ކިހާދޫ މީހުން ހިތާދޫ ފޭބީ ކީއްވެ؟

ޢާމިރު ޢަބްދުއްލަތީފު | 28 ނޮވެންބަރ 2014

ހިތާދޫގައި ކިހާދޫ މިހުން އުޅުނޭ ބުނެފިނަމަ މިއަދު ގިނަ ޒުވާނުންނަށް އެއީ އާ ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް އެއީ ޙަޤީޤަތެކެވެ. ކިހާދޫ މީހުންނަކީ އެއްދުވަސް ވަރެއްގައި ބ. ހިތާދޫގެ ރައްޔިތުންނެވެ. ކިހާދޫ މިޙުންނާއި ހިތާދޫ މީހުންނާ ދެމެ އުފެދިފައިވާ ޢާއިލީ ގުޅުމާ ބަދަހި އެކުވެރި ގުޅުމަކީ ދެރަށުގެ މީހުން އެއްފަސްގަނޑެއްގައި ދިރިއުޅެން ޖެހުމުން އުފެދިފައިވާ ގުޅުމެކެވެ. އެގުޅުން މިއަދުވެސް އެދުވަހެކޭ އެއްގޮތަށް ދެމިއެބައޮވެއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ވެރިކަން ކުރައްވި ދުވަސްވަރު އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހުކުރު ހަމަނުވާ ( ބާލިޣްވެފައިވާ 40 މީހުން ނޫޅޭ ) ރަށްރަށުގެ މީހުން އާބާދީ ބޮޑު ރަށްރަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ ދަށުން ބ. އަތޮޅު ކިހާދޫ މީހުން ވަނީ ހިތާދުއަށް ބަދަލު ކޮށްފައެވެ. އެގޮތުން ހިތާދުއަށް ކިހާދޫ މީހުންގެ ފުރަތަމަ 12 އާއިލާ ބަދަލު ކޮށްފައިވަނީ 14 ޖޫން 1969 ގައެވެ. ބާކީ ތިބި 13 އާއިލާގެ މީޙުން ބަދަލުކުރީ 22 މާރޗު 1970 ގައެވެ. ޖުމްލަ 25 ގޭގައި ކިހާދޫ ރައްޔިތުން ހިތާދޫގައި ދިރިއުޅެފައިވެއެވެ.

ކިހާދޫ މީހުން ހިތާދޫގައި އުޅުނު ގެތަށް ހުރީ ހިތާދޫ ރަށްދެބައިމުގު ( އާމަގު ) ގެ ދެކުނުން ހިއްފަސޭހަމަގު ( އޮލިމަގު) ގެ އިރުން ސޯސަންމަގު ( ބޯޑަނޑު ކުރިމަތީ މަގު) އުތުރުން އިރުން ޔާސިމީންގޭގެ ހުޅަނގަށް ހުރި ގެތަކުގައެވެ. މިހާރުވެސް ހިތާދޫގެ ދުވަސްވީ މީހުން އެސަރަހައްދު ގޭތަކަށް ކިހާދޫ އަވަށޭވެސް ކިޔައި އުޅެއެވެ.

