ހިތާދޫ އަށްވެސް ރަންނަމާރީ އެރިކަމަށް ދުވަސްވީ މީހުން ބުނެއެވެ.

ލިޔުނީ: ޢާމިރު | 30 ޑިިސެންބަރ 2012





ދިވެހިންގެ ތެރޭގައި " ރަންނަމާރި " ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކަ އެކެވެ. ކުރީގައި ސްކޫލު ތަކުގައި ކިޔަވައި ދެއްވި ފޮތްތަކުގައި އެވާހަކަ ވަނީ ލިޔެ ކިޔަވައި ދީފައެވެ. ނަމަވެސް ރަންނަމާރި އަކީ ކޮން އެއްޗެއް ކަމާއިމެދު އޭރުވެސް މިހާރުވެސް ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ.

ދިވެހި ތާރީޚް ޢިލްމުވެރިންގެ ގަލަންތަކުން ލިޔެވި އަޅުގަނޑު މެންނާއި ހިސާބަށް އައިސްފައިވާ ރަންނަމާރީ އަކީ ކަންޑުން އަރާ ފުރޭތައެކެވެ. އެފުރެތަގެ ކާނާއަކަށްވަނީ ބިކުރުވެރި އަންހެންކުދިންގެ ބިކުރެވެ. އެސޮރަކީ މަހަކަ އެއްފަހަރު ނޫނީ އެއްވެސް އެއްޗެއް ކައިބޮއި ހަދާ ފުރޭތައެއް ނޫނެވެ.

މިހާރުގެ ތާރީޚް ދިރާސާ ކުރާފަރާތްތަކުން މިރަންނަމާރީގެ ވާހަކަ ތަފާތު ގޮތްގޮތަށް ލިޔެމުން ދާކަމީ މިކަމާ މެދު ސުވާލު އުފައްދާ ފަރާތްތަކުގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިއްބައިދޭނެ ކަމެކެވެ. އެ މީހުންގެ ސުވާލުތަކަށް ފަހަރުގައި މިހާރު ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިދާނެކަމަށް ހީކުރަމެވެ.

ރަންނަމާރީއަކީ މީގެ އަށް ސަތޭކަ އަހަރު ކުރިން ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް މަހަކު އެއްފަހަރު އަރަމުން ދިޔަ ބިޔަ ބޮޑު ބިރުވެރި ޖިންނި ފުރޭތައެކެވެ. އޭރު ދިވެހިންނަކީ ބުދުދީނުގެ އަހުލުވެރިންނެވެ. މިރަންނަމާރީ އަރަނީ އިރު އޮއްސި އަނދި ޖެހެން ފެށުމުންނެވެ. ރަންނަމާރި އަރައިގެން އަންނަ އިރު ބައްތިތަކެއް ދިއްލާފައިވާ ބޮޑު ނަވެއްހެން ހީވާ ކަމަށް ވެއެވެ. މިސޮރު އަރަނީ ކޮންމެ މަހަކުވެސް ވަކި ރެއެއްގައެވެ. މިރެއަށް އޭރުގެ ސަރުކާރުން ( ރަދުން ) ކޮންމެ މަހަކުވެސް ދުރާލާ ތައްޔާރު ވެއެވެ. އެގޮތުން މިސޮރު އަރައިގެން އަންނަ ދީމާ އަތިރި މަތީގައި ބުދުކޯލެއް ހަދާފައި ހުރެއެވެ. އެއީ ރަންނަމާރި އަށް ކާންދިމުމަށްޓަކައި ރަދުން ތައްޔާރު ކުރައްވާފައިވާ ގަނޑުވަރު ކޮޅެވެ. އަދި ރަންނަމާރި އަރަން ތައްޔާރު ވުމުން ބިކުރުވެރި ޒުވާން އަންހެން ކުއްޖަކު ނަލަހައްދައި އެބުދުކޯލަށް ވައްދައެވެ.

ރަންނަމާރި އަށް އެސޮރު އަރަންވާއިރަށް ކާންހަދާފައި ހުންނަނެ ކަންއެނގެއެވެ. ރަންނަމާރީ އެރުމަށްފަހު އެރޭ ހަތަރުދަމު ކާނާ ކެއުމުގައި އުޅުމަށް ފަހު ފަތިސްވުމުގެ ކުރިން އެނބުރި ކަނޑަށް ފައިބާ ގެއްލެއެވެ. އޭގެފަހުން އެސޮރާއި ދިމާވާނީ ޖެހިގެން އަންނަމަހުގެ ހަމަ އެދުވަހުންނެވެ.

ހެނދުނު އިރުއެރުމުން ރައްޔިތުން ނުކުމެ ބުދުކޯލަށް ދާއިރު ބުދުކޯލުގައި ބޭންދި ކުއްޖާގެ ބިކުރު ކައިލުމަށްފަހު ކުއްޖާ އޮންނީ މަރާލާފައެވެ. އެނޫން އެއްވެސް ގެއްލުމެއް ދީފައެއްނުވެއެވެ. މިޖިންނި ފުރޭތައަށް ކުޑަ ކުއްޖެއްގެ ބިކުރު ނޫން އެއްޗެއް ނުކެވެނީ ބާއެވެ؟ އެސޮރު މަސްދުވަސް ވަންދެން އެކައިލެވުނު ބިކުރުގެ އެހީގައި ދިރި އުޅެވޭ ކަމީ ބޮޑު ޢަޖައިބެކެވެ. އެނެއްކޮޅުން އުފެދޭ ސުވާލަކީ ދިވެހި ރާރީޚުން ރަންނަމާރީ އަށް އެންމެ މީރުކާނާ ރަދުންނަށް އެގުނު ގޮތާއި މިގޮތަށް ކަންތައް ކުރަން ފެށުމުން ނޫނީ ރަންނަމާރީގެ އުނދަގޫ އެހެން މީހުންނަށް ނުޖެހޭނެ ކަމަށް އެސޮރު ބުނެފައިވާ ކަން ތާރީޚުން އެނގެން ނެތީމައެވެ.

