ހިތާދޫ މަދަރުސާ ފޮޓޯ - ހިތާދޫ އޮންލައިން

ދަގަނޑު ފޮށި

ހިތާދޫ އޮންލައިންގެ ކިޔުންތެރިއެއް | 06 ޖަނަވަރީ 2013





(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިކަން ދިމާވީ ކޮންދަރިވަރަކަށް ކަން ދަންނާނެ ބައެއް މުދައްރިސުން މިހާރުވެސް ހިތާދޫ ސްކޫލްގައި ތިބޭނެހެން ހީވެއެވެ. އެހެންވިޔަސް އެ ދަރިވަރު ބޭޒާރު ނުވާނެކަން ޔަގީންކުރަމުން ލިޔުން ކުރިއަށް ގެންދަމެވެ.)

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަޅުގަނޑުމެން ކުޑައިރެވެ. ރަށު މަދަރުސާގައި ގުރޭޑު ކިލާސްތައް އުފައްދައި ކިޔަވައިދޭންފެށި ދުވަސްވަރެވެ. އޭރު މަދަރުސާގައި ތިބި ކުދިންގެ އުމުރުގެ ނިސްބަތަށް ބަލައި އެކި ގުރޭޑު ތަކަށް ކުދިން ބަހާލިއެވެ. އޭރުވެސް އިނގިރޭސި ކިޔާ ބަހެއް އޮންނަކަމާއި އެބަހުގައިވެސް "އަލިފުބާ" އޮންނަކަން އިނގެއެވެ. މިދެންނެވުނީ އޭރު އިނގިރޭސި ބަހުން އަޅުގަނޑަށް އޮޅުންފިލާފައިވާ މިންވަރެވެ. ދެނަކާ ދެނެއް ނެތެވެ. ގުރޭޑު ކިލާސްތަކުގައި އިނގިރޭސި ކިޔަވައިދޭން ފައްޓައިފިއެވެ. ހަނދާންވާގޮތުން ފުރަތަމަދުވަސްކޮޅު އިނގިރޭސި ކިޔަވައިދެއްވީ މި ފަހުން ހިތާދޫ ސްކޫލްގެ ޕްރިންސިޕަލަކަށްވެސް ހުންނެވި ބޭފުޅެކެވެ. އޭގެ ތަންކޮޅެއްފަހުން ކުދިރަތްމާގޭ ޢަބްދުއްރަޙީމް ޤާސިމް ވެސް އިނގިރޭސި މާއްދާ ކިޔަވައިދެއްވި ހަނދާނެއް އަޅުގަނޑު ވެއެވެ. މިގޮތުގައި ދެ އަހަރެއްވަރު ވީތަނާ އިނގިރޭސީގެ ބޮޑު އަލިފުބާ އާއި ކުޑަ އަލިފުބާ ހަމަ ރަނގަޅަށް ދަސްވެއްޖެއެވެ.


ނަމަވެސް، އަޅުގަނޑާ އެއްކިލާހެއްގައި ކިޔަވަމުން ދިޔަ ޢަލީ (އަސްލު ނަމެއްނޫން) އަށް އިނގިރޭސި އަލިފުބާ ދަސްވިކަމަކަށް ނުވިއެވެ. އަދި އެވަރަކުން ނިމުނީއަކީ ނޫނެވެ. އަޅުގަނޑަށް ވެސް ދަސްވެފައިވާ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އޭނާގެ ހުއްޖަތަކީ މިއެވެ. އޭނާއަށް ތާނަ އަކުރުތައް އިނގެއެވެ. އެހެންވީމައި ދިވެހިބަހުން އެއްޗެއް ބުނެފިނަމަ އެބުނިއެއްޗެއް ތާނައަކުރުން ލިޔަން އިނގެއެވެ. ނަމަވެސް އަޅުގަނޑު ތޯއެވެ. އިނގިރޭސި ދެއަލިފުބާވެސް އިނގޭކަމަށް ދައުވާކުރިއެއްކަމަކު، އެބަހުން އެއްޗެއް ލިޔާކަށް އަދި ނޭގެއެވެ. ޢަލީ ދެކޭ ގޮތުގައި އިނގިރޭސި އަލިފުބާ ދަސްވިކަމަށް ވާނީ އެބަހުން ބުނާއެއްޗެއް ލިޔަން އިނގުނީމައެވެ. "ކެޓް" ކިޔަނީ ބުޅަލަށް ކަން އަޅުގަނޑަށް އިނގެއެވެ. ނަމަވެސް "ކެޓް" މިބަސް އިނގިރޭސިން ލިޔާކަށް ނޭގެއެވެ.އެހެން ވީމައި އަލީ ދެކޭގޮތުގައި، އަޅުގަނޑަކަށް އިނގިރޭސި އަލިފުބާ އަދި ދަހެއްނުވެއެވެ. ދެން އެވާހަކައިގައި ގޮށްޖަހަމާހިނގާށެވެ. ކެޓް ލިޔަން ނޭގުނަސް ކެޓް ކުރަހަން އަޅުގަނޑަށް އިނގެއެވެ.