ކިހާދޫ މީހުންނަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި އަލަށް އާބާދުވާ އެކުވެރިންގެ ބޯހިޔާވައިތައް ތައްޔާޜު ކުރުމުގެ ހިތާދޫ އެންމެހާ ރައްޔިތުން ފޯރިއާއެކު ރުއްގަސް ކަނޑައި ގެތައް އެޅުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ކިހާދޫ މީހުން ހިތާދޫގައި ރައްވެހިވެ އުޅުނު 6 އަހަރުގެ ދުވަހުގެ ތެރޭގައި އެމީޙުންގެ ވިޔާފާރި ގާއިމުކޮށްފައިވެއެވެ. އެގޮތުން ހިތާދޫގައި ކިހާދޫން ހިޖުރަ ކުރި މީހުންގެ ދެ މަސްދޯނި އުފައްދައި ދުއްވާފަވެއެވެ. އަދި ގިނަ ކައިވެނިތަކެއް ހިތާދޫ މީހުންނާއި ކިހާދޫ މީހުންގެ ދެމެދު ކުރެވިފައެވެ. މިހާރުވެސް ކިހާދޫގެ ބޮޑެތި ގިނަ ޢާއިލާތަކަކީ ހިތާދޫ މީހަކާއި ކިހާދޫ މީހެއްގެ ޒަވާޖީ ޙަޔާތުގެ ފެށުމުން އުފެދިފައިވާ އާއިލާތަކެކެވެ. އަބަދުވެސް އެކުވެރި އާއިލީ ގުޅުމެއް އުފެދިފައިވާ ދެރަށުގެ މީހުން އޭރުވެސް ދެކެނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އަދި މިހާރުވެސް ދެކެނީ ދެފަސްގަނޑެއްގައި ދިރިއުޅޭ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ.

ކިހާދޫ މީހުން އެނބުރި ހިތާދޫ ފައިބައިގެން ދިޔައީ 18 މެއި 1975 ގައެވެ. ކިހާދޫ މީހުން ހިތާދޫ ފައިބައިގެން ދިޔުމާއި ގުޅިގެން ތަފާތު ވާހަކަތައް ދެކެވިފަވެއެވެ. ނަމަވެސް އެނގެން އޮތް އެންމެ ބޮޑު ޙަޤީޤަތަކީ ކިހާދޫ މީހުން އެނބުރި ދިޔައީ އޭރުގެ ސަރުކާރުން ކިހާދޫ މީޙުންނަކީ ހުކުރު ހަމަވާ ބައެއްކަމަށް ޤަބޫލުކޮށް ހުއްދަ ދެއްވީމައެވެ.

ބ. އަތޮޅު މީޑިއާ ސެންޓަރުން ގެނެސްދިން " މާރަނަ " ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކިހާދޫގެ ކުރީގެ ކަތީބު ޢްބްދުއްﷲ ނަސީމު ވިދާޅުވީ ކިހާދޫ މީހުން ހިތާދޫ ފައިބަން ޖެހުނީ ހިތާދޫ މީހުން އުނދަގޫކޮށް ހިތާދޫގައި ދިރިއުޅެން އުނދަގޫ ވުމުން ކަމަށެވެ.

ހިތާދޫ އޮންލައިން އަށް މައްލޫމަތު ދެމުން އުމުން 72 އަހަރު ވަފައިވާ ބ. ހިތާދޫ ގުލްދަސްތާގެ އަޙްމަދު ޢުމަރު ބުނީ ހިތާދޫގައި ކިހާދޫ މީހުން ދިރިއުޅުނު އިރު އެމީހުންނަށް އުނދަގޫ ކޮށްފައިވާކަމަށް ޤަބޫލު ނުކުރާކަމަވެ. އެމީހުން ކިހާދުއަށް އެބުރި ދިޔައީ އެމީހުންގެ އޭރުގެ ވެރިންގެ ނުފޫޒުން އެމީހުންގެ މަޤާމުގެ ދިފާއުގައި ކަމަށްވެސް އަޙަމްދު ޢުމަރު ބުންޏެވެ. ހިތާދޫން ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހުން ބުނީ ކިހާދޫ ކަތީބު ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެއްކަމަށެވެ.