ކޮންމެއަކަސް ދިވެހި ތާރީޚުން އެގެން އޮތީ ރަންނަމާރި އެރީ މާލެއަށްކަމެވެ. ނަމަވެސް މާލެފިޔަވާ ގިނަ ރައްރަށް ރަންނަމާރި ނުވަތަ އެސޮރުގެ ދަރިން އަރާ އުދަގޫ ކޮށްފައި އެބަހުއްޓެވެ. އެގޮތުން ބ. ހިތާދޫ އަށްވެސް އެކި ދުވަސްވަރު މިރަންނަމާރީ އަރާ އެކިމީސްމީހުންނަށް އުދަގޫކޮށްފައި ވާކަމަށް އުމުރުން ދުވަސްވީ މީހުންނާ ވާހަކަ ދައްކާލުމުން އެގުނެވެ.

ރަށްރަށަށް އަރަމުން ގޮސްފައިވަނި އެސޮރުގެ ދަރިންނާއި ތިމާގެ މީހުން ކަމަށް ވެއެވެ. ދަރިންނާއި ތިމާގެ މީހުންނަކީ ރަންނަމާރީއަށްވުރެ އިންސާނިއްޔު ކަންހުރި ބައެއްކަމަށްވެއެވެ. އެހެންކަމުން ރަށްރަށަށް އަރާ ރަންނަމާރީ މީހުން މަރާކަމަށް ތާރީޚު ދިރާސާ ކުރާމީހުންނާއި އިހު މުސްކުޅީން ބުނެފައެއް ނުވެއެވެ. އިހުމުސްކުޅިންގެ ބަހުން އެނގެނީ ރަށްރަށް އަރާ ރަންނަމާރީވެސް އަންހެނުންނަށް ޖިންސީ ގޯނާކުރާކަމަށެވެ. ހިތާދޫއަށް އެންމެ ފަހުން ރަންނަމާރި އެރިކަމަށް ބުނެވެނީ އަށްޑިހައިގެ ފަހުކޮޅާއި ނުވަދިހައިގެ ކުރީކޮޅުގެ އަހަރުތަކުން އަހަރެއްގައި ކަމަށެވެ. އެއިރު ރަންނަމާރި އެރީ ކުރީގެ ރައްވެހިގެ އަށް ކަމަށާއި އަރައިގެން އައީ ގިފިލި ތެރެން ކަމަށްވެސް ބުނެއުޅެއެވެ.

ރަންނަމާރީގެ އުދަނގުލައި މިހާރު ކުރިމަތިލާން ނުޖެހުކަމުގައި ވިއަސް އެކިދުވަސް ވަރު ހިތާދޫގެ އެތަށް ބައަކަށް ރަންނަމާރީގެ އުނދަގޫ ފޯރާފައިވެއެވެ. އަދި ބެއް ފަރާތްތަށް މިރަންނަމާރީގެ ފަރާތުން ފައިދާ ތަކެއް ހޯދާފައިވެސް އެބަހުއްޓެވެ. އެގޮތުން ވާރުގެ ގޮތުގައި ދައުލަތަށް މަހަކު އެއްފަހަރު ދައްކަން ޖެހޭ ރޯނުބޮނޑި ކޮންމެމަހަކު ނުދައްކައި ސަލާމަތްވެފައި އެބަހުއްޓެވެ.

ރަންނަމާރީ އަކީ މީހުން މަރާއި އުޅުނު ފުރޭތައެއް ކަމަށް ވިޔަސް ރަށްރަށް އެރި އެސޮރުގެ ދަރިންނާއި ތިމާގެ އެއްޗެހި އެއްވެސް މީހެއް މަރާފައިވާ ކަމަށް ތާރީޚުން އެނގޭކަށް ނެތެވެ.

ރަންނަމާރީއާއި މެދު ސުވާލު އުފައްދާ ފަރާތްތަކަށް ރަންނަމާރީއަކީ ކޮބައިކަން ދެނެގަންނަށް މިހާރު ފަސޭހަ ވާނެކަމަށް ހީކުރަމެވެ. މިއީ ޙަޤީޤީ ރަންނަމާރީގެ ވާހަކައެވެ. ދިވެހި ތާރީޚުގައި ރަންނަމާރީގެ ވާހަކަ ވަނީ އޮޅުވާލައިގެން ލިޔެފައެވެ.



ކިޔުންތެރިންގެ ޚިޔާލު...


ނަން :


???????????????????????????? ???????? ???????? ???? ???????????????? ???????????????? ???????????????? ????????????????. ???????? ???????????????????? ???????????????????????? ???????? ???????????????????? ???????????????????? ???????????? ???????????????? ????????????. ???????????? ???????????? ?????????? ???????????????? ????????????????????????. ???????????? ???????????????????? ???????????? ???????????????? ????????. ???????????????? ???????????????????????????? ???????? ???????????? ???????????????????? ???????????? ????????????????????. ???????????????????? ???????????????????????????????????????????? ???????????????? ???????????????? ???????????? ????????????. ???????????????????? ???????????????????? ???????????? ???????????????????????? ???????????????????????? ???????????? ???????????????????????????????? ???????????? ???????????????????? ????????????????????. ???????? ???????????????????? ???????????? ???????????????????? ???????????????????? ???????????????? ???????????????? ???????????????????????? ???????? ????????????????????.