އޭގެ ދުވަސްކޮޅެއްފަހުން މަދަރުސާކުދިންގެ އިނގިރޭސި ފެންވަރު ރަނގަޅުކުރުމަށް ޓަކައި އޮޅުދޫކަރައިން ބޭކަލަކު ގެނެވިއްޖެއެވެ. (ބޭކަލެކޭ މިދެންނެވީ މުދައްރިސަކަށް ވުރެ ދަރަޖަ މަތިކޮށްލަން ވެގެންނެވެ. މިމީހުންނަށް އިނގިރޭސިބަހުން ކިޔަނީ "ޓީޗަރ" ކަމެއް ނުވަތަ "ޗީޓަރ" ކަމެއް އޭރު އަދި ނޭގެއެވެ. މިލިޔުމުގެ ދެންއޮތް ބައިގައި "ބޭކަލެކޭ" ލިޔުމުގެ ބަދަލުގައި އަޅުގަނޑު ލިޔާނީ "މުދައްރިސް" މިގޮތަށެވެ.) މުދައްރިސް ހުންނަވަނީ އޭރުގެ ރައްވެހިގޭގައި ހަދާފައި ހުންނަ ކުޑަވަރެއްގެ ކޮޓަރިއެއްގައެވެ.އަޅުގަނޑުމެންގެ ގެ ހުންނަނީ ރައްވެހިގެއާ ވަރަށް ކައިރީގައެވެ.


ގުދުރަތީ ބައްޔެއްގެ ސަބަބުން މާބޮޑަށް ހެލިފެލިވެ، ދުވެފުމެ ހަދާ ކުޅިވަރުތަކުގައި އަޅުގަނޑަކަށް ބައިވެރިއެއް ނުވެވެއެވެ. އެހެންވީމައި ކޮންމެ ދުވަހަކުވެސް ހަވީރު ރަށުގެ ހުރިހާކުދިން ކުޅެންދިއުމުން އަޅުގަނޑުދަނީ މުދައްރިސް ކައިރިއަށް ރައްވެހިގެއަށެވެ. އިނގިރޭސިބަސް ދަސްކުރާހިތް އޮތްލެއް ބޮޑުކަމުންނެވެ. އެހެން ގޮސް އުޅުމުގެތެރޭގައި ދަސްވި ލަފްޒުތަކާއި ޖުމުލަތަައްވެސް މަދެއް ނުވާނެއެވެ.އަޅުގަނޑަށް އެނގިފައި އޮންނަގޮތުންނަމަ، މުދައްރިސުންނަށް ކަމޭހިތައި އިޙްތިރާމުކޮށް އެހީތެރިވެ އުޅުނު ވަރަކަށް އެމީހުންގެ ފުށުން ދަސްވާ ތަކެއްޗާއި ކަންތައްތައް ގިނަވާނެއެވެ. މިހާރުގެ ކުދިން މިކަން ޤަބޫލު ކުރާނެކަމެއް ނޭގެއެވެ. އަތަރު ވިއްކާ މީހަކުކައިރީ ނޯކިރީ ކުރާނަމަ އަތަރުވަސް ކޮންމެވެސް ވަރަށް ހިފާނެ ދެއްތޯއެވެ!