ކިހާދުން ހިތާދުއަށް ހިޖުރަކޮށް ހިތާދޫ އަންހެނަކާއި އެކު ޒަވާޖީ ޙަޔާތެއްފަށައި މިހާރު ކިހާދޫގައި ދިރިއުޅެމުންދާ ގިދަރިންތަކެއްގެ ބައްޕަ މޫސާ ބުނީ ކިހާދޫ މީހުން ހިތާދޫގައި އުޅުދުވަސްވަރު ހިތާދޫ މީހުންގެ ފަރާތުން ޖެއްސުން ކޮށްފައި ނުވާކަމަށެވެ. ކިހާދޫ މީހުން ހިތާދޫން ފައިބައިގެން ދިޔައީ އޭރުގެ ނުފޫޒު ގަދަ މީހުންގެ މީހުންގެ ސަބަބުން ކަމަށާއި އެމީހުންނަށް ވެރިކަމުގެ ބާރުތައް ލިބޭނީ ކިހާދޫއަށް ބަދަލުވުމުން ކަމަށްވަތީ ކަމަށް ގިނަ ދަރިންތަކެއްގެ ކާފަ މޫސާ ބުންޏެވެ.

މިކަމާ ގުޅިގެން ހިތާދޫ ކައުންސިލުން ބުނީ ކިހާދޫ މީހުން ހިތާދޫން ފައިބައިގެން އެނބުރި ރަށައް ބަދަލުވީ ކިހާދޫ މީހުންގެ ތެރެއިން ނުފޫޒު ގަދަމީހުންނާއި ވެރިންގެ ނުފޫޒުން ކަމަށް ދެކިލައްވާކަމަށެވެ. އަދި އެދުވަސްވަރަކީ ތަދުމަޑުކަން އޮތް ދުވަސް ވަރެއްކަމުން ކިހާދުއަކީ ހިތާދޫއަށްވުރެ ވާ ބޮޑު ރަށެއްކަމުން ހިތާދޫއަށްވުރެ ވަލުކެއުން ތިޔާގި ރަށަކަށްވުމުން އޭގެ ސަބަބުން ބަދަލުވީ ކަމުގައި ވެދާނެކަމަށް ހިތާދޫ ކައުންސިލުން ބުނެއެވެ.

ކޮންމެ ގޮތަކަށްވަހަކަ ދެކެވުނު ނަމަވެސް ހިތާދޫ މީހުންނާއި ކިހާދޫ މިހުންނަކީ އެދުވަހުވެސް މިއަދުވެސް އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ދެކަމުން އަންނަބައެކެވެ. 2010 ވަނަ އަހަރު ކިހާދޫން ހިތާދޫގައި ހުރި ޖަނަރޭޓަރެއް ވިއްކަން އެދުމުން ހިތާދޫ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމުން ހިތާދޫ ރައްޔިތުން އިއްތިފާގުވީ ކިހާދޫ މީހުންނަކީ ހިތާދޫ ރައްޔިތުން ކަމުން އެޖަނަރޭޓަރު ކިހާދޫ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލާ ހަދިޔާ ކުރުމަށެވެ. މިއީންވެސް އެނގެނީ ހިތާދުއާއި ކިހާދުއަކީ ދުވަހަކުވެސް ވަކިވުމެއް ނެއް ދުރުގައި ދިރިއުޅޭ އެއްބަނޑު އެއްބަފާ ދެބެންކަމެވެ. މިދެބެންގެ ގުޅުން އަބަދަށް މިގޮތުގައި ލަހައްޓަވާށި!


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Hithaadhoo gai ulhunu meehegge haisiiyathun dhannavaanee Hithaadhoo meehunakee v ragalhu baekey.Dhaadhifahakaa jehendhen Hithaadhoo meehun nakee akhlaagee gothun faahaga kojlevey bae H. Adhi imuraanee gothun vez thraragee vamun ai baeh kamah gaboolu kuran. Namabes miadhu e manzaru badhalu vamun dhaathan eba feney.

moosa

ހިތާދޫ މީހުން ހުދުފޮށާ ބޭލީ ކީއްވެ؟

އަލީ

ހިތާދޫ މިޙުންނަކީ މީހުމަށް ނުބައިބައެއްނޫންކަމާއި މެހެމާންދާރީ ވަރަށް ރަނގަޅު ހިތްހެޔޮ ބައެއްކަމަށް ޙުދު ކިހާދޫ މީހުންވެސް ޤަބުލް ކުރެއެވެ.

ABDULAZEEZ

އާމީން