ދަރަވަންދޫ ގައި ބެޢްވި ވޯކްޝޮޕުގައި ބައިވެރިއަކަށް ހަނދާނީ ލިޔުން ހަވާލު ކުރަނީ ފޮޓޯ- ފޭސްބުކު / ނަޛީރާ

ޕްރީސްކޫލް ޓީޗަރުންނަށް ވޯކްޝޮޕެއް ހިންގައިފި

ޢާމިރު ޢަބްދުއްލަތީފު | 20 އޮކްޓޯބަރ 2014

ބ. އަތޮޅުގެ ރަށްތަކުގެ ޕްރީސްކޫލު ތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް އަމާޒުކޮށްގެން އަލަށް އެކުލަވާ ލައްވާފައިވާ މަންހަޖަށް ހޭލުންތެރި ކުރުމުގެ ގޮތުން އެއް ހަފްތާގެ މަސައްކަތު ބައްދަލުވުމެއް ބ. ދަރަވަންދޫގައި ބާއްވައިފިއެވެ.

ދަރަވަންދޫ ކައުންސިލާއި ނެޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން ( އެން އައި އީ ) އާއި ގުޅިގެން މިމަހު 12 އިން 19 އަށް ބ. ދަރަވަންދޫ ކައުންސިލު އިދާރާގެ "ރަސްގެއޮޑި މާލުމް " ގައި ބޭޢްވި މި މަސައްކަތް ބައްދަލު ވުމަކީ ޅަފަތުގެ ތަޢްލީމު ދިނުމަށް އެކުލަވާލާފައިވާ އާ މަންހަޖަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގާ މަސައްކަތު ބައްދަލުވުމެއް ކަމަށް ދަރަވަންދޫ ކައުންސިލުން މަޢްލޫމާތު ދެއެވެ.

ދަރަވަންދޫ ކައުންސިލުގެ އިންފޮމޭޝަން އޮފިސަރ އަލީ ޝަފީގު ވިދާޅުވީ މި މަސައްކަތު ބައްދަވުމުގެ ހުރިހާ ކަމެއް ފުރިމަކޮށް ގެންދިޔުމުގައި ކައުންސިލުގެ މެންބަރުންނާ އިދާރާގެ ހުރިހާ މުވައްޒަފުންގެ ފުރިހަމަ އެއްބާލުން ލިބިގެން ކަމަށާއި ބައިވެރިންގެ ފަރާތުންވެސް ވަރަށް ފޮޒިޓިވް ކޮމެންޓު ލިބިފައިވާ ކަމަށެވެ.

މި ބައްދަލު ވުމުގެ ބައިވެރިންގެ ތެރެއިން ހިތާދޫ އޮންލައިން އަށް މަޢްލޫމާތު ދިން ބައިވެރިއަކު ބުނީ ދަރަވަންދޫ ކައުންސިލުން ވަރަށް ފުރިހަމައަށް ހުރިހާ ކަމެއްވެސް އިންތިޒާމު ކޮށްފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުން ވަރަށް ގިނަ މަޢްލޫމާތު ލިބިފައިވާކަމަށެވެ.

މަސައްކަތު ބައްދަލުވުން ފައްޓަވާ ދެއްވީ ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ނާސިހެވެ. މި ބައްދަލުވުން ނިންމުގެ ގޮތުން ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ. ހަނދާނީ ލިޔުން ޙަވާލު ކޮށްދެއްވީ ދަރަވަންދޫ ކައުންސިލުގެ ރައީސް އަލްފާޟިލް ޙުސައިން ނާޒިމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Naan

ދަރަވަންދޫ ކައުންސިލުން އެއްބާރުލުން ދެއްވައިގެން މިއަހަރު ވަނީ ވަރައްގިނަ ވޯކްޝޮޕްތަކެއް ބޭއްވިކަން ވަނީފާހަގަކުރެވިފައެވެ.
ޝުކުރިއްޔާ ދަރަވަންދޫ ކައުންސިލް