ކިޔެވުން ފެށިގެން ކުރިޔަށް ދެއެވެ. ހުރިހާކުދިންވެސް ތިބެނީ އިނގިރޭސީގައި އަނެއްކުއްޖާއަށް ވުރެ ކުރިއެރުމުގެ އެދުމުގައެވެ. އެއްދުވަހަކު އަޅުގަނޑުގެ އެކުވެރި ޢަލީ ބުނެފިއެވެ. އިނގިރޭސިން ތެއްތިރީހަށް (33) ކިޔަނީ ކީކޭކަން އިނގޭ ހެއްޔެވެ. މީނާ މިއެއް ދަސްކުރީ ކޮންތާކުން ބާވައެވެ. އަޅުގަނޑު ބުނެފީމެވެ. ނޭނގެއެވެ. ނަމަވެސް ތިރީހަށް (30) ކިޔަނީ "ތާޓީ" ކަން ޔަގީނެވެ. އޭނާ ބުނެފިއެވެ. ތެއްތިރީހަށް ކިޔަނީ "ތާޓީ ތިރީ" އެވެ. އަޅުގަނޑު ކުޑަކޮށް ވިސްނާލާފައި ބުނެފީމެވެ. " ތާޓީ" އަކީ ތިރީސް ކަމަށް ވަންޏާ " ތާޓީ ތިރީ" ވާންޖެހޭނީ އޮނަތިރީހަށެވެ (29). އަދި" ތާޓީ މަތީ" ވާންޖެހޭނީ އެއްތިރީހަށެވެ (31). ތެއްތިރީސް ތިޔައީ ނުބައެކެވެ. އެއީ އަޅުގަނޑުގެ ސިކުނޑިއަށް ވިސްނުނު ގޮތެވެ. ތިޔަބޭފުޅުން ޖޯކު ޖެއްސެވިޔަސް ކުރާނީ ކީއްތޯއެވެ. މިއީ އޭރު އަޅުގަނޑުމެންގެ ޙާލެވެ.


އެހެން ދުވަހެކެވެ. އިނގިރޭސި ގަޑީގައި މުދައްރިސު ފިލާވަޅު ނަންގަވައިދެއްވަމުން ގޮސް އެ ފިލާވަޅުގައި އައި މުޅިން އާ ލަފްޒެއްގެ މާނަ ބުނެދެއްވަންވެގެން ހާސަރުތަކެއް ދަންމަވައިފިއެވެ. ހަމަ އެއްވެސް ކުއްޖަކަށް އެލަފުޒުގެ މާނައެއް ނޭނގުނެވެ. އެލަފްޒަކީ "އައިރޮން ބޮކުސް" އެވެ. ދެން މުދައްރިސް ބުނުއްވައިގެން އޭނާގެ ކޮޓަރީގައި ހުންނަ އައިރޮން ބޮކުސް ބަލާ އަޅުގަނޑު ހިގައްޖައީމެވެ. މުދައްރިސް އެބުނުއްވި ތަނެއްގައެއް އެ ބުނުއްވި އައިރޮން ބޮކުހެއް ނެތެވެ. ނަމަވެސް އެނދު ތަންދަށުގައި ކުޑަކޮށް ދަބަރު ޖަހާލާފައި ހުރި އަރޮން ބޮކުހެއް ހުއްޓައި ފެނިގެން އެދަމާ ނެރެފީމެވެ. އެއެއްޗެއް ހިފައިގެން ރައްވެހިގެއިން ނުކުމެގެން މަދަރުސާއާ ހަމައަށް ދެވޭއިިރު އަޅުގަނޑަށް ވެފައި ހުންނާނެގޮތް ވިސްނާލައްވާށެވެ. ކޮންމެއަކަސް އޭގައި ބަގުޑިބައްދައިގެން ގެންގޮސް ކިލާސް ދޮރުމައްޗަށް އެރިތަނާ މުދައްރިސް ގެ މޫނުމަތިން ޒާތެއްގެ ކުލަވަރެއް ފެނުނެވެ. "އައިރޮން" އަކީ ދަގަނޑުކަން ކޮންމެވެސް ގޮތަކުން އޮތީ އެނގިފައެވެ. ބޮކުހަކީ ފޮށިކަން ހުރިހާ ކުދިންނަށް ވެސް އިނގެއެވެ. އެހެންވީމާ "އައިރޮން ބޮކުސް" ވާނީ ދަގަނޑު ފޮއްޓަށް ނޫންތޯއެވެ. ދަންނަވަންތޯއެވެ. އެއަހަރު ނިމުނު އިރުވެސް އަޅުގަނޑުގެ ޔުނީފޯމުގައި "އައިރޮން ބޮކުހުގެ އަސަރު" ހުއްޓެވެ.
އައިރޮން ބޮކުހަކީ ކޮންއެއްޗެއްކަން އޮޅުންފިލީ މުދައްރިސް ދުރުވެ އެ އެއްޗެއް ގެނެސްދެއްވީމައެވެ. އާދެ! އެއީ ކަރަންޓު އިސްތިރިއެވެ. ހައިރާނެއް ފަހެނުވާނެ ހެއްޔެވެ. "އައިރޮން" އަކީ ދަގަނޑެވެ. "ބޮކުސް" އަކީ ފޮއްޓެވެ. ނަމަވެސް "އައިރޮން ބޮކުސް" އަކީ ކަރަންޓު އިސްތިއެވެ. އަޖާއިބު އަންތަރީސް ނުވާނީ ކާކުހެއްޔެވެ. އިނގިރޭސި މިއީ ހާދަހާވާ ޒާތެއްގެ ބަހެކެވެ. އަޅުގަނޑު ވީ ފޫއްސެއް ދަންނަވާކަށްވެސް ނޭގެއެވެ.އިނގިރޭސި ބަހަށް އަޅުގަނޑުވާ ސަލާމެވެ.


