެއް މިއަދު ހުއްދަނުވީ ކީއްވެހެއްޔެވެ؟ އޭރުގެ ރައީސް ވެސް މިހަރުގެ ރައީސްވެސް މުރުރައްދު ވިކަމަށް ދީނީ އިލްމުވެރިން ނިންމަވާފައެއް ނުވެއެވެ. އެހެންކަމުން މިއީ ހަމަ ގައިމުވެސް އިސްލާމް ދީނުގެ ދީނީ އިލްމުވެރިން ނެކޭ ބުނެވޭކަށް ނެތެވެ.

ހަމަ މި ޚަބަރުގައި ލިޔެވެފައިވާ ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ހުއްޖަތާ ދަލީލު ދެއްކެވުމަށް އެބޭފުޅުން ދެއްކެވި ބައެއް ވާހަކައެވެ. ގޮތުން އެބޭފުޅުން ވިދާޅުވީ ދީނުގެ އިލްމުވެރިންގެ ފޮތްތަކުގައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ވާހަކަފުޅުދައްކަވަމުން އިލްމުވެރިން ވިދާޅުވީ ވެރިޔަކަށް ހުންނަ މީހާ ރައްޔިތުންގެ މުދާތައް ނުހައްގުން ބޭނުން ކުރިކަމުގައި ވީނަމަވެސް އެ ވެރިއަކަށް ކިޔަމަންވެ އެ ވެރިއަކު ދައްކާ ވާހަކައެއް އަޑުއަހަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ، އެއީ މި އުއްމަތުގެ ނަބިއްޔާ އެކަން ކުރަން އަމުރު ކުރައްވާފައިވާ ގޮތް ކަމަށެވެ މިބަސްފުޅުތަކަކީ ކީރިތި މާތް ރަސޫލާ މުހައްމަދު ގެފާނުގެ ކިބައިން ވާރިދު ވެފައިވާ ބަސްފުޅުތަކެއްކަމަށެވެ. 2011 ވަނަ އަހަރުވެސް މިކަން އޮންނާނީ މިގޮތަށެވެ. އެއްވެސ ބަދަލެއް ނާހެވެ. އެހެންކަމުން މިއީ ހަމަ އިސްލާމް ދީނުގެ އިލްމުވެރިންބާވައޭ ހިތައް އަރައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Kalhukaalhu

ޚަބަރެއް ލިޔާއިރު ކިހާވަރަކަށް ދިރާސާ ކުރޭބާއޭ މަ ހިތަށް އަރާ. އާމިރު އަށް ވަރަށް ސަލާމް.

kalhukuru

އޭރުގެ ރައީސް ވެސް މިހަރުގެ ރައީސްވެސް މުރުރައްދު ވިކަމަށް ދީނީ އިލްމުވެރިން ނިންމަވާފައެއް ނުވެއެވެ."" މީ މައުލޫމާތުގެ ކުށެއްކަމަށް ބެލެވޭ.. އަންނި ކޮފފަހުރި ކަންތައް ކިޔާދިނުމުން މުރުތައްދެއް ކަމަށް ސައުދީގެ އިލްމުވެރިއެއް ވެސް ވިދާޅުވެފަ ވޭ.. ރާއްޖޭގެ ބައެއް އިލްމުވެރިން ވެސް ވިދާޅުވެފަ ެބަހުރި...

kalhukuru

އެއީ އެސް އެސް ގެ ގޮތހުގަަ މަޝްހޫރުވެފާ ވާ ބައެއް،،އަހަރެމެން އެމީހުން ކުރާހާ ކަމަކަށް ތާއީދެއްނނުކުރަން..އެކަމަކު ބުނެލަން..އަންނި އާ ދެކޮޅައް ނިކުތް އިރުވެސް އެމީހުން އެކަނ ނުކުރަން ލީފޮލެޓްތައް ބެހި..އާމިރު އައް ނޭގި އޮތީކަންނޭގެ