ނޯޓު:
• މިލިޔުމުގައި އިނގިރޭސި ބައެއް ލަފުޒުތައް ލިޔެފައި އެވަނީ އެދުވަސްވަރު އަޅުގަނޑުމެން އެލަފުޒުތައް ކިޔަމުން އައި ގޮތަށް، ސީދާ އެއަޑުތައް ނެރެވޭނެ ގޮތަށެވެ. އިނގިރޭސި ބަހަށް ތޫނު މިޒަމާނުގެ ކުދިން އެބަސްތައް ކިޔާއިރު އަޑުއިވޭގޮތް ވަރަށްބޮޑަށް ތަފާތުވާނެއެވެ. އެބަސްތައް ތާނަ އަކުރުން ލިޔުނު ކަމުގައިވިޔަސް ލިޔާގޮތްވެސް ތަފާތު ވާނެކަމަށް ފެނެއެވެ.
• ބޮޑު އަލިފުބާ ކަމަށް ލިޔެފައި އެވަނީ މިހާރު މިކިޔާ "ކެޕިޓަލް" އަކުރުތަކެވެ. ކުޑަ އަލިފުބާ އަކީ "ސިމްޕަލް" އަކުރުތަކެވެ.




ކިޔުންތެރިންގެ ޚިޔާލު...


ނަން :


އނއ

?????????????????????? ???????????? ???????????????? ???????????????? ???????????????????????? ????????????????????????????. ???????? ???????????? ???????????????????????? ???????????????? ???????????????????????????????? ???????????????????? ???????????? ????????????????????????. ???????????? ???????????????????????? ???????????????????? ???????????? ???????????????????????? ???????????? ???????????????????????????? ???????????????????? ???????????? ???????????????????????? ????????????????????????. ???????????? ???????????????? ???????????????? ???????????????????? ???????? ????????????????????????????????????????. ???????????????? ???????????????????????????? ???????????????????? ?????????????????????? ???????????????????? ???????????????????????? ???????????????????? ???????????????????????? ???????????????????????????? ????????????????????????. ???????????????? ???????????????????? ???????????? ???????????????????????? ????????????????????????????????????

???????????????????????? ???????????????? ???????? ???????????????????? ????????????. ???????????????????? ???????????????? ???????????? ???????????????? ???????????????????? ???????????? ???????????? ?????????????? ???????????????????? ????????????????. ?????????????????????? ???????????? ????????????????????. ???????????? ???????????? ???????????????? ???????????????????????? ???????????????????? ???????????????????? ???????????????????? ???????????? ???????? ???????????????????????????? ????????????. ???????????????? ???????????????????????? ???????? ???????????????????????????????? ???????????????????????? ???????????? ?????????????????????? ???????????????? ???????????????????? ???????? ???????????????? ???????????????? ???????????????????????????? ???????????????? ???????????????????????????? ???????????? ????????????????

???????????????? ???????????? ????????????

???????????? ???????? ???????? ????????????????????????. ???????????????? ???????????????? ???????????????? ???????????????? ????????????. ???????????? ???????????????????????? ???????????????? ???????????? ???????????????????? ???????????? ???????????????? ????????????????????????????..

varah salhi liyumeh

???????? ???????????? ???????????? ????????????. ???????????????? ???????????? ???????? ???????????????? ?????????????? ???????????????????? ????????????. ???????? ???????????? ?????????????????????? ???????????????? ???????????????????????? ???????????? ???????? ???????????????????? ????????????????????????. ???????? ???????????????? ???????????????????????????? ???????????????????????????????? ???????????????????????????? ???????????????????? ???????????????? ???????? ?????????????????? ???????????? ???????????? ?????????????????? ????????. ???????? ???????????????? ???????????????? ???????????? ???????????????????????? ???????????????? ???????????????? ???????????? ???????????????????????? ???????????? ???????? ????????????.